Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރިޕޯޓް

"ކަމެއް އިސްލާހު ކުރަންވެފައި އޮތިއްޔާ، އެކަމެއް ހިއްސާކޮށްދެއްވާ، ރަނގަޅުކޮށްދޭނަން"

23 އޮކްޓޯބަރު 2021 | ހޮނިހިރު 08:20

ސަރުކާރުގެ ކަންކަމުގެ ޝަކުވާތައް ހުށަހެޅުމަށް އެދިވަޑައިގެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 އޮކްޓޯބަރު 2021 | ހޮނިހިރު 08:20
ރައީސުލްޖުމްހޫރިއްޔަ އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓުގެ ބައެއް ވަޒީރުންނާއެކު

ރައީސުލްޖުމްހޫރިއްޔަ އިބްރާހިމް މުހައްމަދު ސޯލިހާއި ކެބިނެޓުގެ ބައެއް ވަޒީރުންނާއެކު

ވެރިކަން ކުރުމުގެ ތެރޭގައި ޖާހަތު ބޮޑުވެ ބައެއް ފަހަރު ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ހަނދާނެއް ނުހުރެއެވެ. ވެރިކަމަކީ ދެވި ހިފައި ބޮޑާކަމާއި ކިބުވެރިކަމުގެ ތެރެއަށް މީހާ ވައްޓާލާއެއްޗެއް ކަމަށް މީހުން ބުނެއުޅެއެވެ. ނަމަވެސް ޒަމާންތައް ވޭތުވެ އެކަން މިހާރު ބަދަލުވެއްޖެއެވެ.

ރައްޔިތުން އިންތިޚާބު ކުރާ މީހަކީ ރައްޔިތުންގެ ހާދިމެކެވެ. ވެރިކަމަށް އަންނަނީ ރައްޔިތުންގެ ޖާހަތު ފުރިހަމަ ކުރުމަށެވެ. ރައްޔިތުންގެ ވެރިކަމެއް ކުރެވޭނީ ރައްޔިތުން ބުނާ ގޮތަށް ހަދައިގެންނެވެ. ނޫނީ އެމީހެއްގެ ސިޔާސީ ތަރި ެޮއޮއްސިދާނެއެވެ. މިއީ މާޒީގައި ވެސް ފެންނަން ހުރި ކަންކަމެވެ.

މިހާރު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ހުންނެވި ގައުމުގެ ރައީސަކީ ނަމޫނާއެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިއީ ރައްޔިތުން ދައްކާ ވާހަކައެވެ. ރައްޔިތުންނަށްޓަކައި ވެރިކަން ކުރައްވާ މި ދީބަށް މިސާލެއްގެ ގޮތުގައި ރައްޔިތު މީހާ ސިފަކުރެއެވެ.

ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އއ. ހިމަންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅަށް އަލިއަޅުއްވާލާނަމެވެ. އެމަނިކުފާނު ވިދާޅުވީ ދަތުރުފުޅުގައި ކޮންމެ ރަށެއްގައިވެސް އިތުރަށް ކުރަންޖެހޭ ކަންތައްތައް އެބަހުރި ކަމަށެވެ. ދަތުރުފުޅުތަކުގެ ބޭނުމަކީ، ރައްޔިތުންގެ ފަރާތުން އެ ކަންތައްތައް އޮޅުންފިލުވުން ކަމަށެވެ.

ރައީސް ވިދާޅުވީ އެއްވެސް ކަމެއްގައި އަދި ސަރުކާރުގެ ތެރޭގައި ކުރަން ފަށާފައި ހުރި ކަމެއްގައި، ރައްޔިތުން ބޭނުން ނުވާގޮތަށް، މުޅި ސަރުކާރުގެ ތެރޭގައިވެސް ކަމެއް އިސްލާހު ކުރަންވެފައި އޮތް ކަމަށްވާނަމަ، އެކަމެއް ހިއްސާކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމުގައެވެ. އެމަނިކުފާނު ވިދާޅުވީ މިތިބީ ރައްޔިތުންނަށް ޚިދުމަތް ކުރަން އައިސް ކަމަށެވެ. އަދި ވަކި ކުލައެއް، ވަކި ރަށެއް، ވަކި ފިކުރެއްނެތި، ސަރުކާރުން އެ ކަންތައްތައް ކޮށްދެމުން ގެންދާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އަހަރެއް ނިމި، އެހެން އަހަރަކަށް ކުރިމަތިލާއިރުގައި ސަރުކާރުން ކުރަންހުރި ކަންތައް ނިންމަން ޖެހޭ ކަމަށެވެ. އަދި ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރަންހުރި ކަންތައްތައް އިސްކޮށް ތަރުތީބު ކުރަން ޖެހޭ ކަމަށެވެ. މިއީ އިގްތިސާދީ ފުން ވަޅުގަނޑެއްގައި ރާއްޖެއޮތް އިރު ވެސް އެމަނިކުފާނު ރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސަވަން ކުރައްވާ މަސައްކަތެވެ.

ރައީސް ސާލިހު ވިދާޅުވީ އަންނަ އަހަރުގެ އަމާޒަކީ، މިހާރު ފަށާފައި ހުރި މަސައްކަތްތައް ނިންމުމަށް މިސްރާބު ހިފުން ކަމަށެވެ. ރިޔާސީ އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވެފައި ހުރި ވައުދުތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ މަސައްކަތް، އެކި ސްޓޭޖްތަކުގައި ފެށިފައި އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، މިކުރިމަތިވި ދަތި އުނދަގުލުގައި މިހިސާބަށް އާދެވިފައި ތިބުމަކީ، ސަރުކާރު ހިންގަން ތިއްބެވި ބޭފުޅުން ކުރެއްވި ބުރަ މަސައްކަތް ކަމަށް ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓާއެކު މިހާރު ފެށިފައި ހުރި މަޝްރޫއުތައް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށާއި، ތަރައްގީގެ ވަރަށްގިނަ މަޝްރޫއުތަކެއް ނިމިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ. 

މިއީ ރަށްރަށުގައި ތަރައްގީގެ ސަފުން ބާކީވެފައި ތިބި ރައްޔިތުންނަށް އެމަނިކުފާނު ދެއްވި އުއްމީދެކެވެ. ފާއިތުވި ދުވަސްތަކުގައި ވެސް މިފަދަ އެތައް ކަމެއް ވަނީ ކޮށްނިމިފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖުލައި 2017

މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!

26 ޖުލައި 2017
މިނިވަންދުވަސް: ހިޔާލުފާޅުކުރުން ބިރުވެރިކަމެއްގެ ތެރޭގައި!
20 ޖުލައި 2017

ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!

20 ޖުލައި 2017
ހުރިހާ ކަމެއް ކޯޓުން: ވަރަށް ސަޅި، އަދި މިހާރު މާބޮޑަށް ސަޅި!
17 ޖުލައި 2017

42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!

17 ޖުލައި 2017
42 އަކުން ފެށިއްޖެކަމެއް ކާމިޔާބުވާނެ، ތާރީހު ހެކިދޭ..!
24 ޖޫން 2017

ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!

24 ޖޫން 2017
ނަޒާހަތްތެރިކަމެއް އޭސީސީއަކު ނެތް!
05 ޖޫން 2017

ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟

05 ޖޫން 2017
ގަތަރާ މެދު ކުއްލިއަކަށް މި އުފެދުނީ ކޮން ރުޅިވެރިކަމެއް؟
15 އެޕްރީލު 2017

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!

15 އެޕްރީލު 2017
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް: އިސްލާހުވާން އެދޭނަމަ ފުރުސަތު ނަގާނުލާ!
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
19 މާރިޗު 2017

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް
11 މާރިޗު 2017

މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!

11 މާރިޗު 2017
މައުމޫނަށް ރައްކާތެރިކަން ހޯދައިދިނުމަށް ޤާނޫނުހެދި ވެރިން މިއަދު މި ކުރަނީ ކޮންކަމެއް!
23 ޖެނުއަރީ 2017

އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!

23 ޖެނުއަރީ 2017
އީއައިއޭ ހަދަން ނުޖެހުން، ތިމާވެއްޓާ މިނިސްޓްރީ އުވާލުންފަދަ ކަމެއް؟!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް