Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަމްއިއްޔާތަކުގެ މަހާސިންތާ

އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަމްއިއްޔާތަކުގެ މަހާސިންތާއަށް ފުރިހަމައަށް ތައްޔާރު!

ގާތްގަނޑަކަށް 70 މީހުން ބައިވެރިވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 23 އޮކްޓޯބަރު 2021 | ހޮނިހިރު 10:25
ހއ.އިހަވަންދޫ

ހއ.އިހަވަންދޫ

ހއ. އިހަވަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖަމްއިއްޔާތަކުގެ މަހާސިންތާއާއި ހަށިހެޔޮ ދުޅަހެޔޮ ސެޝަނަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް އެރަށުގެ ކައުންސިލުން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ރަށުގެ ކައުންސިލްގެ ރައީސް އަހުމަދު ސަބާހު ވިދާޅުވީ ހއ، ހދ އަދި ށ އަތޮޅުގެ މަދަނީ ޖަމްއިއްޔާތަކުގެ މަހާސިންތާއަށް މިހާރު ފުރިހަމައަށް ތައްޔާރުކޮށްފައިވާ ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހުގެ ހެނދުނު 6:00ގައި ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމް ފެށޭނެ ކަމަށާއި، އާދިއްތަ ދުވަހުގެ ރޭ 8:00 ގައި މަހާސިންތާ ފެށިގެންދާނެ ކަމަށެވެ. އަދި ހަށިހެޔޮ ދުޅަހެޔޮ ޕްރޮގްރާމަކީ ކަސްރަތުގެ ޚާއްސަ ހަރަކާތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިމަހުގެ 24ން 27ށް ކުރިއަށް ގެންދާ މި ޕްރޮގްރާމްތަކުގައި ގާތްގަނޑަކަށް 70 މީހުން ބައިވެރިވާނެ ކަމަށް ސަބާހު ވިދާޅުވިއެވެ.

މީގެ އިތުރުން ސަބާހު ވިދާޅުވީ ޖަމްއިއްޔާތަކުގެ މަހާސިންތާގެ މަގުސަދަކީ މަދަނީ ޖަމްއިއްޔާތައް ހިންގުމުގައި ހުރި ދަތިތަކާއި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައެއް ބިނާކޮށް ފަހި ވެއްޓެއް ގާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ގައުމީ ތަރައްގީއާއި، ހެޔޮވެރިކަން އަދި އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމުގައި ޖަމްއިއްޔާތަކުގެ ދައުރާއި ގުޅޭގޮތުން ހޭލުންތެރިކުރުން ކަމަށެވެ.

ސަބާހު ވިދާޅުވީ މަދަނީ ޖަމްއިއްޔާތައް އިތުރަށް ބާރުވެރިކުރުވަން ޖެހޭ ކަމަށާއި، މި މަހާސިންތާއި އެކަމަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އިހަވަންދޫގައި މިހަރަކާތްތައް ކުރިއަށް ގެންދަނީ ޔޫތު މިނިސްޓްރީއާ ގުޅިގެންނެވެ.

އިތުރަށް ކިޔާލަން

27 އޯގަސްޓު 2017

މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައަޅައި، ބައި-އިލެކްޝަން ބޭއްވުމަށް ނިންމައިފި

27 އޯގަސްޓު 2017
މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އީސީން ކަނޑައަޅައި، ބައި-އިލެކްޝަން ބޭއްވުމަށް ނިންމައިފި
14 އޯގަސްޓު 2017

އިދިކޮޅު ފަރާތްތަކުގެ ޖަލްސާ ބޭއްވުމަށް ކުނޫޒް ހުންނަ މަގު ބަންދު ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ

14 އޯގަސްޓު 2017
އިދިކޮޅު ފަރާތްތަކުގެ ޖަލްސާ ބޭއްވުމަށް ކުނޫޒް ހުންނަ މަގު ބަންދު ކޮށްދިނުމަށް އެމްޑީޕީން އެދިއްޖެ
28 ޖުލައި 2017

ވިސާރަވުމުގެ ސަބަބުން މިއަދު ބޭއްވުމަށް ހަމަޖެއްސި ޝަރަފުގެ ހިނގާލުން ކެންސަލް ކޮށްފި

28 ޖުލައި 2017
ވިސާރަވުމުގެ ސަބަބުން މިއަދު ބޭއްވުމަށް ހަމަޖެއްސި ޝަރަފުގެ ހިނގާލުން ކެންސަލް ކޮށްފި
19 ޖޫން 2017

ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ރިޔާޒު ގޮވާލައްވައިފި

19 ޖޫން 2017
ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ރިޔާޒު ގޮވާލައްވައިފި
17 ޖޫން 2017

އިހަވަންދޫގައި މަރާލި އިސްމާއިލް ވަޅުލައިފި

17 ޖޫން 2017
އިހަވަންދޫގައި މަރާލި އިސްމާއިލް ވަޅުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު