Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ބިދޭސީންނާމެދު އިތުރަށް ސަމާލުވުމުގެ ވަގުތު އައީއެވެ.

ދޭތެރެ އަވަސްކޮށް ދިވެހީންގެ ފުރާނަ ނެރެލުމުގެ އަމަލުތައް ބިދޭސީން ދަނީ ހިންގަމުން

ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2021 | ހޯމަ 11:13
ރާއްޖޭގައި ދެލައްކައަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުން ގެންދޭ

ރާއްޖޭގައި ދެލައްކައަށްވުރެ ގިނަ ބިދޭސީން ދިރިއުޅެމުން ގެންދޭ

ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ކޮންމެ ބިދޭސީއަކީވެސް ދިވެހީންގެ މެހުމާންދާރީގައި ހުންނަ މީހެކެވެ. ދިވެހީން އިތުބާރުކޮށްފައި ގެނެސް ކޮންމެވެސް މަސްއޫލިއްޔަތެއް ހަވާލުކޮށްފައި އުޖޫރަ ދީފައި ހުންނަ މީހެކެވެ. ރާއްޖެއަށް އެތެރެވެވެނީ ކޮންމެވެސް ދިވެއްސަކު ޖާމިނުވީމައެވެ. ވަޒީފާ ދެނީ ކޮންމެވެސް ދިވެއްސެކެވެ. ބަހައްޓަނީވެސް ކޮންމެވެސް ދިވެއްސެއްގެ ގޭގައެވެ. ނުވަތަ ތަނެއްގައެވެ. އެހެންވީމާ ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ބިދޭސީއަކަސް އެމީހަކަށް އެ އުޅެވެނީ ދިވެހީންގެ މެހުމާންދާރީގެ އިމުން އެތެރޭގައެވެ.

އެގޮތަށް ތިބޭ ބިދޭސީން ހިތަށް އެރީމާ ހިތަށް އެރި ވަގުތަކު އަދި ހިތަށް އެރި ގޮތަކަށް ދިވެހީން މަރަމުން އާއިލާތައް ނިކަމެތި ކުރަމުން ދާންފެށީމާ މިކުރެވުނީ ކީއްކަމާއި ވެގެން މިއުޅެނީ ކީއްކަމާއި ރައްކާތެރިކަމާއި އަމާންކަމަށްޓަކައި ދެން ކުރާންވީ ކަންކަމާމެދު ވިސްނައިލާން ނުޖެހޭނެ ބާވައެވެ؟ އަޅުގަނޑު ހިތުން ވިސްނައި ފިކުރު ކުރުމުގެ ވަގުތު އަތުވެއްޖެއެވެ. އަދި ލަހެއްވެސް ނުވެއެވެ. އެކަމަކު ދެން އިތުރަށް ލަސްކުރާކަށް ފުރުސަތެއް ނެތެވެ. އޭރުން މާބޮޑަށްވެސް ލަސްވެދާނެއެވެ. އަތްނުފޯރާ ހިސާބަށް ކަންކަން ހިނގައިދާނެއެވެ. ކަންކަން ފާލުން ނެއްޓިގެން ހިނގައިދާނެއެވެ. މި ދިވެހިރާއްޖޭގައި ދިވެހިން ބިކަވެ ދިވެހީންގެ ބާރު ނުހިނގާ ހާލަތު މެދުވެރި ވެދާނެއެވެ. ބިރުވެރިކަން އާއްމުވެދާނެއެވެ.

މިއީ އެންމެންވެސް ބުއްދި އިސްކޮށް ކަންކަމާމެދު ޚިޔާލުކުރާންވީ ވަގުތެވެ. ހައްލަކަށް އަމާޒު ހިފާންވީ ވަގުތެވެ. ބިދޭސީންނަށް ދިވެހިން މަރުހަބާކިޔައި މެހުމާންދާރީ އަދާކުރަނީ ދިވެހީން މަރާކަށް ނޫނެވެ. މުދާ ލޫޓުވާކަށް ނޫނެވެ. މިގައުމުގެ އަމާންކަން ނަގައިލާކަށް ނޫނެވެ. އެމަގުން އެކަން ނުދަންޏާ ވިސްނާން ޖެހޭނެއެވެ. ހައްލު ހޯދާން ބާރުއަޅައި އެ އަމާޒަށް ވާސިލްވުމަށް މަސައްކަތްވެސް ކުރާން ޖެހޭނެއެވެ. ދިވެހިންވެސް ދިވެހިން އެބަމަރައެވެ. ބަދަލު ހިފުމުގެ ފޯރީގައެވެ. ގޭންގު މާރާމާރީގައެވެ. މަސްތުވާތަކެތީގެ މުއާމަލާތްތަކުގައެވެ. ފައިސާކޮޅެއް ދީފައި ކޮންޓްރެކްޓް އުސޫލުންނެވެ. މިހެންގޮސް ތަފާތު އެކި ސަބަބުތަކާހުރެއެވެ. އެއީ ދޮގުކުރެވެން އޮތްކަމެއް ނޫނެވެ.

އެވާހަކަވެސް ދިވެހިން މިދަނީ ދައްކަމުންނެވެ. ތަރުބިއްޔަތު ކުރުމާއި ތައުލީމު ދިނުމުގައި ވެވޭ އިހުމާލުގެ ވާހަކައެވެ. ޒުވާނުން ހަމަ މަގަށް އަޅުވައި އަބުރުވެރި ރިވެތި ދިރިއުޅުމެއް އުޅޭން ފުރުސަތު ފަހިކޮށް ނުދެވޭ ވާހަކައެވެ. އެކަމަކު މިރާއްޖޭގައި ދިރިއުޅޭ ބިދޭސީން ދޭތެރެ އަވަސްކޮށް ދިވެހިން މަރައި ދިވެހީންގެ ލެއިން ދިވެހި ބިން ފަވަމުން ރަށްރަށް ނާމާންކުރަމުން ދިޔައީމާ އެމީހުންގެ ތަރުބިއްޔަތާއި ތައުލީމާއި ފުރުސަތުގެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކިދާނެ ބާވައެވެ. ނޫނެކެވެ. ނުދެއްކޭނެއެވެ. ބިދޭސީންގެ ތަރުބިއްޔަތަށް ދިވެހީން ޒިންމާވާކަށް ނުޖެހޭނެއެވެ. ދިވެހީން ޒިންމާވާން ޖެހޭނީ ދިވެހީންގެ އަމަލުތަކަށެވެ.

ބިދޭސީ މަސައްކަތްތެރިން ދިވެހިރާއްޖެއަށް ބޭނުމެވެ. އެމީހުންނަށް ދިވެހިން މަރުހަބާ ކިޔާނެއެވެ. އެކަމަކު އެއީ އުޅުމާއި ގޮތް ހުރި ބިދޭސީންނަށް ވާންޖެހެއެވެ. މިހާރު ހިނގަމުން މިދާ ކަންކަމުގެ އަލީގައި ދިވެހީން ކޮށްލަންޖެހޭ ކުޑަ މަސައްކަތެއް އެބައޮތެވެ. މިގެނެވެނީ ކާކުކަން ދުރާލާ ދެނެގަންނަން ޖެހެއެވެ. އެމީހެއްގެ ވަނަވަރު ދެނެގަތުން އެބަލާޒިމު ކުރެއެވެ. ތިމާގެ މުސްކުޅި ބަފަޔަށް އެހީތެރިވެ އަތްގާތްކޮށްލަދޭން އެހީތެރިއެއްގެ ގޮތުގައި ގެޔަށް ވައްދާ ބިދޭސީއަކީ އެއްތަނަކުން ފިލައިގެން އަނެއް ތަނަކަށް ގޮސް އެތަނުންވެސް ފިލައިގެން އައިސް ޕާސްޕޯޓެއް އެހެން އެއްޗެއްވެސް ނެތި ލާހޫރޭން ހުރި މީހެއް ނޫންކަން ކަށަވަރުކުރާން އެބަޖެހެއެވެ. ހޯދުނުގޮތަކަށް އެމީހެއްގެ ރިކޯޑު ސާފުކުރަން އެބަޖެހެއެވެ. އެމީހަކީ ގާނޫނާއި ގަވާއިދުތަކުގެ ތެރޭގައި ހުރި މީހެއްތޯއާއި ކުށުގެ ވެށިން ތަރުބިއްޔަތުވެފައި ނެތް މީހެއްތޯ ޔަގީންކުރަން ޖެހެއެވެ.

މީހަކު ނުވަތަ ބަޔަކު ކުށެއް ކުރީމާ އެއީ އެބަޔަކު ނިސްބަތްވާ ގައުމުގެ އެންމެންގެ ބޮލުގައި އެޅޭ ޒިންމާއެއް ނޫނެވެ. ބިދޭސީއަކު ކުށެއް ކުރީމާ އެމީހާ ނިސްބަތްވާ ގައުމުގެ އެންމެން ކުށްވެރީން ކަމަށް ނުހެދޭނެއެވެ. ހަދައިގެންވެސް ނުވާނެއެވެ. ކުށްކުރުމަކީ ވަކި ގައުމަކަށް ވަކި ބަޔަކަށް އޮތް ކަމެއް ނޫނެވެ. އެހެންވީމާ އެންމެފަހުން ހިނގައިދިޔަ ކަންކަމާއި ގުޅުވައިގެން ވަކި ބަޔަކު ބަދުނާމުކޮށް އެންމެންނާ ދެކޮޅަށް ފިޔަވަޅު އަޅައި އެންމެންނަށް ދޮރާށި ބަންދު ކުރުމުގެ ސުވާލެއް ނުއުފެދެއެވެ. އުފެދޭނެ ޖާގައެއްވެސް ނެތެވެ.

މިއިން ކޮންމެ ކަމަކީ ހޭއަރައި ލޯހުޅުވައިގެން ތިބުމަށް އިންޒާރު ލިބޭ ފިލާވަޅެކެވެ. ކުރާންވީ ކަމަކީ ގެނެވޭ މީހުންގެ މައުލޫމާތު ދުރާލައި ސާފުކޮށް ހޭއަރައި ސަމާލުވެގެން ތިބުމެވެ. ސްކްރީންކުރުމުގެ ނިޒާމު ހަރުދަނާކޮށް އެކަމަށް ފާރަވެރިވުމެވެ. ކޮންމެ ކަމަކާއެކުވެސް ޒިންމާއެއްވާކަން ހަނދާންކޮށްގެން ތިބުމެވެ. މެހުމާނުން ހަގީގީ މާނާގައިވެސް މެހުމާނުންގެ ގޮޅީގައި ބޭތިއްބުމެވެ. ދިވެހީންވެސް ބޭރު ގައުމުތަކުގައި ދިރިއުޅެއެވެ. އަވަށްޓެރި ސިލޯނުގައި އެކަނިވެސް ވިއްސަކަށް ހާސް ދިވެހީން ދިރިއުޅެއެވެ. އިންޑިޔާއާއި މެލޭޝިޔާގައި ވެސް ހާހުން ހާހުން ދިވެހިން ދިރިއުޅެއެވެ.

އެތަންތާގައި ކޮންމެވެސް މިންވަރަކަށް ދިވެހީން ކުށްކުށަށް އަރައިގަންނަ ވާހަކަ އިވެއެވެ. ޑްރަގް މުއާމަލާތްފަދަ ކުށްކުށެވެ. އެކަމަކު އެތަންތާގެ އަހުލުވެރިން މަރަމުން ލޭއޮހޮރުވަމުން ނުދެއެވެ. އެހިސާބަށް ދިވެހީންގެ ކަންކަން ހިނގައްޖެނަމަ އެތަންތަނުގެ ސަރުކާރުން ދިވެހީންނަށް ދޮރާށި ބަންދު ނުކުރާނެބާވައެވެ. އެތެރެވުމާއި ތިބުމުގައި ހަރުކަށި އުސޫލުތަކެއް ތައާރަފު ނުކުރާނޭބާވައެވެ. ކުރާނެކަން ޔަގީނެވެ. ކުރުން ލާޒިމުވެސްވާނެއެވެ. ދިވެހީންވެސް އެކަން ގަބޫލުކުރާނެއެވެ. ހަމައެގޮތަށް ދިވެހިރާއްޖޭގައި ބިދޭސީންނާމެދު މިދެންނެވި ބީދައިން ސްކްރީން ކުރުމާއި ފާރަވެރިވުމުގެ އުސޫލުތަކެއް ތައާރަފުކުރަން މިހިނދަށް ލާޒިމު އެބަކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރަށްވެހި ތަރައްގީ ފޮތުން ސަރުކާރު އިތުރަށް ފަލީހަތް!

ރަށްވެހި ތަރައްގީ ފޮތުން ސަރުކާރު އިތުރަށް ފަލީހަތް!

24 ޖުލައި 2018
އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

އެންމެ ފަހުގެ ހޯދުން: ވަޒީފާ އަދާކުރާ ވަގުތު ކުޑަ ކުރުމުން މަސައްކަތުގެ ފެންވަރު ރަނގަޅު

24 ޖުލައި 2018
އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

އެންމެ ގިނަ ވަގުތު ރޯދައަށް ހުންނަންޖެހޭ ގައުމު އިނގޭތަ؟

21 މެއި 2018
ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟

ހަލީމް ގާޒީގެ މަގާމުން ދުރުކުރަންވީ ވަގުތު ނާދޭތަ؟

14 މެއި 2018
މަޖުބޫރަކުން ބަނދެލި ވަގުތު ވެސް، ސަލާމަތް ވާނެ ކަމުގެ ވާހަކަ!

މަޖުބޫރަކުން ބަނދެލި ވަގުތު ވެސް، ސަލާމަތް ވާނެ ކަމުގެ ވާހަކަ!

13 މާރިޗު 2018

އަހަރުތަކުން މިއަދު

1 އެޕްރީލު
އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާއިން ރާއްޖެއަށް ކާޑުގެ ބާވަތްތަކާއި ޒަރޫރީ އެހެނިހެން ބާވަތްތައް އެކްސްޕޯޓްކުރުމުގެ ހުއްދަ ދީފި

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީން ހިޔަޅަކާ އެއްގޮތްކުރާ ޓްވީޓެއް ރައީސް ރީޓްވީޓުކުރެއްވި ވާހަކަ ނޫސްތަކުން ޖެހުމުން، ރީޓްވީޓް ޑިލީޓްކޮށްލައްވައިފި

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
20233 އަހަރު ކުރިން
ރިޕޯޓު

ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި
20224 އަހަރު ކުރިން
މީހުން

ދިވެހިރާއްޖޭގެ މިޒަމާނުގެ ފުރަތަމަ މަހާރެހެންދި

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި
20215 އަހަރު ކުރިން
ރާއްޖެ

އައު އިސްލާހާއެކު، ލައިސެންސް ދޫކުރާނީ ގަވައިދަށް އުޅުމަށް އެއްބަސްވުމެއް އެކުލަވާލާފައި

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!
20197 އަހަރު ކުރިން
ރާއްޖެ

ވައްކަމުގެ ނަތީޖާ ރައީސްގެ ދޫފުޅުން: މިހާރު ދޮރު ނުލެއްޕޭ، އަލަމާރި ވެސް ނުވެއްދޭ!

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ
20188 އަހަރު ކުރިން
ރާއްޖެ

ދުނިޔޭގެ ކްރިމިނަލް ކޯޓަށް ރައީސް ޔާމީން ގެންދެވިދާނެ: ދިޔާނާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު