Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޅުދުއްފުށީގެ ތަރައްގީގެ މަޝްރޫއުތައް

އިގުތިސާދީ ކުރިއެރުންތަކާއެކު ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށް ރައީސް ވިދާޅުވި: އާތިފް

26 އޮކްޓޯބަރު 2021 | އަންގާރަ 14:11

އިގުތިސާދީ މަސައްކަތްތައް ފަށައިގަންނަންޖެހޭކަމަށް ރައީސް ވިދާޅުވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 26 އޮކްޓޯބަރު 2021 | އަންގާރަ 14:11
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި

ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި

ބޮޑު ތިލަދުންމައްޗަށް އިގުތިސާދީ މަސައްކަތްތައް ތައާރަފުކޮށް، ވަޒީފާ އިތުރުކުރެވޭނެ ހުރިހާ ގޮތްތަކެއް ބަލައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ.

އާތިފް މިފަދައިން ވިދާޅުވީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށް ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅަށް އިޝާރަތްކުރައްވައި ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަދައްކަވަމުންނެވެ. ޒުވާނުންގެ ދުވަހާއި ގުޅިގެން ބޭއްވި ޖަލްސާގައި އާތިފް ވަނީ, ބޮޑުތިލަދުންމަތީގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް މަދުކަން ފާހަގަކުރައްވާފައެވެ. މިކަމަށް ހައްލު ހޯދުމަށް އެ ސަރަހައްދުގައި އިގުތިސާދީ ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ރައީސް ވިދާޅުވިކަމަށް އާތިފް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ތައްޔާރުވަމުންދާއިރު، އެ ސަރަހައްދުގައި ރަނގަޅަށް ހިނގާ ރިސޯޓެއް ނެތްކަމަށާއި، މަސްވެރިކަމަށް ބެލިޔަސް, މަސްވެރިންނަށް މަސް ކިރޭނެ ގޮތްތަކެއް ނެތް ކަމަށާއި އަދި ގޭދޮށު މަސް ފެކްޓްރީތަކެއް ވެސް ނެތް ކަމަށް އާތިފް ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގައި ފަތުރުވެރިކަން އެހާ ބޮޑަށް ފަށައިގަނެވިފައިނުވާކަން ރައީސްވެސް ގަބޫލުފުޅުކުރައްވާކަމަށް އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ, އެހެންކަމުން މި ހުރިހާ ކަމަކަށް ހައްލު ހޯދައިދެއްވުމަށް, ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި މިކަން ހިމަނައިގެން މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިކަމަށެވެ. އަދި ބޮޑުތިލަދުންމައްޗަށް ޓުއަރިޒަމް ތައާރަފުކޮށް އިގުތިސާދީ މަންފާ ލިބޭނެ ގޮތް ފަހިކުރައްވާނެ ކަމަށާއި، ހދ. ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީވެގެންދިއުމާއެކު ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ރައީސް ވިދާޅުވިކަމަށެވެ. މީގެ އިތުރުން ކުޅުދުއްފުށީގެ ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރެވި، އެތަނުގެ ޚިދުމަތް ދޭން ފެށުމުންވެސް ވަޒީފާގެ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ.

އެ ސަރަހައްދަށް އިގުތިސާދީ މަސައްކަތްތައް ތައާރަފުކޮށް ވަޒީފާ އިތުރުކުރެވޭނެ ހުރިހާ ގޮތްތަކެއް ބަލައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވިކަމަށް އާތިފް ވިދާޅުވިއެވެ.

ޒުވާނުންގެ ދުވަހާ ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި އާތިފް ވަނީ, އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށްވެސް އަލިއަޅުވާލައްވާފައެވެ. މި މައްސަލައަށް ހައްލު ގެނެސްދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް ގާއިމްކުރުމަށް ރިޒަރވް ކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

03 މެއި 2018

އިންތިޚާބު ބޯމަތިވަމުން އަންނައިރު ނޫސްވެރިކަމަށް އޮތް ބިރުވެރިކަން އިތުރުވާނެ: އައިއެފްޖޭ

03 މެއި 2018
އިންތިޚާބު ބޯމަތިވަމުން އަންނައިރު ނޫސްވެރިކަމަށް އޮތް ބިރުވެރިކަން އިތުރުވާނެ: އައިއެފްޖޭ
10 އެޕްރީލު 2018

ކުޅިވަރުގެ ފުރުސަތުތައް ދިވެހި ޒުވާނުންނަށް ބަންދުކުރީ ޔާމީންގެ ހުދުމުޚުތާރު ވެރިކަން ދެމެހެއްޓުމަށް: އަބްދުﷲ ޝާހިދު

10 އެޕްރީލު 2018
ކުޅިވަރުގެ ފުރުސަތުތައް ދިވެހި ޒުވާނުންނަށް ބަންދުކުރީ ޔާމީންގެ ހުދުމުޚުތާރު ވެރިކަން ދެމެހެއްޓުމަށް: އަބްދުﷲ ޝާހިދު
10 ޖެނުއަރީ 2018

ރައީސް ޔާމީނަށް އިގުތިސާދީ ސިޔާސަތުން ގެނެވުނު އާ ކަމެއް ނެތް، ވައުދުތައް ނުފުއްދަވާ: އަމީރު

10 ޖެނުއަރީ 2018
ރައީސް ޔާމީނަށް އިގުތިސާދީ ސިޔާސަތުން ގެނެވުނު އާ ކަމެއް ނެތް، ވައުދުތައް ނުފުއްދަވާ: އަމީރު
05 ޖެނުއަރީ 2018

ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދުން އިންޑިޔާގެ ދެ ބޯޓު ފެނިއްޖެ

05 ޖެނުއަރީ 2018
ރާއްޖޭގެ އިގުތިސާދީ ކަނޑުގެ ސަރަހައްދުން އިންޑިޔާގެ ދެ ބޯޓު ފެނިއްޖެ
16 އޮކްޓޯބަރު 2017

ކުންފުނީގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނަމުން މުވައްޒަފުންގެ މުސާރަ އިތުރުވާނެ: އެސްޓީއޯ

16 އޮކްޓޯބަރު 2017
ކުންފުނީގެ މުސާރައިގެ  އޮނިގަނޑަށް ބަދަލު ގެނަމުން މުވައްޒަފުންގެ މުސާރަ އިތުރުވާނެ: އެސްޓީއޯ
04 ޖުލައި 2017

ފާރިސް ހައްޔަރުކޮށްފިއްޔާ އިދިކޮޅު ފަރާތްތަކުގެ ލިސްޓަށް މަޖިލީހުގެ 5 މެންބަރުން އިތުރުވާނެ: މުސްތަފާ

04 ޖުލައި 2017
ފާރިސް ހައްޔަރުކޮށްފިއްޔާ އިދިކޮޅު ފަރާތްތަކުގެ ލިސްޓަށް މަޖިލީހުގެ 5 މެންބަރުން އިތުރުވާނެ: މުސްތަފާ
01 ޖޫން 2017

އަޔަލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުން އިތުރުވާނެ ކަމަށް އުއްމީދުކުރަން: ރައީސް

01 ޖޫން 2017
އަޔަލެންޑްގެ ވިޔަފާރިވެރިން ރާއްޖޭގައި އިންވެސްޓްކުރުން އިތުރުވާނެ ކަމަށް އުއްމީދުކުރަން: ރައީސް
01 މެއި 2017

އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާގެ ބާޒާރާ އަޅާބަލާއިރު މުސާރާ އާއި އިނާޔަތްތައް ކުޑަވުން: ސީއެސްސީ

01 މެއި 2017
އެންމެ ބޮޑު ގޮންޖެހުމަކީ ވަޒީފާގެ ބާޒާރާ އަޅާބަލާއިރު މުސާރާ އާއި އިނާޔަތްތައް ކުޑަވުން: ސީއެސްސީ
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް