Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ފުލުހުންނަށް ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދެވޭތަ؟

މައްސަލައެއް ރި،ޕޯޓު ނުކުރާނަމަ އެކަމެއް ބެލުމުގެ ޒިންމާ ނޯންނަ ކަމަށް ބުނޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2021 | ހޮނިހިރު 10:32
ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރުމަށް ދައުލަތުން އެތައް ޚަރަދެއް ކުރޭ

ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފުޅާ ކުރުމަށް ދައުލަތުން އެތައް ޚަރަދެއް ކުރޭ

ކަމެއް ފެށިގެން އަންނައިރު އެއީ ކިހާ ވަރެއްގެ ކަމެއްކަން ހޯދުމަށް ފުލުހުން ފާރަވެރިވާން ޖެހެއެވެ. އަލިފާންގަނޑެއް އޭގެ ޒާތުގައި ބޮޑުވެ މުޅިތަން އަނދާ އަޅިއަށް ހަދާއިރު ފުރަތަމަ ފެންނާނީ ދުމެވެ. އެ ދުންގަނޑު އަރާ ހިސާބުން ދެން އަޅަން ޖެހޭ ފިޔަވަޅުތައް ނޭޅިއްޖެނަމަ ލިބޭނީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެކެވެ. މުޖުތަމައުގައި މިފަދަ ކަންކަން ބަލާ ފާރަވެރިވާން ތިބޭ ބަޔަކީ ފުލުހުންނެވެ. ރައްޔިތުން ރިޕޯޓު ކުރިޔަސް ނުކުރިޔަސް ރައްޔިތުންނަށް ރައްކާތެރިކަމާއި, ސަލާމަތްތެރިކަން ފޯރުކޮށްދިނުމަށް ހުވާކޮށްގެން ތިބޭ ބަޔަކީ ފުލުހުންނެވެ.

އެކަން އެމަގުން ނުދާނަމަ ރައްޔިތުން އެ މުއައްސަސާއަށް އިތުބާރެއް ނުކުރާނެއެވެ. މިހާރު ވަނީވެސް އެހެންނެވެ. ވެށީގައި ކުށް ގިނަވެ, ފުލުހުންނަށް އެކަންކަން ނުބެލޭކަން ރައްޔިތުންނަށް ވަނީ ޔަގީންވެފައެވެ. ކުދި މުޖުތަމައުތަކުގައި ހިނގާ ކުށްތައް ފުލުހުންނަށް ނުބެލި މީހެއްގެ ފުރާނަ އަނިޔާވެރި ގޮތަކަށް ދުއްވާލާތާ އެތައް ގަޑިއިރެއް ފަހުން ދެން ފުލުހުން އެކްޓިވޭޓްވުމުގެ މާބޮޑު ބޭނުމެއް ވެސް ނޯވެއެވެ. އޭރު އޮންނަނީ ވާނެ ހުރިހާ ކަމެއް ވެ ނިމިފައެވެ. ކުދި އާބާދީތަކުގައި މިކަންކަން މިހެން އޮތް އިރު, ބޮޑެތި އާބާދީތަކުގައި ކަން އޮންނާނީ އަދި މިއަށްވުރެވެސް ގޯސްކޮށެވެ. އެހެންކަމުން ރައްކާތެރިކަން ލިބިދެވެނީ ކިހާވަރަކަށްތޯ މިވަނީ ސުވާލު އުފެދިފައެވެ.

ފުލުހުންގެ މަސައްކަތް ފެށެނީ މީހަކު މައްސަލއެއް ހުށަހަޅާ ހިސާބުންތޯ މީހުން ސުވާލު ކުރެއެވެ. ފުލުހުންގެ މޮޓޯ "ޓު ޕްރޮޓެކްޓް އެންޑް ސާރވް" ފެށެނީ މިހާހިސާބުން ތޯއެވެ. ކުޑަ ރަށެއްގައި ހިނގާ ދިޔަ އެކްސިޑެންޓަކާ ގުޅިގެން ހިނގާ ކަންތަކުގައި ރަށުގެ ރައްޔިތުން އެމީހާ ހަވަރަށްދީ, ހުރިހާ ކަމެއް ކުރާއިއިރު, މީހަކު މައްސަލައެއް ހުށަނާޅާތީ އެމައްސަލަ ބެލުން ފުލުހުންގެ ސިޔާސަތުގެ ތެރޭގައި ނޯންނަނީ ހެއްޔެވެ. އެކަން ހަމަ އެހެންވާން އެ ރަށެއްގައި އުޅޭ ފުލުހުން ދޫކޮށްލަނީ ހެއްޔެވެ.

ކުޑަ ރަށަކަށް ބަޔަކު ގޮސް އެރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް, އެރަށުގެ ޒުވާން ޖީލު ހަލާކު ކުރަމުންދާއިރު ބަޔަކު އެކަމުގެ ރިޕޯޓު ނުކުރާނަމަ އެކަމުގައި ފުލުހުން އެމީހުންގެ ޒިންމާ އަދާ ކުރުން ނޯންނަނީ ތޯއެވެ. މީހަކު ރިޕޯޓު ނުކުރާނަމަ ފުލުހުންނަށް ހަމަ އެކަން ނޭގެނީ ތޯއެވެ. ފުލުހުންނަށް ރައްޔިތުންގެ އިތުބާރު ގެއްލެނީ މިހެން މިކަންކަން ހިނގާތީއެވެ.

ރަށްރަށުގައި ފުލުހުން ބައިތިބައިގެން ދައުލަތުން ބޮޑެތި ޚަރަދު ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށެވެ. އެ ނޫން ބޭނުމެއްގައެއް ނޫނެވެ. ފުލުހުންނަކީ ހަމައެކަނި ދިވެހި ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަށަވަރުކުރުމަށް ގާނޫނުން އެމީހުންގެ މައްޗަށް ލާޒިމް ކޮށްފައިވާ ބައެކެވެ. ހަނގުރާމައެއް ކުރަން ޖެހެނީއެއް ނޫނެވެ. ދިވެހިންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ނުވާނަމަ އެ ޚިދުމަތް އޮތުމުގެ ބޭނުމެއްވެސް ނެތެވެ. ރަށެއްގައި ހިނގާ ކޮންމެ ނުބައި ކަމަކާ އެރަށެއްގައި އުޅޭ ފުލުހުންނާ ގުޅުވަނީ އެކަމުގައި ކޮންމެވެސް ސަބަބެއް އޮންނާތީއެވެ. މީހުން ބުނެއެވެ. އަޑެއް ކިޔާފިއްޔާ ރެނދެއް ލާނެއެވެ. ކަމެއް ނުވެ ރަށެއްގެ ރައްޔިތުން އެވާހަކަ އެހެން ނުދާއްކާނެކަން ޔަގީނެވެ. ދައްކަން ވެއްޖެނަމަ ރަށުގައި ވިއްކާ ހުރިހާ މަސްތުވާ ތަކެއްޗާ ރަށު މުދިންބެއާވެސް ގުޅުވަންވީ ނޫން ހެއްޔެވެ. އެކަމަކު އެހެން އެވާހަކަ ނުދައްކައެވެ. ފުލުހުންނާ ގުޅުވައިގެން ވާހަކަ ދައްކާނީ ކޮންމެވެސް ކަމެއްވީމައެވެ. ރަށްރަށުގައި ވަޒީފާއަދާ ކުރާ ފުލުހުންނަށް ލިބޭ އާދަޔާ ޚިލާފު މުއްސަނދިކަން ބަލާނެ ކޮމިޝަނެއްވެސް ނެތެވެ. އެއީ ކިހިނެއް ލިބޭ ފައިސާއެއްތޯ ސުވާލު ކޮށްލާނެ މީހަކުވެސް ނެތީއެވެ.

ދަނގެތީގެ ހާދިސާއށް އެކަނި ބެލި ނަމަވެސް މިކަމުގައި އިހުމާލު އެބައޮތެވެ. ފުލުހުން ރިފޯމް ކުރުމުގެ މަސައްކަތް ފެށިކަމަށް ފުލުހުން ބުނާއިރު ރައްޔިތުންގެ އިތުބާރު އެ މުއައްސަސާއަށް ލިބޭނެފަދަ ގޮތަކަށް ރިފޯމް ކުރުން މުހިއްމެވެ. ރައްޔިތުން މިއަދު އުފައްދާނެ ސުވާލަކީ ރިފޯމް ކުރަނީ ކޮންކަންކަމެއް ތޯއެވެ. ކުޑަ ރަށެއްގައި މިދިޔަ ހަފުތާގައި ހިނގާދިޔަ އަނިޔާވެރި މަރުގެ ހާދިސާއަށް ނަޒަރު ހިންގާލިޔަސް ފުލުހުންގެ އިހުމާލު ފެނެއެވެ. ކަމާ ގުޅުންހުރި އިދާރާއިން ކުރިއާލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅިނަމަ މިއަދު އެހާދިސާ އެހެން ހިނގައި ދިޔުން ދުރުކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. ރަށުތެރޭގައި އެމީހުން ކުރާ ކަންކަމަށް ފުލުހުންގެ މޮޓޯގައި ބުނާ ފަދައިން ރައްކާތެރިކަން ދިނުމަށް ފާރަވެރިވި ނަމަ މަހުމޫދުބެގެ ދުނިޔޭގައި ހުރީސް ކަމަށް އެރަށު މީހުން ގަބޫލު ކުރެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

ފެނަކައިގެ އޮޑިޓް ރިޕޯޓް: ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށްދިން އިންޒާރެއްތަ؟

21 ސެޕްޓެމްބަރު 2017
ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

ރޮހިންޖާ މުސްލިމުން – ރައްޔިތުންނަށް ނުވާ ރައްޔިތުންގެ އަސްލު

14 ސެޕްޓެމްބަރު 2017
ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

ދުވާލު ރޯދައަށް ރޭނގަޑު ބަނޑަށް – ޔަމަންގެ ރައްޔިތުންގެ ރޯދަ

05 ޖޫން 2017
ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

ރައީސެވެ. ކިއްލާއިން ނުކުމެވަޑައިގެން ރައްޔިތުންގެ ޝަކުވާ އައްސަވާށެވެ.

31 މެއި 2017
ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

ކިތަންމެ ވަރަކަށް ހަރުގެ ޖަލްސާ ބޭއްވިޔަސް ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ!

26 މެއި 2017

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު