Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަހުމޫދުގެ މަރު

މަހުމޫދުގެ މަރު: ''ދާދި އަވަހަށް ގާތިލަކީ ކާކުކަން އެނގިގެންދާނެ ކަމަށް އުންމީދު ކުރެވޭ ''

ތަހުގީގަށް ބޮޑެތި ހެކި ތަކެއް ހޯދިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 18 އޮކްޓޯބަރު 2021 | ހޯމަ 07:51
މަހުމޫދުގެ މަރު މައްސާލައާ ގުޅިގެން ބަންދުކޮށްފައިވާ ނިކަގަސް ހިމެނޭ ސަރަހައްދު،

މަހުމޫދުގެ މަރު މައްސާލައާ ގުޅިގެން ބަންދުކޮށްފައިވާ ނިކަގަސް ހިމެނޭ ސަރަހައްދު،

އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގެ މައްސަލައާ ގުޅިގެން ކުރިއަށް ގެންދާ ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިއްޖެއެވެ.

މަހުމޫދު މަރާލި މައްސަލައިގެ ތުހުމަތުގައި ބަންގްލަދޭޝްގެ މުހައްމަދު ސާލިމް މިމަހުގެ 16 ވީ ހޮނިހިރު ދުވަހު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ. ސާލިމްއަކީ މަހުމޫދުގެ ހަށިގަނޑު ފެނުނު ގެޔާ ޖެހިގެން ހުރި ގެއެއްގައި އުމުރުން ދުވަސްވީ މީހަކު ބަލަން ހުންނަ މީހެކެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި ފަރާތަކުން ވިދާޅުވީ އާދިއްތަ ދުވަހުގެ ވަގުތެއްގައި ސާލިމް، މަހުމޫދު މަރާލާފައި އޮއްވާ ފެނުނު ވަޅު ކައިރިއަށް ގެންގޮސްފައިވާ ކަމަށެވެ. ފުލުހުން ބަންދު ކޮށްފައިވާ އެކި ސަރަހައްދުތަކަށް ގެންދިޔައިރު ކޮންމެވެސް ވާހަކަތަކެއް ސާލިމް ކިޔައިދެމުންދިޔަ ކަމަށެވެ. އަދި ތަހުގީގަށް ބޭނުންވާ ބޮޑެތި ހެކިތަކެއް ހޯދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށުގެ ކައުންސިލްގެ ރައީސް މުއާވިޔަތު ރަޝީދު ވިދާޅުވީ މިމަރާ ގުޅިގެން ގިނަ އަދަދެއްގެ ފުލުހުން ރަށުގައި ހަރަކާތްތެރިވަމުންދާއިރު، ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ގަބޫލުކުރާ ކަމަށެވެ. މުއާވިޔަތު ވިދާޅުވީ ސާލިމް ކުށަށް އިއުތިރާފްވިކަން ފުލުހުން ކަށަވަރު ކޮށްދީފައި ނުވާ ކަމަށެވެ. ނަމަވެސް ދާދި އަވަހަށް ގާތިލަކީ ކާކުކަން އެނގިގެންދާނެ ކަމަށް އުންމީދު ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މުއާވިޔަތު ވިދާޅުވީ ސާލިމް ދިރިއުޅުނު ގެ ހިމެނޭ ގޮތަށް އެސަރަހައްދު އެއްކޮށް ބަންދުކޮށްފައިވާ ކަމަށެވެ. އަދި މިހާރު އެސަރަހައްދާ ދުރު ރަށުގެ އެކި ހިސާބުތައް ވެސް އާއްމުންނަށް ނުވަދެވޭނެ ގޮތަށް ބަންދުކޮށްފައިވާ ކަމަށް މުއާވިޔަތު ވިދާޅުވިއެވެ. އެގޮތުން އެރަށުގައި ހުންނަ ބޮޑު ދެ ނިކަގަސް ހިމެނޭ ސަރަހައްދު ބަންދު ކޮށްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

އޮކްޓޫބަރު މަހުގެ 14 ވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި 57 އަހަރުގެ މަހުމޫދު ގެއްލިގެން ހޯދަނިކޮށް ފެނުނީ ބޮލަށާއި ފަޔަށް ގޯއްޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އެލުވާފައިވަނިކޮށެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ. އަދި ވަޅުން ނެގި ވަގުތު ވަރަށް ގިނަ ލޭ ފޭބިއެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި އެރަށުގެ ރައްޔިތުން އެންމެ ފުރަތަމަ ދެމީހަކަށް ތުހުމަތު ކުރިއެވެ. އެ ދެމީހުން ވެސް ތިބީ ފުލުހުން ބަންދުގައެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު