Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޅަވިޔަނި ފުޓްބޯޅަ ޗެމްޕިއަންޝިޕް

ޅަވިޔަނި ފުޓްބޯޅަ ޗެމްޕިއަންޝިޕުގައި ބައިވެރިވާން ހުޅުވާލައިފި

17 އޮކްޓޯބަރު 2021 | އާދީއްތަ 13:43

ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ

އަތޫފް އާތިފް
އަތޫފް އާތިފް | 17 އޮކްޓޯބަރު 2021 | އާދީއްތަ 13:43
ހިންނަވަރު ޓާފް ދަނޑުގައި މީގެ ކުރިން ކުޅުނު ފުޓްބޯޅަ މެޗެއްގެ ތެރެއިން

ހިންނަވަރު ޓާފް ދަނޑުގައި މީގެ ކުރިން ކުޅުނު ފުޓްބޯޅަ މެޗެއްގެ ތެރެއިން

ޅ. ހިންނަވަރު ކޮމިއުނިޓީ ސެންޓަރުން އިސްނަގައިގެން ހިންނަވަރު ކައުންސިލާއި ގުޅިގެން ބާއްވާ "ޅަވިޔަނި ފުޓްބޯޅަ ޗެމްޕިއަންޝިޕް 2021" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހިންނަވަރު ކޮމިއުނިޓީ ސެންޓަރުން ބުނީ މި މުބާރާތަކީ ޅ. އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށާއި، މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގައި ރަށުން ބޭރުގެ ދެ ކުޅުންތެރިން ހިމެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އަދި ކޮންމެ ރަށަކުންވެސް އެއް ޓީމަށްވުރެ ގިނަ ޓީމަށް ބައިވެރިވެވޭނެ ކަމަށްވެސް ހިންނަވަރު ކޮމިއުނިޓީ ސެންޓަރުން މައުލޫމާތުދެއެވެ.

މި މުބާރާތުގެ މަގުސަދަކީ ޅ. އަތޮޅުގައި ކުޅިވަރުގެ ރޫހު އާލާކުރުމާއި، އަތޮޅުގެ ރަށްތަކުގެ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ޝައުގުވެރިކަމާއި އެކުވެރިކަން އުފައްދައި، ކުޅިވަރުގެ ރީތި އާދަތަކުން އަތޮޅުގެ ރަށްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އިތުރުން، ކޮވިޑް-19 އާ ގުޅިގެން އައިސްފައިވާ ހީނަރުކަމުން މުޖުތަމައުއަށް ނިއު ނޯމަލްގައި ދިރިއުޅުމުގެ ތެރެއިން ކުޅިވަރު ކުޅުމަށް މަގުފަހިކޮށްދިނުން ކަމަށް ހިންނަވަރު ކޮމިއުނިޓީ ސެންޓަރުން ބުނެއެވެ.

މި މުބާރާތުގެ މެޗުތައް ކުޅޭނީ ހިންނަވަރު ޓާފް ދަނޑުގައެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށްވެސް 5،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅަންޖެހޭ ސުންގަޑިއަކީ އަންނަ ނޮވެމްބަރު މަހުގެ ހަތަރެއްވާ ބުރާސްފަތި ދުވަހުގެރޭ 23:00 ގެ ކުރިން ހިންނަވަރު އިޖުތިމާއީ މަރުކަޒުގެ އޮފީހަށެވެ. ނުވަތަ 7513137 ފޯނު ނަންބަރަށް ވައިބާ ކުރެވިދާނެ ކަމަށްވެސް ހިންނަވަރު ކޮމިއުނިޓީ ސެންޓަރުން މައުލޫމާތުދެއެވެ.

ޅ. އަތޮޅަކީ 15،000 އަށްވުރެ ބޮޑު އާބާދީއެއް ހިމެނޭ އަތޮޅެކެވެ. އެހެންކަމުން މި މުބާރާތް ބެލުމަށް އެކި ރަށްތަކުން 2،000 އަށްވުރެ ގިނަ މީހުން ހިންނަވަރަށް އަންނާނެ ކަމަށް ހިންނަވަރު ކޮމިއުނިޓީ ސެންޓަރުން ވަނީ ލަފާކޮށްފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

10 ފެބުރުއަރީ 2017

ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް

10 ފެބުރުއަރީ 2017
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ނިއު ރޭޑިއަންޓް ހއ ކެލައަށް
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
06 ފެބުރުއަރީ 2017

އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

06 ފެބުރުއަރީ 2017
އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް

02 ފެބުރުއަރީ 2017
ގާނާގެ ރެކޯޑާ އެއްވަރުކޮށް، މިސްރުން އެފްރިކާ ބައްރު ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް
02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
30 ޖެނުއަރީ 2017

ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް

30 ޖެނުއަރީ 2017
ދެބެންގެ ލަޑުތަކުން ގާނާ އެފްރިކާ ބައްރުގެ ފުޓްބޯޅަ މުބާރާތުގެ ސެމީއަށް
25 ޖެނުއަރީ 2017

ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި

25 ޖެނުއަރީ 2017
ނިއުގެ އެކަޑެމީގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް