Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަވަހާރަކޮށްލި ޑޭވިޑް އޭމެސް

އަވަހާރަކޮށްލި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކީ ރާއްޖޭގެ ހައްގުގައި ވަކާލާތު ކުރެއްވި ރާއްޖެއާ ގާތް ބޭފުޅެއް

16 އޮކްޓޯބަރު 2021 | ހޮނިހިރު 02:40

ސަރ ޑޭވިޑް ވަނީ ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުން ނަގާ ޑިޔުޓީ އެހެން ގައުމުތަކަށްވުރެ ބޮޑުކަމުން އެއީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވެ ވާހަކަދައްކަވާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 16 އޮކްޓޯބަރު 2021 | ހޮނިހިރު 02:40
ސަރ ޑޭވިޑް އޭމެސް

ސަރ ޑޭވިޑް އޭމެސް

އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލި އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރ ސަރ ޑޭވިޑް އޭމެސް އަކީ އެކި ގޮތްގޮތުން ރާއްޖެއަށް ދަތިވެފައިވާ ކަންކަން ހައްލުކުރުމުގައި ވަކާލާތު ކުރެއްވި ބޭފުޅެކެވެ. ޔޫކޭ-މޯލްޑިވްސް އޯލް ޕާޓީ ޕާލަމަންޓްރީ ގްރޫޕްގެ ޗެއަރ ގެ ހައިސިއްޔަތުން ރާއްޖެއާއި އިނގިރޭސިވިލާތުގެ ގުޅުން ބަދަހިކުރުމުގައި އިސްރޯލެއް ވަނީ އަދާކުރައްވާފައެވެ. ރާއްޖެއާއި ގާތްގުޅުމެއް ބާއްވަމުން ގެންދެވި ސަރ ޑޭވިޑް އޭމެސް އަކީ ރާއްޖޭގެ ހައްގުގައި ވަކާލާތު ކުރައްވަމުން ގެންދެވި ބޭފުޅެއްވެސްމެއެވެ.

ސަރ ޑޭވިޑް އޭމެސް އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލުމާއި ގުޅިގެން ރާއްޖޭގެ ސިޔާސީ ފަރާތްތަކުން އެކަމުގެ ހިތާމަފާޅުކުރައްވަމުން ފާޅުކުރައްވާ އެންމެ ބޮޑު ޝުއޫރަކީވެސް ސަރ ޑޭވިޑް ރާއްޖެއަށް އެކި ގޮތްގޮތުން ވެވަޑައިގެންނެވި އެހީތެރިކަމާއި ޒަމާނުއްސުރެ ރާއްޖެއާއެކު ބާއްވަވަމުން ގެންދެވި އެކުވެރިކަމުގެ ގުޅުމުގެ ވާހަކައެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ ގެ 76 ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ސަރ ޑޭވިޑް ރާއްޖޭގެ ހައްގުގައި ވަކާލާތު ކުރައްވަމުން ދެއްކެވި ވާހަކަފުޅެއްގެ ވީޑިއޯއާއެކު ޓްވީޓެއް ކުރައްވާފައެވެ. 29 ސިކުންތުގެ އެވީޑިއޯގައި ސަރ ޑޭވިޑް ވަނީ ކޮވިޑްގެ ދަތި ދަނޑިވަޅުގައިވެސް ރާއްޖެއިން އިނގިރޭސިވިލާތަށް ބޭރުކުރާ މަހުން ނަގާ ޑިޔުޓީ އެހެން ގައުމުތަކަށްވުރެ ބޮޑުކަމުން އެއީ ގަބޫލުކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވެފައެވެ. އެގޮތުން އެހެން ގައުމުތަކަށް 5 އިންސައްތައިގެ ޓެރިފެއް ކަނޑައަޅާފައިވާއިރު ރާއްޖެއިން ބޭރުކުރާ މަހަށް 20 އިންސައްތަ ނަގަމުންދިޔުމަކީ ގަބޫލުކުރެވޭކަމެއް ނޫންކަމަށް ވިދާޅުވެ ވަކާލާތުކުރައްވައެވެ.

Advertisement - newsAdvertisement

އެންމެކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ލިސްޓަށް ރާއްޖެ އެރުމުގެ ސަބަބުން، ރާއްޖެއިން ޔޫރަޕުގެ ގައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ ބާވަތްތަކަށް ލިބެމުން އައި ޑިއުޓީގެ ޢިނާޔަތްވަނީ، 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ކަނޑާލާފައެވެ. އޭގެސަބަބުން ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓުކުރުމުން ލިބެމުންދިޔަ މަންފާ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ޔޫރަޕިއަން ޔޫނިއަނުން އިނގިރޭސިވިލާތް ވަކި ވުމާއި އެކު އެގައުމަށް ރާއްޖެއިން އެކްސްޕޯޓުކުރާ މަހުގެ ޑިއުޓީ ކުޑަ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއްކޮށް ކުރިން ނަގަމުން އައި 24 އިންސައްތައިގެ ބަދަލުގައި މިހާރު ނަގަމުން އަންނަނީ 20 އިންސައްތައެވެ. ރާއްޖެއިން މަސައްކަތްކުރަމުން އަންނަނީ ޑިޔުޓީ މިއަށްވުރެ ކުޑަކުރުމަށެވެ.

މިކަމުގައި ރާއްޖޭގެ ބަސް އިއްވަވަމުން ސަރ ޑޭވިޑް ގެންދެވިއިރު ޑޭވިޑްގެ ކުއްލި ވަކިވެގެންދިޔުމާއެކު މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ހިތާމައެއްގެ ގޮތުގައި ރާއްޖެއިން ގެންދަނީ ބުނަމުންނެވެ. އެގޮތުން ޝާހިދުގެ ޓްވީޓްގައި އެކަމާއި ހިތާމަކުރައްވާކަމަށް ވިދާޅުވެ ސަރ ޑޭވިޑަށް ދެވުނު ހަމަލާ ވަނީ ކުށްވެރިކުރައްވާފައެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުވެސް ވަނީ އެކަމުގެ ހިތާމަފާޅުކުރައްވާ އާއިލާއަށް ތައުޒިޔާ ވިދާޅުވެފައެވެ. އަދި ދެވުނު ހަމަލާ ކުށްވެރިކުރައްވާފައެވެ.

މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ސަރ ޑޭވިޑް އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމަފާޅުކުރައްވާ އެއީ ރާއްޖޭގެ ޒަމާންވީ އެކުވެރިއެއްކަމަށް ވިދާޅުވެފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ވަނީ ސަރ ޑޭވިޑް އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެ ދެގައުމުގެ ގުޅުން ބަދަހިކުރުމުގައި އިސްރޯލެއް އަދާކުރެއްވި ބޭފުޅެއްކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ރާއްޖެއިން އިނގިރޭސިވިލާތަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ ފަރަހަނާޒް ފައިސަލްވެސް ވަނީ ސަރ ޑޭވިޑް އަވަހާރަވުމާއި ގުޅިގެން އެކަމުގެ ހިތާމަފާޅުކުރައްވާފައެވެ. އަދި އެއީ އެކަމަނާ އާއި ރާއްޖޭގެ ގާތް ރަހުމަތްތެރިއެއްކަމަށް ވިދާޅުވިއެވެ.

ސަރ ޑޭވިޑް އަށް ހަމަލާ ދީފައިވަނީ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ލެއި އޮން ސީގެ ބެލްފެއާ މެތޮޑިސްޓް ޗާޗްގައި ބައްދަލުވުމެއް ކުރިއަށް ގެންދަވަނިކޮށެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އޭނާ އަވަހާރަކޮށްލާފައިވަނީ އެެއް ފަހަރަށްވުރެ ގިނަ ފަހަރު ވަޅިން ހަމަލާދިނުމަށްފަހެވެ. އުމުުރުން 69 އަހަރުގެ އޭމެސްއަކީ 1983ވަނަ އަހަރުން ފެށިގެން ކޮންޒަވޭޓިވް ޕާޓިގެ މެމްބަރެއްގެ ގޮތުގައި މަޖިލިސް މެމްބަރުކަން ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މިހަމަލާއާއި ގުޅިގެން 25 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ

07 ފެބުރުއަރީ 2017
ގާނޫނު ބަދަލު ކުރަނީ އިންތިޚާބަށް ވަގުންތަކެއް ނެރެންވެގެން: އީވާ
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް