Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަސްވެރިންގެ ދުވަސް

މާލެ އަތޮޅުން ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ފޯމް ފުރިހަމަ ކުރުމަށްފަހު ނޮވެމްބަރު 15 ވަނަ ދުވަހުގެ 12 ޖެހުމުގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2021 | އަންގާރަ 07:05
ށ. ޅައިމަގުގައި މީހަކު މަސް ހިފައިގެން ދަނީ

ށ. ޅައިމަގުގައި މީހަކު މަސް ހިފައިގެން ދަނީ

މާލެ އަތޮޅުން ކެޔޮޅުންގެ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެ މިނިސްޓްރީން ބުނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް މާލެއަތޮޅު ގާފަރުގައި ބާއްވާ ހަފްލާގައި މިހާރު ވެސް މަސްވެރިކަމުގައި އަމަލީ ގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވާ އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ މާލެ އަތޮޅުން ހޮވާލެވޭ އެންމެ ޚިދުމަތްތެރި (35 އަހަރުން ދަށް) ކެޔޮޅަކާއި އެންމެ ތަޖުރިބާ (35 އަހަރުން މަތި) ކެޔޮޅު ހޮވައި، އެ މީހުންނަށް ޚާއްސަ އެވޯޑެއް ދޭގޮތަަށް ހަމަޖައްސާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ފޯމް ފުރިހަމަ ކުރުމަށްފަހު ނޮވެމްބަރު 15 ވަނަ ދުވަހުގެ 12 ޖެހުމުގެ ކުރިން މިނިސްޓްރީއަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ދެ އެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުންނާއި އެހެން މީހަކަށް ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް admin@fishagri.gov.mv އަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ކ. ގާފަރުގައެވެ. ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ބުނީ މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ކޮވިޑުގެ ސަބަބުން ޚަރަދު ކުޑަކުރުމުގެ ގޮތުން މާލެއާ ކައިރި ސަރަހައްދެއްގައި ދުވަސް ފާހަގަކުރުމުގެ ގޮތުން ކަމަށެވެ. އަދި މި ސަބަބާހުރެ އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ކުރިމަތިލުމަށް އާންމުކޮށް އިއުލާން ނުކުރާ ކަމަށެވެ. އަދި ގާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ނިންމާފައިވަނީ ކައުންސިލާއި މަޝްވަރާ ކުރުމަށް ފަހު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ ކޮވިޑުގެ ސަބަބުން މަސްވެރިންގެ ދުވަހުގެ ޕްރޮގްރާމުތައް މަދުކޮށް ވަރޗުއަލްކޮށެވެ. 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ދިވެހި މަސްވެރިންގެ އަގުވަޒަންކޮށް ހިތްވަރު ދިނުމަށްޓަކައި، މަސްވެރިކަމުގައި ވޭތުވެދިޔަ އަހަރު ހަރަކާތްތެރިވެފައިވާ ފަރާތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ދެ ދޯންޏަކަށް ޚާއްސް އެވޯޑެއް ވެސް ވަނީ ދީފައެވެ. އެވޯޑް ލިބިފައިވާ އެއްފަރާތަކީ، ކަޅުބިލަމަހުގެ ދޮށީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން ވޭތުވެދިޔަ އަހަރު އެންމެ ގިނައިން ކުންފުނިތަކަށް މަސްކިރާފައިވާ އުޅަނދެއްގެ ގޮތުގައި ހޮވިފައިވާ ގދ. މަޑަވެއްޔަށް ނިސްބަތްވާ "ކަމަނަ" ނަމަކަށް ކިޔާ ދޯންޏެވެ. މިއުޅަނދުގެ ވެރިފަރާތަކީ ގދ. މަޑަވެއްޔަށް ނިސްބަތްވާ، ސައުތުގޭޓް ސާދިގު ހަސަނެވެ. މިއުޅަނދުން ވޭތުވެދިޔަ އަހަރު ޖުމުލަ 675 ޓަނުގެ މަސް ކުންފުނިތަކަށް ކިރާފައިވެއެވެ.

މިއެވޯޑް ލިބިފައިވާ ދެވަނަ ފަރާތަކީ، ބޮޑުކަންނެލީގެ އަތުނަނުގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުފަހަރުގެ ތެރެއިން "ރަންދުވެލި" ދޯންޏެވެ. މިދޯންޏަކީ ރަސްދޫގެ ދުވެލި ގްރޫޕް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް، ނިސްބަތްވާ އުޅަނދެކެވެ. މިއުޅަނދުން ޖުމުލަ 154 ޓަނުގެ ކަންނެލި ކުންފުނިތަކަށް ކިރާފައިވެއެވެ.

ސަރުކާރުން މަސްވެރިންގެ ދުވަސް ގާފަރުގައި ފާހަގަކުރުމަށް ނިންމާފައިވާއިރު ރައީސުލްޖުމްހޫރިއްޔާ ވަނީ ދާދި ފަހުން  ށ. ފޯކައިދޫ މަސްވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި މަސްވެރިކަމުގެ ސިނާއަތަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކުން މަސް ގަންނަނީ އެންމެ ރަނގަޅު އަގުގައި ނޫން ކަމަށެވެ. ސަރުކާރުން އެކަމަށް ނުވަދެ މަޑު ކުރަނީ ޕްރައިވެޓް ސެކްޓަރއަށް ޖާގަދިނުމަށް ކަމަށާއި ޕްރައިވެޓް ސެކްޓަރއާ ވާހަކަ ދައްކައިގެން އެކަން ހައްލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބައެއް މަސްވެރިން ވަނީ ރަށުގައި އައިސްޕްލާންޓެއް ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް މަހުގެ ހަމަ އަގު ސަރުކާރުން ކަނޑައަޅައިދިނުމަށް އެދިފައެވެ.

މަސްވެރިންގެ މި ކަންބޮޑުވުންތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެކަން ބައްލަވާނެ ކަމަށާއި އެކަމަށް އަވަސް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އަދި އެކަމަށް ސަރުކާރުން އިންވެސްޓް ކުރާނެ ކަމަށާއި ކުރީ ސަރުކާރުން މަސް ގަންނަމުންދިޔައީ ގެއްލުމުގައި ކަަމަށެވެ. އޭރު މަސްވެރިންނާ ބައްދަލުކުރެއްވި ކަމަށާއި ބައެއް މަސްވެރިން މަހުގެ އަގު ދަށްވިޔަސް އެންމެ ރަނގަޅު ކަމަށް ބުނި ކަމަށާއި މިފްކޯ އިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މަސްވެރިންނަށް ދިނުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި މިފްކޯއިން މީގެ ކުރިން މަސް ބޭރުކުރަމުން ދިޔައީ ޗާޓަރ ބޯޓެއްގައިި ކަމަށާއި އެހެންނަމަވެސް މިހާރު މިފްކޯއިން މަސް ބޭރު ކުރަނީ އަމިއްލަ އުޅަނދެއްގައި ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ޚަަރަދު ކުޑަކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

މަސްވެރިން ބާނާ މަހަަށް ހަމަ އަގު ސަރުކާރުން ހަމަޖައްސައިދޭނެ ކަމަށާއި ސަރުކާރުން މިހާރު ފަށާފައިވާ ކަންތައްތަކުގެ ނަތީޖާ ފެންނަން ކުޑަ ދުވަސްކޮޅެއް ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ ކުރިއަތް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް އިންގިލާބީ ބަދަލެއް ގެންނާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

1 މެއި
ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ
20251 އަހަރު ކުރިން
ރާއްޖެ

ޕެޕަރ ސްޕްރޭގެ އަސަރުކުރި މުޒާހަރާގެ ބައިވެރިއެއްގެ ހާލު ދެރަވެ ފަރުވާދެނީ

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް
20242 އަހަރު ކުރިން
ރިޕޯޓު

ޗައިނާއިން މިހާތަނަށް އުފެއްދި އެންމެ ބޮޑު އަދި އެންމެ ޒަމާނީ "އެއާކްރާފްޓް ކެރިއަރ" ފުރަތަމަ ފަހަރަށް މޫދަށް

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"
20233 އަހަރު ކުރިން
ރިޕޯޓު

"ހީވީ ގިޔާމަތްވެގެން އުޅެނީއޭ"

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި
20224 އަހަރު ކުރިން
ރާއްޖެ

މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަޚަމްކޮށްލައިފި

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟
20215 އަހަރު ކުރިން
ފިލްމާއި މިޔުޒިކް

ޓިކްޓޮކްގައި އެންމެންގެ ހިތްތައް ކަތިލަމުން އަންނަ ރޫމީ، ނިއުމާ އަށް ވުރެ ހަގުކަން އެނގޭތަ؟

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު
20197 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު މުވައްޒަފުން މުންޑު ދޫކޮށް، ފަޓްލޫނަށް ބަދަލުވިތާ 50 އަހަރު

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!
20188 އަހަރު ކުރިން
ރާއްޖެ

ލީކުވި ބަޔާން: ރައީސް ބޭނުންފުޅުވާ ގޮތަށް މައްސަލަތައް ނިންމުމަށް އަލީ ހަމީދު އިރުޝާދުދެއްވި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު