Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިދޭސީންނަށް ގާނޫނީ އެހީތެރިކަން ދެނީ

ބިދޭސީން ގާނޫނީ ގޮތުން ހޭލުންތެރިކޮށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚާއްސަ ހަަރަކާތެއް ޕީއައިއެލްސީން ފަށައިފި

ގިނަ އަދަދެއްގެ ބިދޭސީން ނިސްބަތްވާ ތިން ގައުމެއްގެ މާދަރީބަހުންނާއި އިނގިރޭސި ބަހުން މައުލޫމާތު ހިއްސާކުރެވި މީސްމީޑިއާގައި އާންމުކުރެވެމުން ދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 އޮކްޓޯބަރު 2021 | އާދީއްތަ 09:17
ގިޔާސުއްދީން ކުރިމަތީގައި ބިދޭސީން ކުރި މުޒާހަރާއެއްގެ ތެރެއިން

ގިޔާސުއްދީން ކުރިމަތީގައި ބިދޭސީން ކުރި މުޒާހަރާއެއްގެ ތެރެއިން

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އަމާޒުކޮށް ޤާނޫނީ ގޮތުން ހޭލުންތެރިކުރުވުމަށާއި، ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ޕަބްލިކް އިންޓްރެސްޓް ލޯ ސެންޓަރ (ޕީ.އައި.އެލް.ސީ) އިން 'މައިގްރަންޓްސް މެޓަރ' ގެ ނަމުގައި ކެމްޕެއިނެއް އިފްތިތާޙްކޮށްފިއެވެ.

މި ކެމްޕެއިންގައި މީސްމީޑިއާ މެދުވެރިކޮށް، ބިދޭސީންގެ އިތުރުން އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް އެ ސެންޓަރުން ބުނެއެވެ. އެގޮތުން ބިދޭސީންނަށް އަމާޒުކޮށް ފޯރުކޮށްދެވޭ މައުލޫމާތުތައް އެމީހުންނަށް ފަހުމްވާނެ ގޮތަށް، ގިނަ އަދަދެއްގެ ބިދޭސީން ނިސްބަތްވާ ތިން ގައުމެއްގެ މާދަރީބަހުންނާއި އިނގިރޭސި ބަހުން މައުލޫމާތު ހިއްސާކުރެވި މީސްމީޑިއާގައި އާންމުކުރެވެމުން ދާނެއެވެ. މިގޮތުން އެއް އަހަރު ދުވަހަށް ދެމިގެންދާ މިކެމްޕޭނުގައި އިސްކަންދެވޭނީ، ބިދޭސީންނަށް ލިބެންޖެހޭ އަސާސީ ހައްޤުތަކާއި، ދިރިއުޅުމުގައި އަދި މަސައްކަތުގައި ދިމާވާ ގޮންޖެހުންތައް، ހިއުމަންޓްރެފިކިންގ (އިންސާނީ ވަގުފާރި) އަދި ލޭބަރ ވައޮލޭޝަންސްއާ ގުޅޭ މައުލޫމާތު ހިއްސާކޮށްދިނުމަށެވެ.  ހަމައެއާއެކު، މިކެމްޕޭނުގެ ދަށުން ހިލޭސާބަހަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ލީގަލް އެއިޑް ކޭމްޕްތަކެއް ރާއްޖޭގެ 5 ރަށެއްގައި ހިންގުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

މި ކެމްޕޭނަކީ އޭޝިޔާ ފައުންޑޭޝަންގެ ސްމޯލް ގްރާންޓްސް ޕްރޮޖެކްޓްގެ ދަށުން ޕަބްލިކް އިންޓަރެސް ލޯ ސެންޓަރުން ކުރިއަށް ގެންދާ "ލޭބަރ މައިގްރޭޝަން އިން މޯލްޑިވްސް ޕްރޮޖެކްޓް" ގެ ދަށުން ހިންގޭ ކެމްޕޭނެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި މަސައްކަތްކުރާ ދެކުނު އޭޝިޔާގެ މަސައްކަތްތެރިން، ޚާއްސަކޮށް ބަންގްލަދޭޝްގެ މަސައްކަތްތެރިންނަށް ދިމާވާ އެކިއެކި ގޮންޖެހުންތަކާއި އެއާ ގުޅޭ ހައްލުތައް ފާހަގަކޮށް، އެކްޝަން ޕްލޭނެއް ތައްޔާރުކުރުމަށް ރޭވިފައިވެއެވެ.

މީގެ އިތުރުން ފާހަގަ ކުރެވޭ މައިގަނޑު ކަންތައްތައް ރިކޮމެންޑޭޝަންތަކެއްގެ ސިފައިގައި ސަރުކާރަށް ފޯރުކޮށްދިނުމަށް ވެސް ރޭވިފައިވެއެވެ. މިގޮތުން ސަރުކާރުގެ ކަމާ ގުޅޭ މުއައްސަސާތަކާ ގުޅިގެން، އެފަރާތްތަކުން ފޯރުކޮށްދޭ މައުލޫމާތުތަކާއި ދިމާވާ ގޮންޖެހުންތަކަށް އަލިއެޅުވުމަށްފަހު، ބިދޭސީ މަސައްކަތްތެރިންނާއި ގުޅުންހުރި ކަންކަން ހައްލުކުރުމަށްޓަކައި ކުރެވެމުންދާ މަސައްކަތަށް އެހީއެއްގެ ގޮތުގައި މިޕްރޮޖެކްޓުގެ ފަރާތުން އެއްކުރެވޭ މައުލޫމާތު ވެގެންދިޔުމަކީ ޕީ.އައި.އެލް.ސީގެ އެއް އަމާޒެވެ.

އެންމެފަހުގެ އަންދާޒާގެ ދަށުން ދިވެހިރާއްޖޭގައި މިހާރު 234،000 ބިދޭސީން މަސައްކަތްތެރީންގެ ގޮތުގައި ދިރިއުޅެމުން އެބަދެއެވެ. ދިވެހިރާއްޖޭގައި ބިދޭސީންގެ ހައްޤުގައި ދިވެހިންނާއި ބިދޭސީން މީސްމީޑިއާގައި ވަކާލާތުކުރަމުންދާއިރު، ޕީ.އެލް.އައި.ސީގެ މިޕްރޮޖެކްޓަކީ، އިންސާނީ ވަގުވިޔަފާރި ހުއްޓުވުމަށް ޤައުމީ ފެންވަރުގައި ކުރާ މަސައްކަތްތަކަށާއި ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތަކަށް ދާއިމީ ހައްލަކަށް ދިއުމަށް އެޅޭނެ މުހިއްމު ފިޔަވަޅެކެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
20 ޖެނުއަރީ 2017

ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ

20 ޖެނުއަރީ 2017
ޓިވެޓް ޕްރޮގްރާމުތަކަށް ޖަރުމަން ސަރުކާރުގެ އެހީތެރިކަން ހޯދަނީ
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު