Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުބީއެމްއެލްގެ ތިންވަނަ ކުއާޓަލީ ރިޕޯޓް

ފައިދާ ބޮޑުވީ ލޯނެއް އެއްކޮށް ދެއްކުމުން: ބީއެމްއެލް

ފައިދާ ބޮޑުވީ ދައްކަން ޖެހި ނުދައްކާ އޮތް ލޯނަކަށް އެއްފަހަރާ ފައިސާ ލިބުމުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 25 އޮކްޓޯބަރު 2021 | ހޯމަ 07:25
ޓިމް ސޯޔަރ ބީއެމްއެލްގެ ސީއީއޯ

ޓިމް ސޯޔަރ ބީއެމްއެލްގެ ސީއީއޯ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ތިންވަނަ ކުއާޓާގެ ފައިދާ ބޮޑުވީ، ދައްކަން ޖެހި ނުދައްކާ އޮތް ލޯނަކަށް އެއްފަހަރާ ލިބުނު ފައިސާގެ ސަބަބުން ކަމަށް އެކުންފުނިން ބުނެފިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބޭންކު މިވަގުތު އޮތީ އަންދާޒާ ކުރެވުނު ވަރަށްވުރެ ރަނގަޅު ހާލަތެއްގައި ކަމަށެވެ. އަދި މިކުއާޓާގައި ކުންފުނީގެ ފައިދާ ބޮޑުތަނުން އިތުރުވެފައިވާކަން ފާހަގަކުރައްވަމުން ޓިމް ވިދާޅުވީ ފައިދާ އެހާ ބޮޑުވީ ދައްކަން ޖެހި ނުދައްކާ އޮތް ލޯނަކަށް އެއްފަހަރާ ލިބުނު ފައިސާގެ ސަބަބުން ކަމަށެވެ.

މިއަހަރުގެ ތިންވަނަ ކުއާޓާގައި ބީއެމްއެލްއަށް ވަނީ ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފައެވެ. މިއީ އެވްރެޖްކޮށް ބީއެމްއެލްއަށް ލިބޭ އާމްދަނީއަށްވުރެ ބޮޑު އަދަދަކަށް ވާއިރު، މިއީ މިދިޔަ ކުއާޓާއާ އަޅާބަލާއިރު 108 އިންސައްތަ އިތުރު އަދަދެކެވެ.

ބީއެމްއެލްއިން ދެމުންދާ އޮންލައިން ޚިދުމަތްތަކާ ގުޅޭގޮތުން ޓިމް ވިދާޅުވީ "އަޅުގަނޑުމެންގެ ޚިދުމަތުގެ ފެންވަރާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އެކަށީގެންވާފަދަ ބަދަލުތަކެއް އަންނަމުންދާތަން މިދަނީ ފެންނަމުން. އަޅުގަނޑުމެންގެ އަމާޒަކީ ވެސް އަދި މަސައްކަތް ކުރަމުންދަނީ ވެސް ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް. އަދި މި ލަނޑުދަނޑި ހާސިލްކުރުމަށް" ކަމަށެވެ.

އޮންލައިންކޮށް ބޭއްވުނު ބީއެމްއެލްގެ އާންމު ޖަލްސާގައި ވާހަކަ ދައްކަވަމުން ޓިމް ވިދާޅުވީ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ހެޔޮ ބަދަލު ފެންނަ ކަމަށެވެ. އަދި ޑިޖިޓަލައިޒް ކުރުމަކީ އެކުންފުނިން އަދިވެސް މުހިންމު އިސްކަމެއް ދޭނެ ކަމެއް ކަމަށެވެ.

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ

23 އޯގަސްޓު 2017
އިންވެސްޓްމަންޓް ޕްރޮގްރާމުން ވަކި ވަކި ފަރުދުންނަށް ވަރަށް ފައިދާވެއްޖެ: އެންޑްރޫ
22 އޯގަސްޓު 2017

އަމާނަ ތަކަފުލް އިން ހިއްސާގެ ފައިދާ ބަހަން ނިންމައިފި

22 އޯގަސްޓު 2017
އަމާނަ ތަކަފުލް އިން ހިއްސާގެ ފައިދާ ބަހަން ނިންމައިފި
03 އޯގަސްޓު 2017

އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ

03 އޯގަސްޓު 2017
އެމްޓީސީސީ: ސާފު ފައިދާ ރެކޯޑު އަދަދަށް އިތުރުވެއްޖެ
03 އޯގަސްޓު 2017

ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ

03 އޯގަސްޓު 2017
ދިރާގުގެ ދެވަނަ ކުއާޓަރގައި ސާފު ފައިދާ ދަށްވެއްޖެ
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު