Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުރާއްޖޭގެ ފަތުރުވެރިކަން

މިދިޔަ އަހަރު ބޯޑަރު ހުޅުވިފަހުން، އެއްދުވަހެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައީ އޮކްޓޯބަރު 16 ވަނަ ދުވަހު

18 އޮކްޓޯބަރު 2021 | ހޯމަ 17:26

އޮކްޓޯބަރު 16 ވަނަ ދުވަހު 6،197 ފަތުރުވެރިން ރާއްޖެއައިސްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 18 އޮކްޓޯބަރު 2021 | ހޯމަ 17:26
ފަތުރުވެރިންތަކެއް އެއާޕޯޓުގައި

ފަތުރުވެރިންތަކެއް އެއާޕޯޓުގައި

މިދިޔަ އަހަރުގެ ޖުލައި 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ހުޅުވިފަހުން އެއްދުވަހެއްގެ މައްޗަށް އެންމެ ގިނަ ފަތުރުވެރިން އައީ އޮކްޓޯބަރު 16 ވަނަ ދުވަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އޮކްޓޯބަރު 16 ވަނަ ދުވަހު ރާއްޖެއަށް 6،197 ފަތުރުވެރިން އައިސްފައިވާ ކަމަށެވެ. އަދި ރާއްޖޭގައި ފަތުރުވެރިކަން އަލުން އަނބުރާ ކޮޅަށް ޖެހުމަށްޓަކައި މަސައްކަތް ކުރާ ހުރިހާ އެންމެންނަށް އެ މިނިސްޓްރީން ވަނީ މަރުހަބާ ކިޔާފައެވެ.

މިނިސްޓްރީން މިހެން ބުނެފައިވާއިރު އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 9 ލައްކައަށްވުރެ އިތުރުވެފައެވެ. ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 923،146 އަށް އަރާފައެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ މާރކެޓްތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އިންޑިއާ މާރކެޓެވެ. އިންޑިއާއިން 211،062 ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވެއެވެ. 177،321 ފަތުރުވެރިންނާއެކު ރަޝިއާ އޮތީ ދެވަނައިގައެވެ. އަދި 60،463 ފަތުރުވެރިންނާއެކު ޖަރުމަނުވިލާތް ހިމެނެނީ ތިންވަނައިގައެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ 1ން 13ށް ރާއްޖެ އައިސްފައިވަނީ 52،284 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 11 އިންސައްތައިގެ ދަށްވުމެކެވެ. އަދި 2020 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 585.8 އިންސައްތައިގެ ކުރިއެރުމެކެވެ. މި މުއްދަތުގައި ދުވާލެއްގެ މައްޗަށް 4،022 ފަތުރުވެރިން އަންނަކަމަށް ރެކޯޑުކުރެވިފައިވާއިރު، އެމީހުން 8 ދުވަހު ރާއްޖޭގައި މަޑުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އަންނަ އަހަރު ހޯމް ސްޓޭ ޓޫރިޒަމް ފަށަން ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ޚިދުމަތަށް އިތުރު އެނދުތައް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް ވަނީ ވިދާޅުވެފައެވެ. އަދި ހޯމް ސްޓޭ ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާކަމަށާއި، މީގެ ސަބަބުން އަތޮޅުތެރެއަށް އިތުރު ކުރިއެރުންތަކާއި، ފައިދާތައް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުޑަ އަގެއްގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވެގެންދާނެއެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

28 މާރިޗު 2017

ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ

28 މާރިޗު 2017
ގްރޭންޑް ޕާރކް ކޮށްދިއްޕަރު މިއަހަރުގެ ތެރޭގައި ހުޅުވަނީ
13 މާރިޗު 2017

މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ

13 މާރިޗު 2017
މީރާއަށް މިދިޔަ މަހު އެއްބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
30 ޖެނުއަރީ 2017

2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި

30 ޖެނުއަރީ 2017
2017 ވަނަ އަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކުރާނެކަމުގެ ޔަގީންކަން ބޭންކުން ދީފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
07 ޖެނުއަރީ 2017

2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް 73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ

07 ޖެނުއަރީ 2017
2016 ވަނަ އަހަރު ނޮވެމްބަރުގެ ނިޔަލަށް  73000 ކިލޯގެ ސްޓޯބެރީ ވަނީ ރާއްޖެ އެތެރެކޮށްފަ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް