Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނީ ޕްރެޒިޑެންޓްސް ކަޕުން

24 އޮކްޓޯބަރު 2021 | އާދީއްތަ 11:24

މުބާރާތް ކުރިއަށްދާނީ ޑިސެމްބަރު 15 އިން ޖެނުއަރީ 19 އަށް

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 އޮކްޓޯބަރު 2021 | އާދީއްތަ 11:24
2017 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓް ޓީމު

2017 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕުގެ ޗެމްޕިއަންކަން ހޯދި ނިއު ރޭޑިއަންޓް ޓީމު

ކުރިއަށް އޮތް ރާއްޖޭގެ ފުޓްބޯޅަ ސީޒަން ޕްރެޒިޑެންޓްސް ކަޕުން ފަށާ ގޮތަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

އާންމު ގޮތެއްގައި ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށަނީ ޗެރިޓީ ޝީލްޑް މެޗުންނެވެ. އަދި ޕްރެޒިޑެންޓްސް ކަޕަކީ ސީޒަން ނިންމަން ކުޅޭ މުބާރާތެކެވެ. އެކަމަކު އެފްއޭއެމުން އާދީއްތަ ދުވަހު ނެރުނު ކަލަންޑަރުގައިވާ ގޮތުން ސީޒަން ހުޅުވުމަށް ކުޅޭ ޕްރެޒިޑެންޓްސް ކަޕް އޮންނާނީ މި އަހަރުގެ ޑިސެމްބަރު މަހުއެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕް ލީގު ފޯމެޓަށް ކުޅުމަށް ނިންމާފައިވާއިރު، މުބާރާތް ކުރިއަށްދާނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އެއަށްފަހު ޗެރިޓީ ޝީލްޑް މެޗު ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހެވެ. 

މި އަހަރު ޕްރެޒިޑެންޓްސް ކަޕް ބާއްވާއިރު، މި މުބާރާތް އެންމެ ފަހުން ބާއްވާފައިވަނީ 2017 ވަނަ އަހަރެވެ. އޭގެ ފަހުން ފާއިތުވި ތިން ސީޒަނުގައިވެސް އެކި ސަބަބުތަކާ ހުރެ ޕްރެޒިޑެންޓްސް ކަޕް ބާއްވާފައެއް ނުވެއެވެ. އެގޮތުން 2019-2020 ވަނަ އަހަރުގެ ސީޒަނުގައިވެސް ޕްރެޒިޑެންޓްސް ކަޕް ބާއްވަން ތާވަލުކުރިއިރު، އެ ފަހަރު މުބާރާތް ކެންސަލް ކުރަން ޖެހުނީ ކޮވިޑް-19 އާ ގުޅިގެންނެވެ. އަދި އެފްއޭ ކަޕުގެ މެދުތެރެއިން އެ ފަހަރުގެ މުބާރާތް ކެންސަލް ކުރިއިރު، މިދިޔަ ސީޒަނުގައިވެސް ކޮވިޑާ ގުޅިގެން ޕްރެޒިޑެންޓްސް ކަޕާއި އެފްއޭ ކަޕް ބާއްވާފައެއް ނުވެއެވެ.

ހަތަރު ވަރަކަށް އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕް މި އަހަރު ބާއްވާއިރު، މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ރާއްޖޭގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބެވެ. އެގޮތުން 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހު ކުޅުނު އެ މުބާރާތުގެ ޗެމްޕިއަންކަން ނިއު ރޭޑިއަންޓުން ހޯދާފައިވަނީ ފައިނަލް މެޗުގައި ޓީސީ ސްޕޯޓްސް ކުލަބު ބަލިކުރުމަށްފަހުއެވެ.

މީގެ އިތުރުން އާދީއްތަ ދުވަހު ނެރުނު ކަލަންޑަރުގައިވާ ގޮތުން މި ސީޒަނުގެ އެފްއޭ ކަޕް ކުޅުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ޖޫން މަހާއި އޮގަސްޓް މަހުގައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

އިތުރަށް ކިޔާލަން

16 ފެބުރުއަރީ 2017

ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި

16 ފެބުރުއަރީ 2017
ވެލެންސިއާ ބަލިކޮށް ސީޒަން ހުޅުވާ ޗެރިޓީ މެޗު މާޒިޔާ ކާމިޔާބުކޮށް ޝިލްޑް އުފުލާލައިފި
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް