Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޗެފް ޑި މިޝަނަރަކަށް ޖަވާ ހަމަޖެއްސުން

ކޮމަންވެލްތު ގޭމްސްގެ ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ޖަވާ

17 އޮކްޓޯބަރު 2021 | އާދީއްތަ 14:17

މިއީ ޗެފް ޑި މިޝަނަރެއްގެ މަގާމު ޖަވާ އަދާކުރާނެ ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 17 އޮކްޓޯބަރު 2021 | އާދީއްތަ 14:17
އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)

އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)

އަންނަ އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ހަމަޖައްސައިފިއެވެ.

ކޮމަންވެލްތު ގޭމްސް އޮންނާނީ އަންނަ އަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ނިޔަލަށް އިންގްލެންޑުގެ ބާމިންހަމްގައެވެ. މި ގޭމްސްގައި ރާއްޖޭން ބައިވެރިވާ ކުޅިވަރުތައް ކަނޑައަޅާނީ އަންނަ އަހަރުގެ ކުރީކޮޅުގައެވެ.

އާދީއްތަ ދުވަހުގެ ވަގުތެއްގައި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) އިން ވަނީ ކޮމަންވެލްތު ގޭމްސްގައި ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަރަށް ޖަވާ ހަމަޖައްސާފައެވެ. މިއީ މިފަދަ ގޭމްސްއެއްގައި ޗެފް ޑި މިޝަނަރުގެ މަގާމު ޖަވާ އަދާކުރާނެ ފުރަތަމަ ފަހަރެވެ. "ރާއްޖެ.އެމްވީ" އަށް ދެއްވި އިންޓަވިއުއެއްގައި ޖަވާ ވިދާޅުވީ ކޮމަންވެލްތު ގޭމްސްގެ ރާއްޖޭގެ ޗެފް ޑި މިޝަނަރުގެ މަގާމަށް ހަމަޖެއްސުމުން ވަރަށް އުފާވާ ކަމަށެވެ. އަދި މިހާ ދުވަހު ކުޅިވަރުގެ ތެރޭގައި އުޅުނުއިރު، މިފަދަ ގޭމްސްއެއްގައި ދިވެހި ކޮންޓިންޖެންޓުގެ ކަންކަން ބަލަހައްޓަން ލިބިގެންދިޔުމަކީ ލިބޭ ފަޚުރެއް ކަމަށްވެސް ވިދާޅުވިއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުކަންވެސް މީގެ ކުރިން އަދާކޮށްފައިވާ ޖަވާ އެންމެ ފުރަތަމަ އެފްއޭއެމާ ހަވާލުވީ 1999 ވަނަ އަހަރު އިދާރީ މުވައްޒަފެއްގެ ގޮތުގައެވެ. އޭގެ ފަހުން 2014 ވަނަ އަހަރު އެފްއޭއެމުގެ ކުރީގެ ރައީސް އިލްހާމް އަޙްމަދުގެ ދައުރުގައި ޖަވާ ވަނީ އެ އިދާރާގެ ޖެނެރަލް ސެކްރެޓެރީގެ މަގާމަށް އައްޔަނުކޮށްފައެވެ. އޭގެ ފަހުން އެފްއޭއެމުގެ ރައީސްގެ މަގާމަށް 2016 ވަނަ އަހަރު ބައްސާމް އަދީލް ޖަލީލް އިންތިޚާބުވެވަޑައިގަތުމަށްފަހުވެސް އެ އިދާރާގެ ޖެނެރަލް ސެކްރެޓެރީގެ މަގާމަށް އައްޔަނުކޮށްފައިވަނީ ޖަވާއެވެ.

މިހާރު އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ޖެހިޖެހިގެން ދެވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ޖަވާއަކީ އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ ޖެހިޖެހިގެން ދެވަނަ ދައުރަކަށް ކުރައްވަމުން އަންނަ ފުރަތަަމަ ބޭފުޅާއެވެ.

އަންނަ އަހަރު ބާއްވާ ކޮމަންވެލްތު ގޭމްސްގެ ރާއްޖޭގެ ޗެފް ޑި މިޝަނަރަކަށް ޖަވާ ހަމަޖެއްސިއިރު، ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ ކޮމަންވެލްތު ގޭމްސްއަކީ ދުނިޔޭގައި ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު އެއް ހަރަކާތެވެ. 18 ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި 4،000 ށްވުރެ ގިނަ އެތުލީޓުން ބައިވެރިވެއެވެ.

ރާއްޖެއިން 1986 ވަނަ އަހަރުން ފެށިގެން ވާދަކުރަމުން އަންނަ ކޮމަންވެލްތު ގޭމްސް އަދި ކޮމަންވެލްތު ޔޫތު ގޭމްސްއަކީ ރާއްޖޭގެ އެތުލީޓުން ދުނިޔޭގެ ފެންވަރުގެ އެތުލީޓުންނާ ވާދަކޮށްލަން ލިބޭ ރަނުގެ ފުުރުސަތެކެވެ. މި ފުރުސަތު ރާއްޖެއަށް ގެއްލުނީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކޮމަންވެލްތުން ވަކިވާން ރާއްޖެއިން ނިންމުމާ ގުޅިގެންނެވެ. ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހު، ރާއްޖޭން އަލުން ކޮމަންވެލްތާ ގުޅުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުއެވެ. އަދި މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ރާއްޖެއަށް ވަނީ ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ މެންބަރުކަން ލިބިފައެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 މެއި 2017

ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް

08 މެއި 2017
ރާއްޖޭގެ ދެވަނަ އަޔަން މޭން އަކަށް އާތިފް
27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
15 އެޕްރީލު 2017

ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ

15 އެޕްރީލު 2017
ރާއްޖޭގެ ދެ އަމްޕަޔަރުންނަށް ޔޫތު ނެޓްބޯލް ޗެމްޕިއަންޝިޕުން ފުރުސަތު ލިބިއްޖެ
15 އެޕްރީލު 2017

ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި

15 އެޕްރީލު 2017
ސައުދީގެ މައްޗަށް ރާއްޖޭގެ ބީޗް ވޮލީ ޓީމު ކުރި ހޯދައިފި
04 މާރިޗު 2017

ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި

04 މާރިޗު 2017
ޔޫތު ނެޓްބޯޅަ ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ސްކޮޑް ފައިނަލްކޮށްފި
28 ފެބުރުއަރީ 2017

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ
10 ފެބުރުއަރީ 2017

ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި

10 ފެބުރުއަރީ 2017
ކޫޑޯ ވޯލްޑްކަޕްގައި ވާދަކުރުމަށް ރާއްޖޭގެ އައްޝަމް އިންޑިއާގައި
03 ފެބުރުއަރީ 2017

ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް

03 ފެބުރުއަރީ 2017
ރާއްޖޭގެ މޮޅު ކުޅުންތެރިޔާ އެނބުރި ރަށަށް ދިއުމުން ރަތްދޫލައިގެ މަރުހަބާއެއް
03 ފެބުރުއަރީ 2017

ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ

03 ފެބުރުއަރީ 2017
ކޮމަންވެލްތު ގޭމްސްގައި ބޯލްޓް ބައިވެރިއެއް ނުވާނެ
24 ޖެނުއަރީ 2017

ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ

24 ޖެނުއަރީ 2017
ބައިނަލް އަގްވާމީ މެޗުތައް ރާއްޖޭގެ ވޮލީއަށް މުހިންމު: ސަތޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް