Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބީއެމްއެލްއަށް ޚިދުމަތް ކުރުން

ބީއެމްއެލްގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް ޚާއްސަ އެވޯޑެއް!

އެވޯޑް ދީފައިވަނީ 15 ،20 ،25، 30 އަދި 35 އަހަރު ބޭންކުގައި ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށް

އަމްނާ އިމާދު
އަމްނާ އިމާދު | 21 އޮކްޓޯބަރު 2021 | ބުރާސްފަތި 03:20
އެވޯޑް ހާސިލްކުރި މުވައްޒަފުން،

އެވޯޑް ހާސިލްކުރި މުވައްޒަފުން،

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑް ދީފިއެވެ.

އެވޯޑް ދީފައިވަނީ 15 ،20 ،25، 30 އަދި 35 އަހަރު ޚިދުމަތްކޮށްފައިވާ މުވައްޒަފުންނަށެވެ. މި ހަފްލާގައި 61 މުވައްޒަފަކަށް މިއެވޯޑް ހަވާލުކޮށްދެއްވާފައިވަނީ ބީއެމްއެލް ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ އެވެ.

މީގެ އިތުރުން 35 އަހަރު ބޭންކަށް ޚިދުމަތްކޮށްދީފައިވާ ޒުލްފާ މުހައްމަދު، ކަސްޓަމަރ ސަރވިސް މެނޭޖަރ އަދި 30 އަހަރު ބޭންކަށް ޚިދުމަތް ކޮށްދެއްވައިފައިވާ ޝަމްސިއްޔާ އިބްރާހިމް، ހެޑް އޮފް ކަސްޓަމަރ ޕްރޮސެސިންގ އަށް ވެސް ވަނީ ޚާއްސަ އެވޯޑެއް ދީފައެވެ.

މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ އެވޯޑް ހާސިލްކުރި މުއައްޒަފުންނަކީ ބޭންކުގައި އެހާމެ ހީވާގިކަމާއެކު މަސައްކަތް ކުރާ މުއައްޒަފުން ކަމަށާއި، ކޮންމެ ދުވަހަކު ކަސްޓަމަރުންނަށް ޚިދުމަތްދިނުމުގައި ނުހަނު ބުރަކޮށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދޭ ބައެއް ކަމަށެވެ.

ބީއެމްއެލްއަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތުދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ. އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ.

އެގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ. ބޭންކުގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގު ވަޒަންކޮށް އެމީހުންގެ ޚިދުމަތްތައް ފާހަގަކުރުމަށް ބޭންކުން އަންނަނީ ސްޓާފް އެވޯޑް އަދި ލޯންގް ސަރވިސް އެވޯޑް ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.

އިތުރަށް ކިޔާލަން

06 މެއި 2017

ގދ. ތިނަދޫ އެމްއާރުޑީސީ މުވައްޒަފުންނަށް ވޯޓް ކަރުދާހުގައި ވަކި ކޯޑެއް ޖަހަން އަންގާފައެއް ނުވާނެ: ނިމާލް

06 މެއި 2017
ގދ. ތިނަދޫ އެމްއާރުޑީސީ މުވައްޒަފުންނަށް ވޯޓް ކަރުދާހުގައި ވަކި ކޯޑެއް ޖަހަން އަންގާފައެއް ނުވާނެ: ނިމާލް
13 އެޕްރީލު 2017

ޕީޕީއެމަށް ވަނުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރާ ޝަކުވާތައް އިތުރުވެއްޖެ

13 އެޕްރީލު 2017
ޕީޕީއެމަށް ވަނުމަށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރު ކުރާ ޝަކުވާތައް އިތުރުވެއްޖެ
16 މާރިޗު 2017

އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި

16 މާރިޗު 2017
އެޗްވަންއެންވަން ރޯގާއާ ގުޅިގެން އެޗްއާރްސީއެމްގެ މުވައްޒަފުންނަށް ލުއިތަކެއް ހަމަޖައްސައިދީފި
27 ފެބުރުއަރީ 2017

ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!

27 ފެބުރުއަރީ 2017
ރައީސް ޔާމީނަށް ދިގު މުއްދަތަކަށް ވެރިކަމުގައި ހުންނެވޭނެ ގޮތަށް ގާނޫނުތައް ބަދަލުކުރުމުގެ އިޝާރާތެއް!
20 ފެބުރުއަރީ 2017

ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ

20 ފެބުރުއަރީ 2017
ހީވާގި ކަނބަލުން ގެ ރޯޅި ސިވިލް ސާވިސް މުވައްޒަފުންނަށް ޖެހިއްޖެ
15 ފެބުރުއަރީ 2017

ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ

15 ފެބުރުއަރީ 2017
ޕީޕީއެމް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކުރާ ކަމަށް އަޑުތައް ފެތުރިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
22 ޖެނުއަރީ 2017

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު