Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީއެމްއެލް ލިމިޓްލެސް ކާޑު

ލިމިޓްތައް ނުހިމެނޭ ކާޑެއް ބީއެމްއެލްއިން ތައާރަފްކޮށްފި

26 އޮކްޓޯބަރު 2021 | އަންގާރަ 08:26

ކާޑަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކޭނީ ހަމައެކަނި ޑޮލަރުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 26 އޮކްޓޯބަރު 2021 | އަންގާރަ 08:26
ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ބަދަލުގެނައުން

ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ބަދަލުގެނައުން

ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް މިހާރު ކަނޑައަޅާފައިވާ ލިމިޓްތައް ނުހިމެނޭ ގޮތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައު ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑެއް މިއަދު ތައާރަފްކޮށްފިއެވެ.

ކަސްޓަމަރަށް އެޕްރޫވްވެ ކަނޑައެޅިފައިވާ ކްރެޑިޓް ކާޑު ލިމިޓާ ހަމަޔަށް ބޭނުން ކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ މިކާޑާއެކު ރާއްޖޭން ބޭރުގެ ގިނަ އަދަދެއްގެ މުއާމަލާތްތައް ކުރަންޖެހޭ ފަރާތްތަކަށް ވަރަށް ބޮޑުތަނުން ފަސޭހަ ވެގެންދާނެއެވެ. ކާޑަށް އަނބުރާ ދައްކަންޖެހޭ ފައިސާ ދެއްކޭނީ ހަމައެކަނި ޑޮލަރުންނެވެ. އަލަށް ކާޑަށް އެދޭ ފަރާތްތަކަށް އޮންލައިންކޮށް ވެސް ކާޑަށް އެދެވޭނެއެވެ. އަދި މިހާރު ކްރެޑިޓް ކާޑު ބޭނުންކުރަމުންދާ ކަސްޓަމަރުންނަށް އިންޓަރނެޓް އަދި މޯބައިލް ބޭންކިންގ މެދުވެރިކޮށް މިހާރު ބޭނުންކުރާ ކާޑު، ޑޮލަރު ކާޑަކަށް ބަދަލު ކުރުމަށް ވެސް އެދެވޭނެއެވެ.

Advertisement - newsAdvertisement

ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ "ރާއްޖޭގައި ޑޮލަރު ލިބެން ހުރި މިންވަރަށް ބޮޑު ނޭދެވޭ އަސަރެެއްކޮށްފައިވާތީ ހާލަތަށް ރިއާޔަތްކޮށް، މިދިޔަ އަހަރު ބޭންކުން ވަނީ ޑެބިޓް އަދި ކްރެޑިޓް ކާޑު މެދުވެރިކޮށް ބޭރަށްދާ ޑޮލަރުގެ ނިސްބަތް މަދުކުރުމަށްޓަކައި މުހިންމު ފިޔަވަޅެއް އަޅާފައި. މި ވޭތުވެދިޔަ އަހަރުގެ ތެރޭގައި ބޭންކުން މިވަނީ ލިމިޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފައި. ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމަށް އާންމު ގޮތެެއްގައި ކްރެޑިޓް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް މިއަދު މި ތައާރަފް ކުރެވުނު ކާޑާއެކު އިތުރު ހައްލެއް ލިބިގެންދާނެ. އަދި ރާއްޖޭން ބޭރުގެ މުއާމަލާތް ކުރުމަށް މިހާރު ކަނޑައަޅާފައިވާ ލިމިޓް ނުހިމެނޭ ގޮތަށް ކަސްޓަމަރުންނަށް ކްރެޑިޓް ކާޑުގެ ލިމިޓާ ހަމަޔަށް މި ކާޑު ބޭނުންކޮށްގެން ވިޔަފާރި ވެސް ކުރެވޭނެ." ކަމަށެވެ.

އަލަށް ތައާރަފް ކުރެވުނު ޔޫއެސް ޑޮލަރު ވިސާ ކްރެޑިޓް ކާޑު ކޯޕަރޭޓް ކާޑުގެ ގޮތުގައި ވިޔަފާރިތަކަށް ވެސް ދޫކުރެވޭނެއެވެ. އަދި މިކާޑު ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖޭން ބޭރުގެ މުއާމަލާތްތައް ވެސް ކުރެވޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 7،000 އަށް ވުރެ ގިނަ މާރޗެންޓުންނާއެކު ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ޚިދުމަތް ބަލައިގަންނަ ބޭންކެވެ. މީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގައި ވިސާގެ ޕްރިންސިޕަލް މެންބަރު ވެސް މެއެވެ. އަދި ބީއެމްއެލްއިން އަންނަނީ އެމީހުންގެ ޚިދުމަތް އިތުރަށް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 ނޮވެމްބަރު 2017

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސްއާ ގުޅޭ ވެބްސައިޓެއް ތައާރަފްކޮށްފި

13 ނޮވެމްބަރު 2017
ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސްއާ ގުޅޭ  ވެބްސައިޓެއް ތައާރަފްކޮށްފި
11 އޮކްޓޯބަރު 2017

ޕާސްޕޯޓް ކާޑެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކޮށްފި

11 އޮކްޓޯބަރު 2017
ޕާސްޕޯޓް ކާޑެއް ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކޮށްފި
04 އޯގަސްޓު 2017

ޖަމްއިއްޔަތުއް ޚައިރު އާއި ރާއްޖެޓީވީ ގުޅިގެން ހައްޖުވެރިންނަށް ހާއްސަ އަތްމަތީ ފޮތަކާއި ދުއާ ކާޑެއް ބަހަނީ!

04 އޯގަސްޓު 2017
ޖަމްއިއްޔަތުއް ޚައިރު އާއި ރާއްޖެޓީވީ ގުޅިގެން ހައްޖުވެރިންނަށް ހާއްސަ އަތްމަތީ ފޮތަކާއި ދުއާ ކާޑެއް ބަހަނީ!
25 ޖުލައި 2017

ރާއްޖެޓީވީގެ ސްކޮލަޝިޕް ޕްރޮގްރާމް ތައާރަފްކޮށްފި

25 ޖުލައި 2017
ރާއްޖެޓީވީގެ ސްކޮލަޝިޕް ޕްރޮގްރާމް ތައާރަފްކޮށްފި
13 ޖުލައި 2017

ކާޑެއްދޫ އެއާޕޯޓް މައްސަލާގައި ވިލާއިން ދައުވާކުރާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު

13 ޖުލައި 2017
ކާޑެއްދޫ އެއާޕޯޓް މައްސަލާގައި ވިލާއިން ދައުވާކުރާ މައްސަލައިގެ ޝަރީޢަތުގެ އަޑުއެހުމެއް މިއަދު
24 ޖޫން 2017

މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި

24 ޖޫން 2017
މީރާގެ ވެބްސައިޓް މެދުވެރިކޮށް ޓްރެފިކް ވަޔަލޭޝަން ޖޫރިމަނާ ދެއްކުމުގެ ޚިދުމަތް ތައާރަފްކޮށްފި
16 މާރިޗު 2017

އޭޑީކޭއިން މޯބައިލް ފްލޫ ކުލިނިކެއް ތައާރަފްކޮށްފި

16 މާރިޗު 2017
އޭޑީކޭއިން މޯބައިލް ފްލޫ ކުލިނިކެއް ތައާރަފްކޮށްފި
06 މާރިޗު 2017

ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި

06 މާރިޗު 2017
ކާޑެއްދޫ އެއާޕޯޓް ޙަވާލުކުރުން ލަސްވާތީ މެނޭޖްމަންޓާ ފުލުހުން މަޝްވަރާކޮށްފި
23 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި

23 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރި އަމުރު ބާތިލް ކޮށްފި
01 ފެބުރުއަރީ 2017

ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި

01 ފެބުރުއަރީ 2017
ވިލާ ކުންފުނީގެ އަތުން ކާޑެއްދޫ އެއާޕޯޓް ނެގުން ފަސްކުރުމުށް ކޯޓުން އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް