Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ރާއްޖޭގެ ފަތުރުވެރިކަން

ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެން މައްޗަށް

އިންޑިއާ މާކެޓުން 211،062 ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2021 | ހުކުރު 02:43
ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އިންޑިއާ

ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އިންޑިއާ

އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 9 ލައްކައަށްވުރެ އިތުރުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މި ހިނގާ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މި އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ 923،146 އަށް އަރާފައެވެ. ރާއްޖެއަށް ފަތުރުވެރިން އަންނަ މާކެޓުތަކުގެ ތެރެއިން އެންމެ ކުރީގައި އުޅެނީ އިންޑިއާ މާކެޓެވެ. އިންޑިއާ މާކެޓުން 211،062 ފަތުރުވެރިން މިހާތަނަށް ރާއްޖެ އައިސްފައިވެއެވެ. 177،321 ފަތުރުވެރިންނާއެކު ރަޝިއާ އޮތީ ދެވަނައިގައެވެ. އަދި 60،463 ފަތުރުވެރިންނާއެކު ޖަރުމަނުވިލާތު ހިމެނެނީ ތިންވަނައިގައެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ 1ން 13ށް ރާއްޖެ އައިސްފައިވަނީ 52،284 ފަތުރުވެރިން ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 11 އިންސައްތައިގެ ދަށްވުމެކެވެ. އަދި 2020 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 585.8 އިންސައްތައިގެ ކުރިއެރުމެކެވެ. މި މުއްދަތުގައި ދުވާލެއްގެ މައްޗަށް 4،022 ފަތުރުވެރިން އަންނަކަމަށް ރެކޯޑުކުރެވިފައިވާއިރު، އެމީހުން 8 ދުވަހު ރާއްޖޭގައި މަޑުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފައިވެއެވެ.

އޯގަސްޓު މަސް ވެފައިވަނީ މި އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން އައި މަހަށެވެ. އެއީ 143،599 ފަތުރުވެރިންނެވެ. މި އަހަރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ސެޕްޓެމްބަރު މަހުއެވެ. އެއީ 114،896 ފަތުރުވެރިންނެވެ. އަދި ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މާޗް މަހުއެވެ. މާޗް މަހު 109،585 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، ހަތަރުވަނައަށް އެންމެ ގިނަ ފަތުރުވެރިން އައި ޖުލައި މަހު ރާއްޖެ އައިސްފައިވަނީ 101،818 ފަތުރުވެރިންނެވެ.

ކޮވިޑް-19ގެ ކުރިން ރާއްޖޭގައި ހުރި 1،102 ޓޫރިސްޓު އެކޮމޮޑޭޝަން ފެސިލިޓީގެ ތެރެއިން 888 ފެސިލިޓީ ވަނީ ޚިދުމަތަށް ހުޅުވާލާފައެވެ. އަދި 55،921 ބެޑް މިވަގުތު އެބަހުއްޓެވެ. މީގެ ތެރޭގައި ހިމެނެނީ 166 ރިސޯޓެއްގައި ހުރި 38،849 އެނދާއި، 782 ހޮޓާ އަދި ގެސްޓްހައުސްތަކުގައި ހުރި 14،110 އެނދުގެ އިތުރުން 159 ސަފާރީއެއްގައި ހުރި 2،962 އެނދެވެ. މިވަގުތު އެންމެ ގިނަ ގެސްޓްހައުސް ހިންގަމުންދަނީ ކ. އަތޮޅުގައެވެ. ކ. އަތޮޅުގައި 225 ގެސްޓްހައުސްއެއް މިވަގުތު ހިންގައެވެ. އަދި އއ. އަތޮޅުގައި 118 ގެސްޓްހައުސްއެއް ހިންގަމުންދާއިރު، އދ. އަތޮޅުގައި 65 ގެސްޓްހައުސްއެއް ހިންގަމުން ގެންދެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކުރުމަށް އަންނަ އަހަރު ހޯމް ސްޓޭ ޓޫރިޒަމް ފަށަން ސަރުކާރުން ވަނީ ނިންމާފައެވެ. މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ޚިދުމަތަށް އިތުރު އެނދުތައް އަންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. އަދި ހޯމް ސްޓޭ ޓޫރިޒަމް އިޝްތިހާރުކުރުމުގެ މަސައްކަތްތައް ފަށަން ތައްޔާރުވެފައިވާކަމަށާއި، މީގެ ސަބަބުން އަތޮޅުތެރެއަށް އިތުރު ކުރިއެރުންތަކާއި، ފައިދާތައް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ކުޑަ އަގެއްގައި ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ފަތުރުވެރިންގެ އަދަދު ވެސް އިތުރުވެގެންދާނެއެވެ.

މިނިސްޓްރީ އޮފް ޓުއަރިޒަމް

ކޮމެންޓް

އިތުރަށް ކިޔާލަން

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

އުސޫލާއި ޚިލާފަށް ބ. ބަތަލާގެ ބައެއް މަސައްކަތްތައް ކުރި މައްސަލަ ބަލާ، ގެއްލުމުގެ ބަދަލު ހޯދަން ލަފާ ދީފި

27 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މައްޗަށް

09 އޮކްޓޯބަރު 2025
ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް މަގާމުން ވަކި ކުރީ ސިޔާސީ ނުފޫޒުން!

03 ފެބުރުއަރީ 2025
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި

28 ޖެނުއަރީ 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު