Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

1 މިލިއަން ފަތުރުވެރިން ގެނަމުގެ އަމާޒު: ނުވަ ލައްކަ ފަސްދޮޅަސް ހާހަށްވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

22 އޮކްޓޯބަރު 2021 | ހުކުރު 17:15

މިމަހުގެ 1ން 21ށް 91،628 ފަތުރުވެރިން އައިސްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 22 އޮކްޓޯބަރު 2021 | ހުކުރު 17:15
ރާއްޖެ އައި ފަތުރުވެރިންތަކެއް

ރާއްޖެ އައި ފަތުރުވެރިންތަކެއް

މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 960،000 އިން މައްޗަށް އަރައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިހިނގާ އޮކްޓޯބަރު މަހުގެ 1ން 21ށް 91،628 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައެވެ. މިމަހު ދުވާލެއްގެ މައްޗަށް 4،363 ފަތުރުވެރިން އައިސްފައިވާ ކަމަށް ވަނީ ރެކޯޑުކުރެވިފައެވެ.

މިއާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 962،490 އަށް އަރާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ އިންޑިއާ މާކެޓުންނެވެ. އިންޑިއާ މާކެޓުން 22.8 އިންސައްތަ ހިއްސާކުރާއިރު އެ މާކެޓުން އައި ފަތުރުވެރިންގެ އަދަދު 219،381 އަށް އަރައެވެ. ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރަޝިއާ މާކެޓުންނެވެ. އެއީ 18.8 އިންސައްތައާއެކު 180،517 ފަތުރުވެރިންނެވެ. ތިންވަނައިގައި 6.7 އިންސައްތަ ހިއްސާއާއެކު ހިމެނެނީ ޖަރުމަނު މާކެޓެވެ. އެ މާކެޓުން 64،200 ފަތުރުވެރިން އައިސްފައިވެއެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ އޮގަސްޓު މަހުއެވެ. އެއީ 143،599 ފަތުރުވެރިންނެވެ. އަދި ސެޕްޓެމްބަރު މަހު 114،896 ފަތުރުވެރިން އައިސްފައިވާކަމަށް ވަނީ ރެކޯޑުކޮށްފައެވެ. ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ މާޗް މަހުއެވެ. އެއީ 109،585 ފަތުރުވެރިންނެވެ.

ރާއްޖޭގައި މިވަގުތު ހުރި 1،107 ޓުއަރިސްޓް އެކޮމޮޑޭޝަން ފެސިލިޓީތަކުގެ ތެރެއިން މިވަގުތު ޚިދުމަތް ދެމުންދަނީ 893 ތަނަކުން ކަމަށް ޓުއަރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އަދި 55،921 ބެޑް ކެޕޭސިޓީ ހުރިއިރު 51،276 އެނދު ޚިދުމަތަށް ހުޅުވާލާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ. މީގެތެރޭގައި ހިމެނެނީ 157 ރިސޯޓަކުން 36،974 އެނދާއި، 592 ހޮޓާ އަދި ގެސްޓްހައުސްއިން 11،456 އެނދުގެ އިތުރުން 144 ސަފާރީއަކުން 2،846 އެނދެވެ.

ރާއްޖެއިން ވަނީ ކޮވިޑް-19ގެ ހާލަތުގައިވެސް ރައްކާތެރިކަމާއެކު ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލާފައެވެ. އަދި ރާއްޖެއިން ވަނީ މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްއިން އިންޑިއަން އޯޝަން ކެޓެގަރީން 4 އެވޯޑެއް ހާސިލްކޮށްފައެވެ. އެއީ އިންޑިއަން އޯޝަން ލީޑިންގ ޑެސްޓިނޭޝަން އެވޯޑް، އިންޑިއަން އޯޝަން ލީޑިންގ ބީޗް ޑެސްޓިނޭޝަން އެވޯޑް، އިންޑިއަން އޯޝަން ލީޑިންގ ޑައިވް ޑެސްޓިނޭޝަން އެވޯޑް އަދި އިންޑިއަން އޯޝަން ލީޑިން ޓުއަރިސްޓް ބޯޑް އެވޯޑެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގައި ރާއްޖެއިން ކުރިއެރުންތައް ހޯދަމުން އަންނައިރު، މިއަހަރު ނިމުމުގެ ކުރިން 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމީ ސަރުކާރުގެ އަމާޒެކެވެ. މިއަހަރު ނިމުމުގެ ކުރިން މި އަމާޒަށް ވާސިލްވާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެފައިވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

18 ފެބުރުއަރީ 2017

އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް

18 ފެބުރުއަރީ 2017
އިނގިރޭސި ވިލާތުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް
09 ފެބުރުއަރީ 2017

ޖުމްލަ 3.4 މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް

09 ފެބުރުއަރީ 2017
ޖުމްލަ 3.4  މިލިއަން ޑޮލަރު ގަތުމަށް ބުކިންގ ހަދާފައިވޭ: ބީއެމްއެލް
31 ޖެނުއަރީ 2017

މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި

31 ޖެނުއަރީ 2017
މުޖުތަމައުއަށް އަމާޒުކޮށްފައިވާ "އަހަރެންގެ ބޭންކް" ކެމްޕޭން ބީއެމްއެލްްއިން އިފްތިތާހްކޮށްފި
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
23 ޖެނުއަރީ 2017

އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި

23 ޖެނުއަރީ 2017
އޮލަ ވާހަކަ ސްޓިކާތައް 2 މިލިއަން ފަހަރު ބޭނުންކޮށްފި
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
08 ޖެނުއަރީ 2017

ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ

08 ޖެނުއަރީ 2017
ވެހިކަލް ފީގެ ގޮތުގައި ނޮވެމްބަރު މަހުގެ ނިޔަލަށް 69 މިލިއަން ރުފިޔާ ދައުލަތަށް ލިބިފަައިވޭ: މީރާ
07 ޖެނުއަރީ 2017

އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ

07 ޖެނުއަރީ 2017
އުރީދޫއަށް އަނެއްކާވެސް ޑީޑޮސް އެޓޭކުތަކެއް އަމާޒުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް