Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބޮލީވުޑް

އާރްޔަން ޚާންއާ ދެކޮޅަށް، ހެކިވެރިޔަކު ރިޝްވަތަށް އެދުނު ކަމަށް ތުހުމަތު ކޮށްފި

25 އޮކްޓޯބަރު 2021 | ހޯމަ 12:29

ޕްރަބާކަރް ސާއިލް ބުނި ގޮތުގައި އޭނާއަށް ދެ ކޮތަޅުގެ ނަގުދު ފައިސާ ދިން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 25 އޮކްޓޯބަރު 2021 | ހޯމަ 12:29
އާރްޔަން ޚާން

އާރްޔަން ޚާން

މެގަ ސްޓާރ ޝާހް ރުކް ޚާންގެ ދަރިފުޅާ ދެކޮޅަށް, މަސްތުވާތަކެތީގެ މައްސަލައެއްގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ(އެންސީބީ)ގެ ސީނިއަރ އޮފިސަރު ސަމީރު ވަންކެޑޭއަށް ހެކިވެރިޔަކު ރިޝްވަތު ދިންކަމަށް ބުނެ ހައިރާންކުރުވަނިވި ވާހަކަތަކެއް ދައްކައިފިއެވެ.

ޕްރަބާކަރް ސާއިލް ބުނި ގޮތުގައި އޭނާއަށް އަޑު އިވުނީ އަމިއްލަ އިންވެސްޓިގޭޓަރެއް ކަމަށްވާ ކޭޕީ ގޮސާވީ އާރްޔަން ޚާން އާއެކު ނެގި ސެލްފީއެއް ވައިރަލްވި ވާހަކައާއި، ވަންކެޑޭއަށް 8 ކްރޯޑު ދައްކަންޖެހޭ ޑީލެއްގެ ވާހަތަކެވެ. އޮފިސަރު ވަނީ އެއްވެސް ކުށެއް ނުކުރާ ކަމަށް އިންކާރުކޮށް، ވަރަށް ވަރުގަދަ ޖަވާބެއް ދޭނެ ކަމަށް ބުނެފައެވެ. ޕުރަބާކަރް ސާއިލުއަކީ ކޭޕީ ގޮސާވީގެ ޕަރސަނަލް ބޮޑީގާޑެއް ކަމަށް ބުނެފައިވާއިރު އޭނާއާއި ސޭމް ޑިސޫޒާއާ ދެމެދު ޓެލެފޯން މެދުވެރިކޮށް ކުރި މުއާމަލާތެއްގައި ކާރުގައި އިން ކަމަށް ބުނެފައިވެއެވެ. އޭގެ މިނެޓުތަކެއް ފަހުން ކޭޕީ ގޮސާވީއާއި ސޭމް ޑިސޫޒާ އަދި ޝާހް ރުކް ޚާންގެ މެނޭޖަރު ޕޫޖާ ދަދްލާނީ ކާރެއްގެ ތެރޭގައި 15 މިނެޓުގެ ބައްދަލުވުމެއް ބޭއްވި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ކޭޕީ ގޯސާވީއަތުން ނަގުދު ފައިސާ ލިބުނު ކަމަށާއި އެ ފައިސާ ސޭމް ޑިސޫޒާއާ ހަވާލުކުރި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ހުލާސާ ބަޔާން އިއްވަމުން ޕްރަބާކަރް ސާއިލް ވަނީ ކްރޫޒް ޝިޕް ރެއިޑް ކުރި ދުވަހުގެ ތަފުސީލެއް ވެސް ދީފައެވެ. އޭނާ ބުނީ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު ބޯޑިން އޭރިއާ ކައިރިއަށް އޭނާ ހާޒިރުވި ކަމަށާއި، އެ ޝިޕަށް އެރި ބައެއް މީހުން ދެނެގަތުމަށް އެދުނު ކަމަށެވެ. އޭނާ ބުނި ގޮތުގައި ވަޓްސްއެޕްގައި އޭނާއަށް ފޮޓޯ ގެ ސިލްސިލާއެއް ފޮނުވީ, ދެނެގަތުމަށް އެހީވުމަށެވެ. "ރޭގަނޑު 10:30 ހާއިރު ބޯޑިން އޭރިއާގައި އަޅުގަނޑަށް ކޭޕީ ގޮސާވީ ގޮވި އިރު ޝިޕްގެ ބޯޑިން އޭރިއާގެ އެއް ކެބިންގައި އާރްޔަން ޚާން އިންތަން ފެނުނީ. އެންސީބީގެ އޮފިޝަލުންނާ އެކު ފެނުނީ އެއް އަންހެން ކުއްޖެއް. މުންމުން ދަމޭޗާ އަދި މަދު ބަޔަކު." ހުލާސާ ބަޔާން އިއްވަމުން އޭނާ ބުންޏެވެ. އާރްޔަން ޚާންއާއި ދެން ތިބި މީހުން އެންސީބީގެ އޮފީހަށް ގެންދިއުމުން އޭނާ ބުނީ ބައެއް ހުސް ކަރުދާސްތަކުގައި ސޮއިކުރުމަށް ގޮސާވީއާއި ސަމީރު ވަންކެޑޭ އޭނާގެ ކިބައިން އެދިފައި ވެއެވެ.

ޕްރަބާކަރް ސާއިލް ބުނި ގޮތުގައި އޭނާއަށް ދެ ކޮތަޅުގެ ނަގުދު ފައިސާ ދިންކަމަށާއި އެ ކޮތަޅު އޭނާ "ޓްރިޑެންޓް ހޮޓެލް" ކައިރީގައި ހުންނަ ސޭމް ޑިސޫޒާއަށް ޑެލިވަރީ ކޮށްދިން ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އެ އަދަދަކީ 38 މިލިއަން ރުޕީސް ކަމަށް ހުލާސާ ބަޔާން އިއްވަމުން އޭނާ ބުނެފައިވެއެވެ. 

އެ އިދާރާގެ މަސްދަރުތަކުން ވަނީ އެ ތުހުމަތުތަކަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެ، ފައިސާ ގެ ބަދަލު ހިފައިފި ތޯ ސުވާލު ކޮށް، "މީހަކު ޖަލުގައި ހުންނަންވީ ކީއްވެތޯ" ސުވާލު ކޮށްފައެވެ. އެ ވާހަކަތަކަކީ "ހަމައެކަނި (އޭޖެންސީގެ) ފޮޓޯއަށް ގެއްލުން ދިނުމަށް" ކޮށްފައިވާ ތުހުމަތުތަކެއް ކަމަށް ބުނެ އޮފިޝަލުން ވަނީ, އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޕްރަބާކަރް ސާއިލްއާ ދުވަހަކު ވެސް ބައްދަލުކޮށްފައި ނުވާ ކަމަށާއި އޭނާއަކީ ކާކުކަން ނޭނގޭ ކަމަށް ބުނެފައެވެ. ޝިވް ސޭނާގެ ސީނިއާ ލީޑަރު ސަންޖޭ ރައުތު ވަނީ ހުލާސާ ބަޔާން "ކޮގްނިޓިވް" ކުރުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ. ޗީފް މިނިސްޓަރު އުދަވް ތާކަރޭ ދެއްކެވި ވާހަކަފުޅަކީ މަހާރާޝްތުރާ ސަރުކާރަށް ގެއްލުން ދިނުމުގެ ނިޔަތުގައި ދެއްކެވި ވާހަކަފުޅެއް ކަމަށާއި، އެއީ ހަގީގަތެއް ކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައުޓް ވަނީ އެންސީބީގެ އޮފީހުގެ ތެރެއިން ފާޅުކަން ބޮޑު ގޮތެއްގައި އާ ވީޑިއޯއެއް ވެސް ޓްވީޓްކޮށް، ކޭޕީ ގޮސާވީ އާއި އަރްޔާން ޚާން އެކުގައި އިށީނދެގެން ތިބެ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ޓްވީޓްކޮށްފައިއެވެ. ގޮސާވީ ކުރި ފޯނު ކޯލެއްގައި އާރްޔަން ޚާން ވާހަކަ ދައްކާ ތަންވެސް ފެންނަކަމަށް ވަނީ ބުނެފައެވެ.

މި މައްސަލާގައި އާރްޔަން ޚާންއަށް އަދިވެސް ކަފާލާތުގެ ދަށުން މިނިވަންވެފައެއް ނުވެއެވެ. އެ އިދާރާއިން ކޯޓުގައި ބުނެފައި ވަނީ އޭނާގެ ވަޓްސްއެޕް ޗެޓްތަކުން އެނގެނީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބައިނަލްއަގުވާމީ ކާޓެލްއަކާ އޭނާ މުއާމަލާތް ކުރި ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ

10 ފެބުރުއަރީ 2017
ދެކުނު އެފްރިކާގެ ރައީސް އާ ދެކޮޅަށް މަޖިލީހުގައި ހިނގި ހަމަނުޖެހުމުގެ ވީޑިއޯ ވައިރަލް ވެއްޖެ
08 ފެބުރުއަރީ 2017

ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި

08 ފެބުރުއަރީ 2017
ކޮރަޕްޝަނާ ދެކޮޅަށް އަޑުއުފުލުމުގެ ގޮތުން، ރޫމޭނިއާގައި މުޒާހަރާކޮށްފި
04 ފެބުރުއަރީ 2017

ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ

04 ފެބުރުއަރީ 2017
ކޯޓުން ޓްރަމްޕުގެ "ޓްރެވަލް ބޭން" އާ ދެކޮޅަށް އަމުރު ނެރުމުން ވައިޓް ހައުސް އިން އެކަމާ ދެކޮޅަށް ނިކުންނަނީ
02 ފެބުރުއަރީ 2017

އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި

02 ފެބުރުއަރީ 2017
އެމެރިކާގެ ވިސާ އޮތް މީހަކު ޓްރަމްޕާ ދެކޮޅަށް ދައުވާ އުފުލައިފި
31 ޖެނުއަރީ 2017

ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ

31 ޖެނުއަރީ 2017
ޓްރަމްޕާ ދެކޮޅަށް އިނގިރޭސިވިލާތުގައި މުޒާހަރާތައް ކުރިއަށް ދަނީ
30 ޖެނުއަރީ 2017

ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި

30 ޖެނުއަރީ 2017
ޓްރަމްޕް ޔޫކޭއަށް ވަޑައިގަތުމާ ދެކޮޅަށް 24 ގަޑިއިރު ތެރޭ މިލިއަނަކަށްވުރެ ގިނަ ސޮއި
29 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި

29 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް ނިއުޔޯކްގެ ކޯޓަކުން ހުކުމްކޮށްފި
28 ޖެނުއަރީ 2017

ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް

28 ޖެނުއަރީ 2017
ޚިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅައިފި ނަމަ މުސްލިމެއްގެ ގޮތުގައި ރަޖިސްޓްރީ ކުރާނަން: އޯލްބްރައިޓް
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
23 ޖެނުއަރީ 2017

ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!

23 ޖެނުއަރީ 2017
ޓްރަމްޕާއި ދެކޮޅަށް އަންހެނުން ބާއްވާ އެއްވުންތަކުގައި އެމެރިކާ އިން އެކަނިވެސް ދެމިލިޔަނަށް ވުރެ ގިނަ މީހުން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް