Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ރާއްޖޭގައި އިންޑިއާ ސިފައިންނަށް ތިބެވޭގޮތް ހެދީ ކުރީ ސަރުކާރުން ރައީސް ޔާމީންގެ ހާޒިރުގައި!

އިންޑިއާ ސިފައިންނަށް އުތުރު ތިލަފަޅުގައި ތިބެވޭގޮތަށް އެއްބަސްވެފައިވަނީ 2016 ވަނަ އަހަރު ރައީސް ޔާމީންގެ ވެރިކަމުގައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2021 | ބުދަ 12:52
އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރ ރާއްޖެއިން ހަވާލުވުން، މި ހެލިކޮޕްޓަރާއި ހަަވާލުވީ އެއިރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު

އިންޑިއާއިން ހަދިޔާކުރި ހެލިކޮޕްޓަރ ރާއްޖެއިން ހަވާލުވުން، މި ހެލިކޮޕްޓަރާއި ހަަވާލުވީ އެއިރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު

.2016 ވަނަ އަހަރުގެ އެޕްރީލް މަހު ކުރީގެ ރައީސް އަބްދު ﷲ ޔާމީނު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ޑިފެންސް އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަންގެ އެއްބަސްވުމެއްގައި ސޮއިކުރެވިގެންދިޔައެވެ. އެއިރު ވެސް މިއީ ސިއްރު ކުރެވިފައިވާ އެއްބަސްވުމެކެވެ. އޭގެ އަޑިއެއް އެއް މިއެއް ނޭނގެއެވެ.

ނަމަވެސް ކުރީ ސަރުކާރު ބަދަލުވެ އައު ސަރުކާރެއް އެކުލަވާލުމާއެކު އޭގައި ހުރި ނުރައްކާތެރި ބައިތައް މި ސަރުކާރުން ބަދަލުކުރިއެވެ. އެއާއެކު އެއިރު އެ ޕްލޭން ތަންފީޒުކުރަން ތިބި ވެރިން އަވަސް ވެގަތީ ކުރިން ހެދިފައި އޮތް ގޯސް މި ސަރުކާރުގެ ބޮލަށް ކަނޑާލާށެވެ. އިންޑިއާ ސިފައިން ގެންނަން އުޅޭ ވާހަކައާއި ތިބެވޭ ވާހަކައިންނެވެ.

ފައިސާ ދީގެންނާއި އެކި ގޮތްގޮތުން މީހުން ލައްވާ ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ވެސް އެ ވާހަކަ ދައްކަން ފެށިއެވެ. ސަބަބަކަށްވީ އެކްޝަން ޕްލޭނެއް ނޫނެވެ. ކުރީ ސަރުކާރުގެ ޚާރިޖީ ގުޅުންތަކުގެ މައްޗަށް ލިބުނު މަންފާއާއި ވަކި ބައެއްގެ ނުފޫޒު އެވެރިންގެ މައްޗަށް އޮތް ބޮޑުކަމުން ކަމަށް ވެސް ވެދާނެއެވެ.

އިންޑިއާ އާއި ޗައިނާއަކީ ޒަމާންވީ ހަތުރުންނެވެ. މި ދޭތެރޭގައި ފިތި ބާރުވަނީ ރާއްޖެއެވެ. ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން ދެގައުމަށް ވެސް މުހިންމީއެވެ. ނަމަވެސް ޗައިނާ ސަރުކާރާއި އެހާ ބޮޑު ގުޅުމެއް ގެންގުޅުނު ބަޔަކު ޗައިނާގެ ހަތުރުންނާއެކު ބޮޑު އެއްބަސްވުމެއްގައި ސޮއިކޮށް ޗައިނާއަށް ބޭވަފާތެރިވާނެކަމަށް އެކަކުވެސް ގަބޫލެއް ނުކުރާނެއެވެ.

އިންޑިއާޔާއެކު 2016 ވަނަ އަހަރު ރައީސް ޔާމީންގެ ހާޒިރުގައި ވެވުނު އެއްބަސްވުމުގައިވާގޮތުން، އުތުރު ތިލަފަޅު މަސައްކަތުގައި އިންޑިއާ ސިފައިން އަމަލީގޮތުން ހަރަކާތެރިވެއެވެ. އަދި އެތަނުގައި އިންޑިއާ ސިފައިން ތިބޭގޮތަށް ވެސް އޮތީ އެއްބަސްވެފައެވެ. މިއީ މި ސަރުކާރާއެކު ވެވުނު އެއްބަސްވުމެއް ނޫނެވެ. މިއީ ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުމުގައި އޮތް ގޮތެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ކޯސްޓްގާޑުގެ އުޅަނދުތައް ބޭނުންކޮށްގެން އިންޑިއާގެ އަސްކަރިއްޔާއިން އޮޕަރޭޝަން ހިންގޭނަކަމަށް ވެސް އެއްބަސްވީ ހަމަ އެވެރިންނެވެ. މި އެއްބަސްވުމުގައި ހިމެނޭ މައިގަނޑު 10 ކަންތައްތަކުގެ ތެރޭގައި އެއިރު ވެރިކަމުގައި ތިބި ފަރާތްތަކަށް އެކި ގޮތްގޮތުން މަންފާ ކުރާ އެތައް ކަމެއް ހުއްޓެވެ.

ނަމަވެސް މި އެއްބަސްވުމުގައި ހުރި ކަންބޮޑުވާ ކަންކަން ބަދަލުކުރީ މި ސަރުކާރުންނެވެ. 2019 ވަނަ އަހަރު އަލުން އެކްޝަން ޕްލޭންގައި ހުރި ކަންކަން މުރާޖާ ކުރެވުނެވެ. އަދި އިންޑިއާ ސިފައިން ތިބެން ޖެހޭކަމަށް އޮތް މާއްދާ އުވާލައި ހަމައެކަނި އިންޑިއާ ސިފައިންގެ އެހީތެރިކަމާއި ސަޕޯޓް ބޭނުންވާ ކަމަށް ބަދަލު ކުރެވުނެވެ.

އެހެންނަމަވެސް ގޯސްވީ ހަމަ މި ސަރުކާރެވެ. މި އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަމަށް ބަލާ އިރު، ދެގައުމު ގުޅިގެން ދެގައުމުގެ ޓްރެއިނިން ކެޕޭސިޓީ ބިލްޑިންގ އެކްސްޗޭންޖް ކުރަމުން ގެންދާނެ ވާހަކަ އަދި ދިވެހިރާއްޖޭގެ ދިފާއީ ބާރުގެ އިތުރު ތަމްރީނުގެ ސްޓޮކްތައް އިންޑިއާއިން އޮފަރ ކުރާނެ ކަމާއި، އިންޑިއާއިން ބޭނުންވާ އެހީތެރިކަން އެމީހުންނަށް ދެމުންދާނެ ކަމަށް ބުނެފައިވެއެވެ.

އިދިކޮޅު މީހުން ހަރު އަޑުން ގޮވަމުންދާ ޑޯނިއާ މަތިންދާބޯޓާއި ހެލިކޮޕްޓަރަކީ ވެސް ހަމަ ކުރީ ސަރުކާރުން މި ޕްލޭންގެ ދަށުން ދިނުމަށް އެދި އެއްބަސްވެފައިވާ ތަކެއްޗެވެ. އޭގެ މެއިންޓަނަންސާއި އެހެނިހެން ޓެކްނިކަލް ކަންތައް ކުރުމަށް އިންޑިއާ ސިފައިން ތިބޭނެކަމަށް އެއިރުވެސް އެއްބަސްވުމުގައި ވެއެވެ. ނަމަވެސް އެއީ ތިމަންމެން ނުކުރާ ކަމެއް ކަން ދެއްކުމަށް އާންމު ރައްޔިތު މީހާގެ ބޮލަށް އެކި ގޮތްގޮތުން އެރި މޮޅު ވާހަކަދައްކައެވެ.

މި އެއްބަސްވުމާއި ގުޅޭ ގޮތުން ކުރީގެ ރައީސް ޔާމީނުގެ ވާހަކަފުޅުގައި ވެސް ތާރީޚީ ސަގާފީ ގުޅުމާއި ހުރިހާއެއްޗެއް ލެވެރޭޖް ކޮށްގެން މި ސަރަހައްދުގެ އަދި ގައުމީ ސަލާމަތަށް ބޭނުންވާ އޮޕަރޭޝަން ހިންގުމަށް އިންޑިއާގެ ނޭވީ އަދި ކޯސްޓްގާޑުވެސް މީގެ ތެރޭގައި ޝާމިލްވެގެން ޖޮއިންޓް އޮޕަރޭޝަންސް ހިންގުމަށް މި ޕްލޭނުން މަގުފަހިކޮށްދޭ ކަމަށް ވިދާޅުވެފައިވެއެވެ. އަދި ވަރަށް ބޮޑަށް މި ސަރަހައްދުގެ ސެކިއުރިޓީގެ ކަންކަމުގައި އިންޑިއާގެ ލީޑް ރޯލެއް މީގައި އެކްނޮލެޖްކޮށްފައި އިންޑިއާގެ އެހީގައި ރާއްޖޭގެ ގައުމީ އަސްކަރީ އަދި ދިފާއީ ދާއިރާއަށް ގާބިލްކަން ހޯދުމަށް މަގުފަހިކޮށްދޭ ކަމަށް ވިދާޅުވެފައިވެއެވެ.

މި އެކްޝަން ޕްލޭނުން މަގު ދައްކައިދީގެން ކުރިއަށް ގެންދެވޭ ޕްރޮޖެކްޓުގެ ތެރޭގައި 2020ގައި ސްޓޭޝަން ކުރެވުނު ޑޯނިއަރ އަދި މާފިލާފުށި ސެންޓަރ ސިފަވަރު މަސައްކަތް ކުރާ ކޯސްޓްގާޑުގެ ޑޮކްޔާޑް އެންޑް ހާބަރ އަދި ޑިފެންސް އިމާރާތް ކުރިއަށް ގެންދާ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ހައިޑްރޮގްރޮފީ އެމްއޯޔޫ ވެސް ހިމެނެއެވެ.

އުތުރު ތިލަފަޅު އެއްބަސްވުމަކީ، 11-10 އެޕްރީލް 2016 އަށް، ރައީސް ޔާމީން އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި، އެ ގައުމުގެ ސަރުކާރާއެކު ސޮއިކުރެއްވި "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން މޯލްޑިވްސް އެންޑް އިންޑިޔާ"ގެ ތެރޭގައި ހިމެނިފައިވާ 10 ދާއިރާގެ ތެރެއިން އެއް ދާއިރާއެވެ.

އުތުރު ތިލަފަޅުގެ އެއްބަސްވުން ހިމެނޭހެން، ދިފާއީ ރޮނގުން އިންޑިޔާ ސަރުކާރާ ގުޅިގެން، މިހާތަނަށް އަދުގެ ސަރުކާރުން ކުރައްވާފައިވާ ކަންކަމަކީ، މިއެކްޝަން ޕްލޭނަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި ކުރައްވާފައިވާ ކަންކަމެވެ. އަދި އެކަން ކޮށްފައިވަނީ ކަންބޮޑުވާ ކަންތައްތައް އުނިކުރުމަށްފަހުގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޗައިނާ އަށް ރާއްޖެ \"ވިއްކާލައިފި\"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟

ޗައިނާ އަށް ރާއްޖެ "ވިއްކާލައިފި"، އިންޑިއާ ދެން ހަދާނީ ކިހިނެއް؟

08 ޑިސެމްބަރު 2017
ތޫފާން އޮކި: ލަންކާއިން 7 މަރު، އިންޑިއާއިން 8 މަރު

ތޫފާން އޮކި: ލަންކާއިން 7 މަރު، އިންޑިއާއިން 8 މަރު

01 ޑިސެމްބަރު 2017
 ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

ސީޝެލްސް: ޗައިނާއާއި އިންޑިއާގެ ކުރިމަތިލުމުގެ މައިދާން

14 އޮކްޓޯބަރު 2017
ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

ޕެހެލާޖް ނިހަލާނީ: އިންޑިއާގެ ސެންސަރުބޯޑުން ވަކިކުރީ ކީއްވެ؟

15 އޯގަސްޓު 2017
އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

އިންޑިއާގެ އާ ރައީސް ގިނަ ބަޔަކަށް ނޭނގޭ

21 ޖުލައި 2017

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު