Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލޯންޗުން ގެއްލުނު ކުޑަކުއްޖާ

ލޯންޗުން މޫދަށް ވެއްޓުނު ކުޑަކުއްޖާ ހޯދުމަށް އާންމުންގެ އެހީތެރިކަމަށް އެދެފި

އެކުއްޖާއާ ބެހޭ އެއްވެސް ޚަބަރެއްވޭތޯ އެސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި، އެހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 އޮކްޓޯބަރު 2021 | ހޮނިހިރު 16:58
ލޯންޗުން ކުއްޖާ ވެއްޓުނުތަން

ލޯންޗުން ކުއްޖާ ވެއްޓުނުތަން

ލޯންޗުން މޫދަށް ވެއްޓުނު އުމުރުން 4 އަހަރުގެ ކުޑަކުއްޖާ ހޯދުމަށް އާންމުންގެ އެހީއަށް އެމްއެންޑީއެފުން އެދިއްޖެއެވެ.

މި ހާދިސާގައި ގެއްލިފައިވަނީ ވ. ފުލިދޫއަށް ނިސްބަތްވާ އުމުރުން 4 އަހަރުގެ ޖައިޝް ޖިނާހްއެވެ. އެމްއެންޑީއެފް އިން ބުނީ ހޮނިހިރު ދުވަހު މާލެއިން ވ. އަތޮޅަށް ދަތުރުކުރި ލޯންޗަކުން 4 އަހަރުގެ ފިރިހެން ކުއްޖަކު ކަނޑަށް ވެއްޓި ގެއްލުމާ ގުޅިގެން ,އެކުއްޖާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑާއި އާއިލާގެ ފަރާތުން ކުރަމުންދާ ކަމަށެވެ. އަދި އެކުއްޖާއާ ބެހޭ އެއްވެސް ޚަބަރެއްވޭތޯ އެސަރަޙައްދުން ދަތުރުކުރާ އުޅަނދު ފަހަރުންނާއި އެހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ ކޯސްޓްގާޑްގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

Advertisement - newsAdvertisement

އެކުއްޖާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް, ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުމަށާއި, އަދި ފެކްސް ކުރައްވާނަމަ 3391665 ނަމްބަރަށް ފެކްސް ކުރުމަށް އެމްއެންޑީއެފް އިން އެދެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޅ. އޮޅުވެލި ރިސޯޓުގެ އިރު ދެކުނުން 1 ނޯޓިކަލް މޭލުންކަމަށް ލަފާކުރެވޭ ކަމަށާއި, އެކުއްޖާ ލައިގެން ހުރީ ކަޅު ކުލައިގެ ޓީޝާޓެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މިހާދިސާގެ މަޢުލޫމާތު ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ 17:10ގައި ކަމަށާއި, އަދި ކޯސްޓްގާޑް ޝިޕް ޝަހީދު އަލީ މިހާރު އެސަރަހައްދުގައި އެ ކުއްޖާ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.

މި ހާދިސާގައި އެ އެ ލޯންޗުން މޫދަށް ވެއްޓުނު ތިން މީހުންގެ ތެރެއިން ދެ މީހުން މިހާރު ފެނިފައިވާއިރު, ފެނުނު މީހުންގެ ތެރޭގައި އެކުއްޖާގެ މަންމަ ހިމެނެއެެވެ. އެހެންނަމަވެސް ކުއްޖާގެ މަންމަ ފެނުނު އިރު އޮތީ ނިޔާވެފައެވެ. އެއީ ކ. މާލެ ގްރީންޕީކް، 33 އަހަރުގެ މަރިޔަމް ނާހިދާއެވެ.

ރާއްޖެއެމްވީއަށް ކ. ގުރައިދޫ ހެލްތު ސެންޓަރުން ބުނީ, އަންހެން މީހާ އެ ސެންޓަރަށް ގެނެސްފައިވަނީ ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:35 ހާއިރު ކަމަށާއި، ގެނައި އިރުވެސް ނިޔާވެފައިވާ ކަމަށެވެ. އަދި އިތުރު ފިރިހެނެއްވެސް އެ ސެންޓަރަށް ގެނެސްފައިވެއެވެ. އޭނާގެ ބޯފަޅައިގެން ގޮސްފައިވެއެވެ.

ފުލުހުން ބުނީ މާލެއިން ވ. އަތޮޅަށް ދަތުރުކުރި ލޯންޗެއް އޮޅުވެލި ކައިރިން ދިޔަވެ އަޑިއަށް ދާކަމުގެ މައުލޫމާތު ހޮނިހިރު ދުވަހުގެ 5:06ހާއިރު ލިބިފައިވާ ކަމަށެވެ.

މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ދުވަސްވަރަކަށް ވާއިރު ކަނޑުދަތުރުކުރާއިރު ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އަންނަނީ އިލްތިމާސްކުރަމުންނެވެ.

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް

09 ފެބުރުއަރީ 2017
ސިޔާސީ މިނިވަންކަން ހޯދުމަށް ރައްޔިތުން ތެދުވަން ވެއްޖެ:ޑރ ޖަމީލް
06 ފެބުރުއަރީ 2017

އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ

06 ފެބުރުއަރީ 2017
އެސްއޯއެފް އަތުން 160 މިލިޔަން ރުފިޔާ ހޯދުމަށް ކުރާ ދައުވާގެ ޗިޓެއް ނުލިބޭ: އެމްއެމްޕީއާރުސީ
05 ފެބުރުއަރީ 2017

މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި

05 ފެބުރުއަރީ 2017
މަސް ހިފަން މޫދަށްފޭބި ތިން މީހުން އެމްއެންޑީއެފް އިން ހޯދައިފި
24 ޖެނުއަރީ 2017

އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ

24 ޖެނުއަރީ 2017
އެސްއޯއެފް އަތުން 165 މިލިޔަން ރުފިޔާ ހޯދުމަށް އެމްއެމްޕީއާރުސީން ކުރާ ދައުވާގެ މައްސަލައި ބަޔާންތައް ބަދަލު ކޮށްނިމެއްޖެ
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު