Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒުވާން ގައުމީ ވޮލީ ޓީމު އެކުލަވާލުން

ވޮލީބޯޅަ އެކްސެލެންސް ޕްރޮގްރާމާއެކު ސީނިއާ ޓީމަށް ކުރިއެރުންތަކެއް އަންނާނެ: ކާއްޓޭ

27 އޮކްޓޯބަރު 2021 | ބުދަ 13:17

އަތޮޅުތަކުގެ ކޯޗުންނަށްވެސް މި ފުރުސަތު އޮންނާނެ ކަމަށް ޝުއައިބް ބުނި

އަތޫފް އާތިފް
އަތޫފް އާތިފް | 27 އޮކްޓޯބަރު 2021 | ބުދަ 13:17
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކުރީގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ)

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކުރީގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ)

ވޮލީބޯޅަ އެކްސެލެންސް ޕްރޮގްރާމާއެކު ސީނިއާގައުމީ ވޮލީބޯޅަ ޓީމަށް ކުރިއެރުންތަކެއް އަންނާނެ ކަމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗުގެ މަގާމު އަދާކޮށްފައިވާ އަދި ކުރީގެ ކުޅުންތެރިޔާ މުޙައްމަދު ސާޖިދު (ކާއްޓޭ) ވިދާޅުވެއްޖެއެވެ.

ޒުވާން ގައުމީ ޓީމަށް ޖާޒީ ހަވާލުކުރުމަށްޒުވާނުންގެ މަރުކަޒުގައި ހޯމަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތަށްފަހު "ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި މީގެ ކުރިން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އިންޓަރިމް ކޮމިޓީގެ މެންބަރުކަންވެސް ފުރުއްވި ކާއްޓޭ ވިދާޅުވީ މިކަހަލަ ޕްރޮގްރާމެއް ފެށުން އެއީ ވޮލީބޯޅަ އާއިލާއަށް ލިބުނު އުފަލެއް ކަމަށެވެ. އަދި މިއީ ވަރަށް ކުރީއްސުރެ ވޮލީބޯޅަ އާއިލާއިން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށްވުން ކަމަށްވެސް ވިދާޅުވިއެވެ.

ކާއްޓޭ ވިދާޅުވީ މިއީ ގައުމީ ވޮލީބޯޅަ ޓީމަށް އޮތް ޗެލެންޖެއް ކަމަށާއި، އެގޮތުން ޖޫނިއާ ޕޫލުގެ ކުޅުންތެރިން ކުރިއަށް އޮތް ތަނުގައި ސީނިއާ ޓީމުން ޖާގަ ހޯދުމަށް މަސައްކަތްކުރާނެ ކަމަށެވެ. އެހެންކަމުން މީގެ ކުރިން ސީނިއާ ޓީމަށް އެރުން އެއީ ފަސޭހަކަމެއްގެ ގޮތުގައި އޮތް އޮތުން މި ޕްރޮގްރާމާއެކު ނިމިގެންދާނެ ކަމަށާއި، އޭގެ ސަބަބުން މުޅި ވޮލީބޯޅައަށްވެސް ބޮޑު ބަދަލެއް އަންނާނެ ކަމަށް ކާއްޓޭ ވިދާޅުވިއެވެ.

ކާއްޓޭ ވިދާޅުވީ މި ޕްރޮގްރާމަކީ މީގެ ކުރިންވެސް ވީއޭއެމުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) ގެ ވަރަށް ބޮޑު ޕްލޭނެއް ކަމަށާއި، އެގޮތުން މީގެ ކުރިން ވީއޭއެމުގެ ނައިބު ރައީސްގެ މަގާމުގައި ރަނޭ ހުންނަވައި، މި ޕްރޮގްރާމުގެ ޕޭޕާ ވޯކްސްގެ މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ޒުވާން ގައުމީ ޓީމުގެ ކޯޗުންގެ ގޮތުގައި ހަމަޖެއްސި ދެ ބޭފުޅުންނަކީ މި ވަގުތު ރާއްޖޭގައި ތިބި އެންމެ ފެންވަރު ރަނގަޅު ކޯޗުންގެ ތެރޭގައި ހިމެނޭ ކޯޗުން ކަމަށާއި، އެގޮތުން ފަތުހުﷲ ވަހީދު (ފައްލޯ) އާއި، އަޙްމަދު އަބްދުލްކަރީމް (ލޯންގޭ) އަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

"ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވީއޭއެމުގެ ކޯޗާސް ކޮމިޝަނުގެ ހެޑް ޝުއައިބް އަޙްމަދު ވިދާޅުވީ އެ ކޮމިޝަނުން ބެލި ބެލުމުން މި ވަގުތު ރާއްޖޭގައި ތިބި އެންމެ ސީނިއާ އަދި އެންމެ ރަނގަޅު ދެ ކޯޗުންނަކީ ފައްލޯ އާއި ލޯންގޭ ކަމަށެވެ. އަދި ފައްލޯ އާއި ލޯންގޭއާއެކު، ޒުވާން ގައުމީ ޓީމަށް ރަނގަޅު ބަދަލުތަކެއް އަންނާނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ޝުއައިބް އިތުރަށް ވިދާޅުވީ ވީއޭއެމުން ހުޅުވާލާ މިފަދަ ފުރުސަތުތަކަށް އިތުރު ކޯޗުންގެ އެއްބާރުލުން ކުރިއަށް އޮތް ތަނުގައި ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށާއި، އެގޮތުން އަތޮޅުތެރޭގައި ތިބޭ ކޯޗުންނަށްވެސް މި ފުރުސަތު އޮންނާނެ ކަމަށެވެ.

ބޮޑު ޕްލޭނަކާއެކު ވީއޭއެމުން ޒުވާން ގައުމީ ވޮލީބޯޅަ ޓީމު އެކުލަވާލިއިރު، އަންނަ އަހަރު ގިނަ މުބާރާތްތަކެއްގައި ޒުވާން ގައުމީ ވޮލީބޯޅަ ޓީމު ވާދަކުރާނެއެވެ. އޭގެ ތެރޭގައި އަންނަ އަހަރު ޗައިނާގައި ބާއްވާ އޭޝިއަން ޔޫތު ގޭމްސް އާއި، އެ އަހަރުގެ އޮގަސްޓް މަހު ތުރުކީގައި ބާއްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް ހިމެނެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

30 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި

30 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި
30 މާރިޗު 2017

އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު

30 މާރިޗު 2017
އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު
23 މާރިޗު 2017

ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

23 މާރިޗު 2017
ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
20 ފެބުރުއަރީ 2017

އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް

20 ފެބުރުއަރީ 2017
އިންޓަ ފެކަލްޓީ ވޮލީބޯޅަ މުބާރާތް: އަންހެން އަދި ފިރިހެން ބައި ވެސް ފެކަލްޓީ އޮފް އެޑިއުކޭޝަނަށް
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް