Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުޙައްމަދު ގާސިމް ޕްރީސްކޫލް

މުހައްމަދު ގާސިމް ޕްރީސްކޫލަކީ ޚާއްސަ ސްކޫލެއް: އެޑިއުކޭޝަން މިނިސްޓަރ

މި ސްކޫލަކީ ދެގޮތަކަށް ވަރަށް ޚާއްސަ ސްކޫލެއް

އަމްނާ އިމާދު
އަމްނާ އިމާދު | 24 އޮކްޓޯބަރު 2021 | އާދީއްތަ 11:25
މުޙާއްމަދު ޣަސިމް ޕްރީސްކޫލް ހުޅުވުމަށް ނައިބުރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެސްކޫލަށް ވަޑައިގަންނަވަނީ،

މުޙާއްމަދު ޣަސިމް ޕްރީސްކޫލް ހުޅުވުމަށް ނައިބުރައީސް ފައިސަލް ނަސީމާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އެސްކޫލަށް ވަޑައިގަންނަވަނީ،

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ މުހައްމަދު ގާސިމް ޕްރީސްކޫލަކީ ޚާއްސަ ސްކޫލެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެ ހެނދުނު މުހައްމަދު ގާސިމް ޕްރީސްކޫލް ހުޅުވުމަށް އެ ސްކޫލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ.އައިޝަތު ވިދާޅުވީ މިއީ ތައުލީމީ ދާއިރާއަށް އެޅުނު އިތުރު ބިންގަލަކާއި، ލިބުނު ކުރިއެރުމެއް ކަމަށެވެ.

މުހައްމަދު ގާސިމް ޕްރީސްކޫލަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ އެސްކޫލަކީ ދެގޮތަކުން ވަރަށް ޚާއްސަ ސްކޫލެއް ކަމަށެވެ. އަދި މުހައްމަދު ގާސިމް ޕްރީސްކޫލަކީ ހަމައެކަނި ތުއްތު ކުދިންގެ އުމުރުފުރައަށް ޚާއްސަކޮށްގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ހިންގަން ފަށާ ފުރަތަމަ ސްކޫލް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސްކޫލެއް ހުޅުވިގެން ދިއުމަކީ ތާރީޚީ ޚާއްސަ ކަމެއް ކަމަށެވެ. ސްކޫލުތަކަކީ ޒަމާންތަކަކަށް ދެމިގެންދާނެ ތަނެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މުހައްމަދު ގާސިމް ޕްރީސްކޫލުގެ ހިޔާވަހިކަމުގެ ދަށުން އެތައް ހާހުން ދަރިވަރުން ތައުލީމް ހާސިލް ކުރާނެ ކަމަށާއި، ގައުމަށް ޚިދުމަތް ކުރާނެ ގިނަ ޒުވާނުންތަކެއް ނުކުންނާނެ ކަމަށެވެ.

ހުޅުމާލޭގައި އަމިއްލަ ފަރާތަކުން އިމާރާތްކޮށްފައިވާ މުހައްމަދު ގާސިމް ޕްރީސްކޫލް ހުޅުއްވައިދެއްވީ އާދީއްތަދުވަހުގެ ހެނދުނު ނާއިބުރައީސް ފައިސަލް ނަސީމެވެ.

ނާއިބްރައީސް ވަނީ އަލީ ފިރާގު އޭނާގެ ބައްޕަ އަލްމަރްޙޫމް މުހައްމަދު ގާސިމުގެ ހަނދާނުގައި އިމާރާތްކޮށް ސަރުކާރަށް ހަދިޔާކޮށްފައިވާ 10 ކްލާސްރޫމާއި، ހޯލު އަދި އިދާރީ ހިންގުމަށް ބޭނުންވާ ކޮޓަރިތައް ހިމަނައިގެން ބިނާކޮށްފައިވާ ސްކޫލަށްޓަކައި އެ އާއިލާއަށް ޝުކުރުއަދާކުރައްވައިފައެވެ.

އިތުރަށް ކިޔާލަން

20 މާރިޗު 2017

މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް

20 މާރިޗު 2017
މެމްބަރުން އެނބުރި ވަޑައިގެންފި ނަމަ ގައުމުގެ ހުރިހާ ކަމެއް އެއްފަހަރާ ހަމަޖެހޭނެ: ގާސިމް
02 މާރިޗު 2017

ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ

02 މާރިޗު 2017
ޕީޕީއެމްއިން ކައުންސިލް އިންތިޚާބަށް ރީރެޖިސްޓަރ ކުރުމުގެ ޚާއްސަ ހަރަކާތެއް ބާއްވަނީ
28 ފެބުރުއަރީ 2017

ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި

28 ފެބުރުއަރީ 2017
ހަމުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް މޯލްޑިކެއަރގައި
20 ފެބުރުއަރީ 2017

ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ

20 ފެބުރުއަރީ 2017
ޖެނީވާ ސަމިޓްގައި ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވަނީ
16 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި

16 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވަރސިޓީ އޮފް ލަންޑަންގައި ރައީސް މުހައްމަދު ނަޝީދު ތަގްރީރު ކުރައްވައިފި
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
30 ޖެނުއަރީ 2017

ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން

30 ޖެނުއަރީ 2017
ސަރުކާރު އެއްވެސް ސްކޫލެއްގެ ޓީޗަރަކަށް މޫނު ބުރުގާ އަޅައިގެން ސްކޫލަކަށް ނުދެވޭނެ: އެޑިއުކޭޝަން
27 ޖެނުއަރީ 2017

ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު

27 ޖެނުއަރީ 2017
ރާއްޖެޓީވީގެ އަހަރު ޝަހުސިއްޔަތަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު