Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ބާސާ ބަލިކޮށް ރެއާލް އެއްވަނައަށް

ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލީ 20 ޕޮއިންޓާއެކު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2021 | އާދީއްތަ 17:51
ބާސާ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ބާސާ އާއި ރެއާލް ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު އެލް ކްލަސިކޯ މެޗުން ބާސެލޯނާ ބަލިކޮށް ތާވަލުގެ އެއްވަނައަށް ރެއާލް މެޑްރިޑް ޖެހިލައިފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުން ރެއާލް މޮޅުވިއިރު، އެންމެ ފަހުން ކުޅުނު އެލް ކްލަސިކޯގެ ތިން މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. އަދި މި ފަހަރުގެ ކްލަސިކޯ މެޗަކީ 2004 ވަނަ އަހަރުގެ ފަހުން އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ އާއި ސްޕެއިނުގެ ތަޖުރބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ނެތި ކުޅުނު ފުރަތަމަ ކްލަސިކޯ މެޗެވެ.

އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ ލީޑު ނަގާފައެވެ. ކައުންޓަ އެޓޭކެއްގައި ރޮޑްރީގޯ ދިން ޕާހަކުން މެޗުގެ 32 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޑޭވިޑް އަލަބާއެވެ. މިއީ މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާއެއްގައި ބަޔާން މިއުނިކް ދޫކޮށް ރެއާލަށް ބަދަލުވި ފަހުން އަލަބާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

އޭގެ ފަހުން މި މެޗުގައި ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، ރެއާލުން ލީޑު ފުޅާކޮށްފައިވަނީ މެޗުުގެ އިތުރު ވަގުތުގައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް ވަޒްކުއޭޒެވެ.

އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން ބާސާއިން ވަނީ މި މެޗުގައި ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. ސާޖީނިއޯ ޑެސްޓް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ސާޖިއޯ އަގުއޭރޯއެވެ. މިއީ މި އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ހިލޭ ޓްރާންސްފާއެއްގައި މެންޗެސްޓާ ސިޓީ ދޫކޮށް ބާސާއަށް ބަދަލުވި ފަހުން އަގުއޭރޯ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައަށް ރެއާލް ޖެހިލިއިރު، އެ ޓީމާއި ދެވަނައިގައި އޮތް ސެވިއްޔާ އަދި ތިންވަނައިގައި އޮތް ރެއާލް ސޮސިއެޑާޑަށް ވަނީ ކުޅުނު ނުވަ މެޗުން 20 ޕޮއިންޓް ލިބިފައެވެ. ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ސެވިއްޔާ ވަނީ އަމިއްލަ ދަނޑުގައި ކުޅެ ލެވާންޓޭ އަތުން 5-3 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ރެއާލް އަތުން ބަލިވި ބާސާ އޮތީ ތާވަލުގެ ނުވަވަނައިގައި ނުވަ މެޗުން 15 ޕޮއިންޓާއެކުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު