Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް

ކީރިތި ގުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ބައިވެރިވުމަށް އެދޭ މުއައްސަސާތަކުން ޕޯޓަލްގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ޕޯޓަލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 14ން 18ގެ ނިޔަލަށް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 15 އޮކްޓޯބަރު 2021 | ހުކުރު 02:58
ގަުއުމީ ޤުރުއާން މުބާރާތް 2019

ގަުއުމީ ޤުރުއާން މުބާރާތް 2019

ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ބައިވެރިވުމަށް އެދޭ މުއައްސަސާތަކުން ޕޯޓަލްގައި ރަޖިސްޓްރީވުމަށް ހުޅުވާލައިފިއެވެ.

ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުން ބުނީ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ މުއައްސަސާތަކުން ޕޯޓަލްގައި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މި މަހުގެ 14ން 18ގެ ނިޔަލަށް ރަޖިސްޓްރީވެވޭނެ ކަމަށެވެ. މި މުބާރާތުގައި ބައިވެރިވާން އެދޭ އަތޮޅު ކައުންސިލްތަކާއި، ގްރޭޓަރ މާލޭ ސަރަހައްދުގެ ސުކޫލްތައް އަދި ޤުރްއާން ކުލާސްތަކާއި ޤުރްއާން އުނގަންނައިދޭ މަރުކަޒުތަކާއި ކުލަބް ޖަމްޢިއްޔާތަކާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކުން މި މުއްދަތުގައި ރަޖިސްޓްރީ ކުރަންވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ. މި ލިންކްwww.qc.nchq.gov.mvމެދުވެރިކޮށް ރަޖިސްޓަރ ކުރެވޭނެއެވެ.

މުއައްސަސާ ރަޖިސްޓްރީކޮށް ނިމުމުން މުބާރާތުގައި ރަޖިސްޓްރީވާ މުއައްސަސާތަކަށް އެ މުއައްސަސާތަކުން ބައިވެރިން ރަޖިސްޓަރީ ކުރުމަށް 20 އޮކްޓޯބަރުން 26 އޮކްޓޯބަރު ގެ ނިޔަލަށް ފުރުޞަތު ހުޅުވާލެވޭނެ ކަމަށް ވެސް ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރްކަޒުން ބުންޏެވެ.

މުބާރާތުގައި ބައިވެރިވާ ބައިވެރިންގެ ތެރެއިން ބަލައިގެން ކިޔެވުމުގެ ބައިގައި ބައިވެރިވާ ބައިވެރިންގެ ކިޔެވުމުގެ ރެކޯޑިންގ ހުށަހަޅާނީ 15 ނޮވެމްބަރުން 28 ނޮވެމްބަރުގެ ނިޔަލަށް ޕޯޓަލްއަށެވެ. އަދި ނުބަލާ ކިޔެވުމުގެ ބައި ކުރިއަށް ދާނީ 19 ޑިސެމްބަރުން 25 ޑިސެމްބަރުގެ ނިޔަލަށް ލައިވް ކޮށެވެ.

ކީރިތި ޤުރްއާނާބޭހޭ ޤައުމީ މަރުކަޒުން އިންތިޒާމު ކޮށްގެން ބާއްވާ ކީރިތި ޤުރްއާން ކިޔެވުމުގެ 34 ވަނަ ޤައުމީ މުބާރާތަކީ ދިވެހިންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ލޯބިޖައްސުމަށާއި، ކީރިތި ޤުރްއާން ހިތުދަސްކުރުމަށާއި، ތަޖްވީދުމަގަށް ޤުރްއާން ކިޔެވުމަށް ހިތްވަރުދިނުމަށާއި، ޤާރީންނާއި ޙާފިޡުން  އުފެއްދުމަށް ބާރު އެޅުމާއި ހިތްވަރު ދިނުމަށާއި، ބައިނަލް އަޤްވާމީ މުބަރާތްތަކަށް ބޭނުންވާ ބައިވެރީންގެ އާރެއް އުފެއްދުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

ޤުރުއާން

އިތުރަށް ކިޔާލަން

25 ޖޫން 2025

އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި

25 ޖޫން 2025
އަންނަ މަހުން ފެށިގެން ހާފިޒުންގެ އެލަވަންސް ދެގުނަ ބޮޑު ކުރަން ނިންމައިފި
16 މެއި 2025

ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ

16 މެއި 2025
ރަސޫލާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَގެ ސުންނަތް ގަބޫލުނުކުރާ މީހުންނާމެދު ސަމާލުވާންޖެހޭ: ޚުތުބާ
19 އެޕްރީލު 2025

ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި

19 އެޕްރީލު 2025
ސައުދީ ސަރުކާރުން ރާއްޖެއަށް 25،000 މުސްހަފް ހަދިޔާކޮށްފި
03 ފެބުރުއަރީ 2025

މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް

03 ފެބުރުއަރީ 2025
މާލެސިޓީ ކައުންސިލްގެ 4 ވަނަ ޤުރުއާން މުބާރާތް އަދި މަދަހަ މުބާރާތަށް ބޮޑު ތަރުހީބެއް
12 ޑިސެމްބަރު 2024

ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ

12 ޑިސެމްބަރު 2024
ޕީއެސްއެމް އިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނައި މައްސަލަ ހޫނު ވެއްޖެ
12 ޑިސެމްބަރު 2024

ޕީއެސްއެމްއިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސްގެން ދެއްކި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެމްޑީޕީ މަޖިލިސް މެންބަރުން ގޮވާލައްވައިފި

12 ޑިސެމްބަރު 2024
ޕީއެސްއެމްއިން ޤުރުއާނުގެ އާޔަތްތަކަށް ބަދަލު ގެނެސްގެން ދެއްކި މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް އެމްޑީޕީ މަޖިލިސް މެންބަރުން ގޮވާލައްވައިފި
11 އޮކްޓޯބަރު 2024

ކުރިއަށް އޮތް ރަމަޟާން މަހު ވެސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ޤުރުއާން އަދި މަދަހަ މުބާރާތް ބާއްވާނެ: މޭޔަރު އާޒިމް

11 އޮކްޓޯބަރު 2024
ކުރިއަށް އޮތް ރަމަޟާން މަހު ވެސް ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ޤުރުއާން އަދި މަދަހަ މުބާރާތް ބާއްވާނެ: މޭޔަރު އާޒިމް
05 އޮކްޓޯބަރު 2024

ޤުރުއާން ހިތުދަސްކޮށްގެން މިއަހަރު ސަނަދު ހާސިލުކުރީ 28 ޙާފިޡުން

05 އޮކްޓޯބަރު 2024
ޤުރުއާން ހިތުދަސްކޮށްގެން މިއަހަރު ސަނަދު ހާސިލުކުރީ 28 ޙާފިޡުން
08 ޑިސެމްބަރު 2023

ކީރިތި ޤުރުއާނަށް އިހާނެތި ކުރުން ހުއްޓުވާ ގާނޫނެއް ޑެންމާކްގެ މަޖިލީހުން ފާސް ކޮށްފި

08 ޑިސެމްބަރު 2023
ކީރިތި ޤުރުއާނަށް އިހާނެތި ކުރުން ހުއްޓުވާ ގާނޫނެއް ޑެންމާކްގެ މަޖިލީހުން ފާސް ކޮށްފި
15 ނޮވެމްބަރު 2023

ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް އަންނަ އަހަރު ފެބްރުއަރީގައި ފަށަނީ

15 ނޮވެމްބަރު 2023
ޤުރްއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތް އަންނަ އަހަރު ފެބްރުއަރީގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު