Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމިޝަނަރ އޮފް ޕްރިޒަންސް

ކަރެކްޝަންސްގެ ލޭބަރ ފޯސް އިތުރަށް ޕްރޮފެޝަނަލްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވޭ: ކޮމިޝަނަރ

22 އޮކްޓޯބަރު 2021 | ހުކުރު 03:07

ތަފާތު ފަންނުތަކުގެ ދާއިރާތަކުން ޢިލްމީ، ޤާބިލު މީހުން މިމުވައްސަސާއަށް ބޭނުންވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 22 އޮކްޓޯބަރު 2021 | ހުކުރު 03:07
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު

ކަރެކްޝަންސްގެ ލޭބަރ ފޯސް އިތުރަށް ޕްރޮފެޝަނަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) އިން މިޑްލް މެނޭޖްމަންޓް ލެވެލްގެ އޮފިސަރުން ތާޒާކުރުމަށާއި ތަރައްޤީކުރުމަށް ކުރިއަށްގެންދިޔަ ”މިޑްލް މެނެޖަރސް ރިފްރެޝަރ” ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ވިދާޅުވީ ހަލުވިކަމާ އެކު ބަދަލުވަމުންދާ މާހައުލުގައި އުފެދޭ މައްސަލަތަކަށް ހައްލުހޯދޭނެ ޤާބިލު މުވައްޒަފުންތަކެއް މުވައްސަސާގައި ތިބުމަކީ ކޮންމެހެން ވެސް ބޭނުން ތެރިކަމެއް ކަމަށާއި އަދި މުވައްޒަފުންގެ މެދުގައި ހެޔޮގޮތުގައި ކުރިއަރާ ދިއުމުގެ ވާދަވެރި ރޫހެއް އުފަންކުރަންޖެހޭ ކަމަށާއި ލިބެން ހުރި ވަސީލަތްތަކާއި، ފުރުޞަތުގެ ބޭނުން ހެޔޮގޮތުގައި ހިފައި އެންމެ ފުރިހަމަ ނަތީޖާ ނެރެ ދެއްކުމަށް މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މުވައްސަސާގައި ތަޢުލީމީ ޤާބިލުކަން އިތުރު ކުރަންޖެހިފައިވާ ކަމަށާއި ތަފާތު ފަންނުތަކުގެ ދާއިރާތަކުން ޢިލްމީ، ޤާބިލު މީހުން މިމުވައްސަސާއަށް ބޭނުންވާ ކަމުގައި ފާހަގަ ކުރެވިފައެވެ. އަދި މިވަގުތު މުވައްސަސާގައި މަސައްކަތް ކުރާ މެނޭޖީރިއަލް މަޤާމުތަކަށް ބަލާއިރު 22.7 އިންސައްތައަކީ ގުރޭޖުވޭޓުން ކަމަށާއި، އަދި މިޑްލް މެނޭޖްމަންޓުގެ މަޤާމުތަކުގައި ގްރޭޖުވޭޓުންގެ އަދަދު ހުރީ 4.3 އިންސައްތާގައި ކަމަށާއި އަދި ޖޫނިއަރ ލެވަލްގެ މަޤާމްތަކުގައި ގްރޭޖުވޭޓުންގެ ނިސްބަތް ހުރީ 2 ޕަސަންޓުގައި ކަން ފާހަގަ ކުރައްވައި ވިދާޅުވީ މިއަދަދުތަކަށް ބެލުމުން މުވައްސަސާގެ ލޭބަރ ފޯސް އިތުރަށް ޕްރޮފެޝަނަލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ތަޖުރިބާއަކީ މިހާރު ދެގޮތަކަށް ވަޒަން ކުރާ ކަމެއްކަމަށާއި އެގޮތުން ކަމެއްގެ ފަންނުވެރިކަން ކިޔަވާ އަދި ފުރިހަމަ މަޢުލޫމާތާއި ޢިލްމު ހޯދައިގެން ކުރާ މަސައްކަތުގެ ނަތިޖާއިން އައު އީޖާދީ ހިޕޔާލުތަކާ އެކު ކަންކަމަށް އަވަސް ހައްލު ހޯދޭނެ ކަމަށާއި އަދި ވިސްނުންތެރި ލޭބަރ ފޯސްއެއް ބިނާކުރުމަށް އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމުގައި ފާހަގަ ކުރެއްވިއެވެ. އަދި މި ރިފްރެޝައިން ހާޞިލް ކުރެވުނު މަޢުލޫމާތާއި ހުނަރުން ޢަމަލީ މައިދާނުގައި އެކަންކަން ދައްކުވައި ދެއްވުމަށް ކޮމިޝަނަރ އެދިވަޑައިގެންނެވިއެވެ.

އެމްސީއެސްގެ މަސައްކަތްތަކަށް ފާރަވެރިވުމަށް ގިނަ ވުޒާރާތަކާއި ނިޒާމުތައް އުފެދިފައިވާކަމަށާއި، މިނިޒާމްތަކަށް ޖަވާބުދާރީވުމާ އެކު ޤާއިދީންނާއި ބަންދުމީހުންގެ ކަންކަން ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް އިތުރަށް ދެގުނަ ވެގެން އަންނަކަމަށެވެ. އެހެންކަމުން މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް ހަލުވިކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްދިނުމަށާއި، ކަންކަމުގެ ހައްލު ކޮންމެފަހަރަކު މަތިން ތިރިއަށް ދާނެ ކަމަށް ނުބައްލަވާ ތިރިން މައްޗަށް ވެސް ކަންކަމުގެ ހައްލު ފޮނުއްވައިދެއްވުމަށް އެދި ވަޑައިގެންނެވިއެވެ.

05 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި އެކި ޖަލުތަކުން ޖުމްލަކޮށް 18 ޕްރިޒަން އޮފިސަރުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދުތަކަކީ އަސާސީ ތަމްރީނުގައި ކިޔަވައިދެވިފައިވާ މާއްދާތައް އަލުން މުރާޖަޢާކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޤަވައިދުތަކާއި އުޞޫލުތަކަށް އަހުލުވެރިކޮށް، ޤައިދީންނާއި ބަންދުމީހުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ވީ އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް ބާރުއަޅައި، ޖަލުތަކުގެ މަސައްކަތްތަކަށް އައިސްފައިވާ ބަދަލުތަކާއި ހިންގުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދީ، އަހުލުވެރިކުރުމާއި ތަޢުލީމު އުނގެނުމާއި ތަމްރީނު ފުރިހަމަކުރުމުގެ މުހިއްމުކަމުގެ އިތުރުން އޮފިސަރުންނަކީ ރިވެތި އަޚުލާގު ހުންނަ، ހަށިހެޔޮ އަދި ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބެންޖެހޭނެ ބައެއްކަން އަންގައިދިނުމެވެ.

ޕްރޮގްރާމް ނިންމުމުގެ މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީއާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފްގެ އިތުރުން މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ އާއި ސީނިއަރ މެނޭޖްމަންޓް އަދި އައިކޯސްޓްގެ ޑެޕިއުޓީ ޑައިރެކްޓަރ ސީނިއަރ ޕްރިޒަން އޮފިސަރ އަޙްމަދު ލުޤްމާން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

01 ޖުލައި 2017

ކާނަލް ނާޒިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތް: އަދާލަތު

01 ޖުލައި 2017
ކާނަލް ނާޒިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ އެއްވެސް ސަބަބެއް ނެތް: އަދާލަތު
15 މެއި 2017

ރައީސް ޔާމީން 2018 އަށް ހޮވިއްޖެ، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭ: އަލީ މައުރޫފް

15 މެއި 2017
ރައީސް ޔާމީން 2018 އަށް ހޮވިއްޖެ، ދެން އިތުރަށް މަސައްކަތް ކުރާކަށް ނުޖެހޭ: އަލީ މައުރޫފް
22 އެޕްރީލު 2017

ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!

22 އެޕްރީލު 2017
ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!
27 މާރިޗު 2017

ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މަޖިލީހުގެ އިދާރާއަށް ރޭ ދަންވަރު ވެންނެވިކަން ފަޅައިއަރައިފި

27 މާރިޗު 2017
ޗީފް އޮފް ޑިފެންސް ފޯސް ޝިޔާމް މަޖިލީހުގެ އިދާރާއަށް ރޭ ދަންވަރު ވެންނެވިކަން ފަޅައިއަރައިފި
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
15 ފެބުރުއަރީ 2017

ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު

15 ފެބުރުއަރީ 2017
ކޮންސްޓްރަކްޝަންގެ ދައިރާ ހަރުދަނާ ކުރުމަށް ލޭބަރުންގެ ކޯޓާ އަށް ބަދަލުތަކެއް ގެންނާނަން: މިނިސްޓަރު ސައީދު
14 ފެބުރުއަރީ 2017

މަޖްބޫރުން ޕީޕީއެމަށް ވައްދާ މައްސަލަ ލޭބަރ ރިލޭޝަންސް އަށާއި އިލެކްޝަނަށް

14 ފެބުރުއަރީ 2017
މަޖްބޫރުން ޕީޕީއެމަށް ވައްދާ މައްސަލަ ލޭބަރ ރިލޭޝަންސް އަށާއި އިލެކްޝަނަށް
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
04 ފެބުރުއަރީ 2017

ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު

04 ފެބުރުއަރީ 2017
ރާއްޖޭގައި ފަޔަރމަނުން އިތުރަށް ތަމްރީނުކުރުމަކީ މުހިއްމު ކަމެއް: ޑިފެންސް މިނިސްޓަރު
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް