Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމިނިމަމް ވޭޖް

މިނިމަމް ވޭޖާއެކު ރިސޯޓު މުވައްޒަފުންނަށް އުންމީދެއް!

މިނިސްޓްރީން މިހާރު ދަނީ މިނިމަމް ވޭޖް ކަނޑައެޅުމުގެ ކުރިން ހަދަން ޖެހޭ ދިރާސާތައް ކުރަމުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 އޮކްޓޯބަރު 2021 | ހޯމަ 05:37
ފުށިފަރު މޯލްޑިވްސް

ފުށިފަރު މޯލްޑިވްސް

އަބަދުވެސް އަޑުއިވެމުންދާ އެއް ވާހަކައަކީ ރިސޯޓު މުވައްޒަފުންނަށް ވެސް ހައްގުވާ މިންވަރަށް އުޖޫރަ ނުލިބޭ ވާހަކަ އާއި ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މީހާ އާއި ދިވެހި މީހާ ތަފާތު ކުރާ ވާހަކައެވެ. މުސާރައިގެ ގޮތުން ވިޔަސް އަދި ރިސޯޓުން ލިބެން ހުންނަ އެހެނިހެން އިނާޔަތްތަކުގެ ގޮތުން ވިޔަސް ތަފާތުވުން ކުރުން އޮންނަ ވާހަކައަކީ އަބަދުވެސް އެދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޝަކުވާއެކެވެ.

މިސަރުކާރު އައިފަހުން ގިނަ ކަންތައްތަކަކަށް ވައުދުވަމުން ދިޔައެވެ. އެގޮތުން ކޮންމެ ސިނާއަތެއްގައި ވެސް މަސައްކަތް ކުރާ މީހުންނަށް ހައްގު އުޖޫރަ ދިނުމަށް ބާރު އެޅުމުގެ މަސައްކަތް މި ސަރުކާރުން ފެށިއެވެ.

މިމަސައްކަތުގެ ތެރެއިން މިނިމަމް ވޭޖް ނުވަތަ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ސަރުކާރުން ފެށިއެވެ. މަސައްކަތް ލަސްވެގެން އާންމުންގެ ޝަކުވާ މިކަމުގައި ހުރިއިރު މިހާރު އެންމެ ބޮޑަށް އިންތިޒާރު ކުރެވިގެންދާ ދުވަހަކީ މިނިމަމް ވޭޖް ކަނޑައެޅިގެން ދާނެ ދުވަހެކެވެ.

މިނިމަމް ވޭޖް ބޯޑުން މިހާރު އިކޮނޮމިކް މިނިސްޓްރީއަށް ވަނީ ލަފާ އަރުވާއެވެ. މިނިސްޓްރީން މިހާރު ދަނީ މިނިމަމް ވޭޖް ކަނޑައެޅުމުގެ ކުރިން ކުރަން ޖެހޭ ދިރާސާތައް ކުރަމުންނެވެ. މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން މިނިސްޓަރަށް ލަފާ އަރުވާފައިވަނީ އޮކްޓޯބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

މިނިމަމް ވޭޖް ބޯޑުން މިނިސްޓަރަށް އެރުވި ލަފާގައި ވަނީ ޕްރައިވެޓް ސެކްޓަރުގައި، ކުދިފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 24.04 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 5,000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ. ޕްރައިވެޓް ސެކްޓަރުގައި، މެދުފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ ނިސްބަތުން، މަހެއްގެ މައްޗަށް 7،000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށެވެ.

ޕްރައިވެޓް ސެކްޓަރުގައި، ކުދި އަދި މެދުފަންތީގައި ނުހިމެނޭ ވިޔަފާރިތަކަށް، ގަޑިއިރަކަށް 42.79 ރުފިޔާގެ ނިސްބަތުން، 8،900 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމުގެ އިތުރުން ޕަބްލިކް ސެކްޓަރުގައި، 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކަށް 7,000 ރުފިޔާ، ނުވަތަ 6 ގަޑިއިރަށްވުރެ މަދުން މަސައްކަތްކުރާ ފަރާތްތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާ ދިނުމަށް ވަނީ ލަފާދީފައެވެ.

މި ލަފާތަކާއެކު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ދިވެހިންގެ އުންމީދު އައު ވެގެން ހިނގައްޖެއެވެ. އަނބިދަރިންނާއި ދުރުގައި އެތައް ދުވަހެއް ވަޒީފާގެ މާހައުލުގައި ހޭދަކުރަނީ އާއިލާއަށް ރަނގަޅު މުސްތަގްބަލެއް ހޯދައި ދިނުމުގެ މަގްސަދުގައެވެ. ބައެއް ރިސޯޓު މުވައްޒަފުން ބުނީ މިހާރު ބޯޑުން އަރުވާފައިވާ ލަފަޔާ އެއްގޮތަށް މިނިމަމް ވޭޖް ކަނޑައެޅިގެން ހިނގައްޖެނަމަ މިކަމުން ރިސޯޓު މުވައްޒަފުންނަށް ވަރަށް ފައިދާވާނެ ކަމަށެވެ. އަދި މިހާރު ލަފާ އަރުވާފައިވާ އަދަދަކީ އެންމެ ރަނގަޅު އަދަދު ކަމަށް ވެސް ބައެއް މުވައްޒަފުން ދެކެއެވެ.

ދެން އޮތީ މިނިމަމްވޭޖް ކަނޑައެޅިގެން ދިޔުމުން، ރިސޯޓުތަކުން އެއަށް އަމަލުކުރޭތޯ ބެލުމެވެ. އެއަށް އަމަލު ނުކުރާނަމަ އަދަބުތަކެއް ވެސް އަންނާނެއެވެ. އެއަށް އަމަލު ނުކުރާނަމަ އެކަށީގެންވާ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށް މިނިމަމް ވޭޖް ބޯޑުން ވަނީ ބުނެފައެވެ. ވަޒީފާއާ ބެހޭ ގާނޫނުގެ 59.3 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ވަޒީފާދޭ ފަރާތަކަށް މައުލޫމާތު ދިނުމަށް ބޯޑުން ނުވަތަ މިނިސްޓްރީން އަންގާ އެންގުމަކާ ޚިލާފުވެއްޖެނަމަ އެ މީހެއް 50،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ބޯޑަށް އަދި މިނިސްޓްރީއަށް ވެސް ލިބިގެންވެއެވެ.

ގާނޫނު ބުނާގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުގައި އެންމެ ކުޑަމިނުން ދޭންޖެހޭ އުޖޫރަ ގާނޫނުގައި ބުނާ ގޮތުގެ މަތިން މިނިސްޓަރު ކަނޑައަޅަންޖެހޭނެއެވެ. މިކަމާ ގުޅިގެން މިނިސްޓަރު ކުރާ ފުރަތަމަ އަމުރަށް 2021 ވަނަ އަހަރު ނިމުމުގެ ކުރިން ވަޒީފާދޭ ފަރާތްތަކުން އަމަލުކުރަންވާނެ ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި ވަނީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން 9 ސިނާއަތަކަށް އެންމެ ކުޑަ މުސާރަ ނުވަތަ މިނިމަމް ވޭޖް ކަނޑަޅުން ލާޒިމުވާނެ ގޮތަށެވެ.

މިނިމަމް ވޭޖާއެކު ރިސޯޓު މުވައްޒަފުންގެ އުންމީދު އައު ވެފައިވާއިރު މިނިމަމް ވޭޖް ކަނޑއަޅުއްވާނީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ޚިޔާލާއެކު ކަމަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ.

މިހާރު އެންމެން ވެސް އިންތިޒާރު ކުރަމުންދަނީ މިނިމަމް ވޭޖް ކަނޑައެޅި، އެކި ސިނާއަތްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދިރިއުޅުން ރަނގަޅުވެގެން ދިޔުމަށެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2020

ރައީސްގެ ފޮޓޯއިން ފެންނަނީ ދެއްކުންތެރި ކަން؟ މިނިމަމް ވޭޖަކީ ޖޯކެއް ނޫން!

11 ޖެނުއަރީ 2020
ރައީސްގެ ފޮޓޯއިން ފެންނަނީ ދެއްކުންތެރި ކަން؟ މިނިމަމް ވޭޖަކީ ޖޯކެއް ނޫން!
26 ޑިސެމްބަރު 2019

ރިސޯޓު މުވައްޒަފުންނަށް ލިބެނީ ޙައްޤު މިންވަރުކަމަށް ޤަބޫލުކުރާނަމަ ލަދުވެތި!

26 ޑިސެމްބަރު 2019
ރިސޯޓު މުވައްޒަފުންނަށް ލިބެނީ ޙައްޤު މިންވަރުކަމަށް ޤަބޫލުކުރާނަމަ ލަދުވެތި!
07 ޑިސެމްބަރު 2019

މި ދައުރަށް ކަނޑައެޅި މަސައްކަތުގެ ތެރެއިން ނުނިމެނީ މިނިމަމް ވޭޖްގެ ބިލު އެކަނި

07 ޑިސެމްބަރު 2019
މި ދައުރަށް ކަނޑައެޅި މަސައްކަތުގެ ތެރެއިން ނުނިމެނީ މިނިމަމް ވޭޖްގެ ބިލު އެކަނި
06 އޮކްޓޯބަރު 2019

މިނިމަމް ވޭޖަކީ ފުރިހަމަ ހައްލެއް ކަމަށް ދެކުމަކީ ހުރާފާތެއް

06 އޮކްޓޯބަރު 2019
މިނިމަމް ވޭޖަކީ ފުރިހަމަ ހައްލެއް ކަމަށް ދެކުމަކީ ހުރާފާތެއް
25 އޯގަސްޓު 2019

ދިވެހިރާއްޖެ – "މިނިމަމް ވޭޖު"ގެ އާ ޒަމާނެއްގެ ތެރެއަށް

25 އޯގަސްޓު 2019
ދިވެހިރާއްޖެ – "މިނިމަމް ވޭޖު"ގެ އާ ޒަމާނެއްގެ ތެރެއަށް
30 ޖުލައި 2019

މަހުޖަނުންގެ ކުރިމަތީގައި ނަޝީދު ދިފާއު ކުރެއްވީ ރިސޯޓު މުވައްޒަފުން!

30 ޖުލައި 2019
މަހުޖަނުންގެ ކުރިމަތީގައި ނަޝީދު ދިފާއު ކުރެއްވީ ރިސޯޓު މުވައްޒަފުން!
28 ޖެނުއަރީ 2019

ވެޓެރިނަރީ ސެންޓަރު: ޖަނަވާރުތަކަށް ލޯބިކުރާ ފަރާތްތަކަށް އާ އުންމީދެއް!

28 ޖެނުއަރީ 2019
ވެޓެރިނަރީ ސެންޓަރު: ޖަނަވާރުތަކަށް ލޯބިކުރާ ފަރާތްތަކަށް އާ އުންމީދެއް!
17 ޖުލައި 2018

ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން: އެހެން ރަށަކަށް ވޯޓުލާންދާނަމަ، މަސައްކަތަށް ބުރޫ އަރާނެ

17 ޖުލައި 2018
ރިސޯޓު މުވައްޒަފުންގެ ކަންބޮޑުވުން: އެހެން ރަށަކަށް ވޯޓުލާންދާނަމަ، މަސައްކަތަށް ބުރޫ އަރާނެ
09 މާރިޗު 2018

އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !

09 މާރިޗު 2018
އއ. ރަސްދޫ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރުދިނީ އަމަލާ ބަހުން !
31 ޖުލައި 2017

ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟

31 ޖުލައި 2017
ވެނެޒުއޭލާގައި ބޭއްވުނު ގާނޫނު އަސާސީ އެކުލަވާލާ މަޖިލިސް އިންތިޚާބުން ގައުމަށް އުންމީދެއް އެބައޮތްތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު