Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަރުކާރުން ހުށަހަޅާ ބިލްތައް

ސަރުކާރުން ހުށަހަޅަންޖެހޭ 32 ބިލްގެ ތެރެއިން ހުށަހެޅީ 4 ބިލު، އިތުރު ބިލެއް ލިބޭނެކަމަށް ލަފައެއް ނުކުރެވޭ : ނަޝީދު

19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް އައިއިރު ސަރުކާރުން ވަނީ 102 ބިލެއް ހުށަހަޅާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 20 އޮކްޓޯބަރު 2021 | ބުދަ 09:33
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރަށް ސަރުކާރުން ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ 32 ބިލުގެ ތެރެއިން މިދައުރަށް މިހާތަނަށް އައިއިރު ހުށަހަޅާފައިވަނީ 4 ބިލެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މިދައުރުގައި ދެން މިބިލްތައް ލިބޭނެކަމަށް ލަފާނުކުރެއްވޭކަމަށެވެ. އަދި މަޖިލީހަށް މިހާރު ލިބިފައިވާ ބިލްތަކުގެ މަސައްކަތް ބާރަށް ކުރިޔަށްދާކަމަށެވެ. އެގޮތުން ހެއްކާ ބެހޭ ބިލާއި މަދަނީ އިޖުރާއަތުގެ ބިލްގެ މަސައްކަތް ޖުޑީޝަރީ ކޮމިޓީން ކުރަމުންދާކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި ކުރަންޖެހޭ މަސައްކަތްތައް މިހާރު މަދުވެފައިވާކަމަށެވެ. ބުދަ ދުވަހުގެ ޖަލްސާ 9 ޖެހިއިރު ފެށުމަށްފަހު 10:30ގައި ހުސްވަގުތުކޮޅަކަށް ދިޔުމަށްފަހު ދެން ފަށާފައިވަނީ 12 ޖެހިއިރު ވޯޓަށް އެހުމަށެވެ. ވޯޓަށް އެހުމަށް ހުރިކަންކަމަށް ވޯޓަށް އެހުމަށްފަހު ޖަލްސާ ވަނީ ނިންމަވާލައްވާފައެވެ. އާންމު ގޮތެއްގައި ވޯޓަށް އެހުން އޮންނާނީ 1 ޖަހާއިރުއެވެ. ނަމަވެސް ބުދަ ދުވަހުގެ ޖަލްސާގައި އެޖެންޑާގައި ހުރި ކަންކަން ނިމުމާއެކު 12 ޖެހިއިރު ވަނީ ވޯޓަށް އަހާފައެވެ.

Advertisement - newsAdvertisement

އޮގަސްޓް މަހުގެ 16 ވަނަ ދުވަހު ފަށާފައިވާ މިއަހަރުގެ ތިން ވަނަ ދައުރަށް 32 ބިލެއް ހުށަހަޅާނެކަމަށް ބަންޑާރަނާއިބު އޮފީހުން ވަނީ ހާމަކުރައްވާފައެވެ. އޭގެ ތެރޭގައި ގާނޫނީ އަދި ޝަރުއީ ދާއިރާއާ ގުޅުންހުރި ބިލުތަކާއި ދީނީ އަދި އިޖްތިމާއީ ދާއިރާއާގުޅޭ ބިލުތަކާއި އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއާގުޅޭ ބިލުތައް ހިމެނެއެވެ. އޭގެތެރެއިން މިދައުރަށް ހުށަހަޅާފައިވާ ބިލްތަކުގެ ތެރޭގައި ހެއްކާ ބެހޭ ބިލާއި، ކާބޯތަކެތީގެ ރައްކާތެރިކަމުގެ ބިލާއި އިލެކްޓްރޯނިކް މުއާމަލާތްކުރުމާ ބެހޭ ބިލާއި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލް ހިމެނެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް އައިއިރު ސަރުކާރުން ވަނީ 102 ބިލެއް ހުށަހަޅާފައެވެ. އޭގެތެރެއިން 75 ބިލެއް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. އަދި 27 ބިލެއްގެ މަސައްކަތް މަޖިލީހުގެ އެކި ކޮމިޓީތަކުގައި އަންނަނީ ކުރަމުންނެވެ. އޭގެތެރޭގައި 2019 ވަނަ އަހަރު މަޖިލީހަށް ހުށަހަޅާފައިވާ ބިލްތައް ވެސް ހިމެނެއެވެ. އެގޮތުން ޖަމިއްޔާތަކުގެ ބިލާއި އެއްމެދު އިމާރާތްކުރުމުގެ ބިލް އަދި ގައުމީ ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ބިލް ހިމެނެއެވެ.

ސަރުކާރުން މިދައުރަށް ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ 32 ބިލުގެ ތެރޭގައި ކުރީ ދައުރުތަކަށް ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ މުހިންމު ބިލުތައް ވެސް ހިމެނެއެވެ. އޭގެތެރޭގައި އަބުރާބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ އޮތޯރިޓީގެ ބިލާއި، ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލް ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން މިދައުރަށް ހުށަހަޅާނެކަމަށް ސަރުކާރުން ހާމަކޮށްފައިވާ މުހިންމު ބިލްތަކުގެ ތެރޭގައި އިންޑަސްޓްރިއަލް ރިލޭޝަންގެ ބިލާއި މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިލް ހިމެނެއެވެ. މިއީ މިއަހަރުގެ މޭޑޭ އާ ދިމާކޮށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް މިއަހަރު މަޖިލީހަށް ހުށަހަޅާނެކަމަށް ހާމަކޮށްފައިވާ ބިލްތަކެއް ވެސް މެއެވެ.

މިދައުރުގެ ޖަލްސާތައް ނޮވެމްބަރ މަހުގެ ނިޔަލަށް ކުރިޔަށްދާއިރު ސަރުކާރުން މިހާރު ތައްޔާރުވަމުން އަންނަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ. އެގޮތުން އޮކްޓޯބަރ މަހުގެ 31ގެ ކުރިން ބަޖެޓް ހުށަހަޅުއްވާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވަނީ ވިދާޅުވެފައެވެ.

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު