Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނގެތީގައި މީހަކު މަރާލުން

މަޙްމޫދުގެ މަރާއެކު މުޅި ރަށަށް ސިހުން، ދެ މީހަކު ހައްޔަރުކޮށްފި

57 އަހަރުގެ މަޙްމޫދު މަރާލާފަައިވަނީ ވަރަށް އަނިޔާވެރިކޮށް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2021 | ބުރާސްފަތި 13:30
މަޙްމޫދުގެ ހަށިގަނޑު އެލުވާފައި އޮތް ވަޅު

މަޙްމޫދުގެ ހަށިގަނޑު އެލުވާފައި އޮތް ވަޅު

އދ. ދަނގެތީގައި އަނިޔާވެރި ގޮތަކަށް ވިޔަފާރިވެރިއެއް މަރާލުމާ ގުޅިގެން ދެމީހަކު ހައްޔަރު ކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަޙްމޫދު އަބޫބަކުރުގެ މަރާގުޅިގެން އެރަށުގެ ރައްޔިތުން ދެމީހަކަށް ތުހުމަތު ކުރެއެވެ. އެއީ ރަށަށް ގޮސް އުޅޭ އއ. ތޮއްޑޫ ދެމީހުންނެވެ. މިހާރު އެ ދެމީހުން ތިބީ ދަނގެތީ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައެވެ.

Advertisement - newsAdvertisement

57 އަހަރުގެ މަޙްމޫދު މަރާލާފަައިވަނީ ވަރަށް އަނިޔާވެރިކޮށްށެވެ. އޭނާގެ ބޮލަށާއި ފަޔަށް ގޯއްޏެއް ލައްވައި، ވަޅެއްގައި އެކޮޅުކޮޅުން އޮތީ އެލުވާފައެވެ. އޭނާއަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމުގެ ނިޝާންތައް ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

އެރަށުގެ ކައުންސިލްގެ ރައީސް މުޢާވިއަތު ރަޝީދު ވިދާޅުވީ, މަޙްމޫދަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި އޭނާއަކީ ބޮޑު ވިޔަފާރިވެރިއެއް ކަމަށެވެ. އެންމެންނާވެސް ގުޅިގެން މަސައްކަތްކުރާ މަޙްމޫދާ ޒާތީ އެއްވެސް މައްސަލައެއް އޮތް މީހަކު ނުހުންނާނެ ކަމަށެވެ. އަދި އޭނާގެ 4 ކުދިން ތިބޭ ކަމަށާއި، ކާފަ ކިޔާ ކުދިން ވެސް ތިބި ކަމަށް މުޢާވިއަތު ވިދާޅުވިއެވެ.

މޮނަލާޒް ރެސްޓޯރަންޓް ވެރިޔާ މަޙްމޫދަކީ އެރަށު ރައްޔިތުންނަށް ބޭނުންވާ ގޭހާއި ކާޑުގެ ބާވަތްތައް ރަށަށް ފޯރުކޮށްދޭ މީހާއެވެ. އަދި ބަގީގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެމުންދެއެވެ.

ބުދަ ދުވަހުގެ ރޭ މަޙްމޫދު ގެއިން ނުކުތީ ރާއްޖެއާއި އިންޑިއާ ބައްދަލުކުރި މެޗު ބެލުމަށްފަހުއެވެ. ނަމަވެސް އޭނާގެ ޚަބަރެއް ނުވުމުން އާއިލާއިން ކައުންސިލަށް ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުން ބުނީ ދަނގެތީގައި ގޯންޏަކަށް ލައި އެއްލާލައިފައި އޮތް މީހަކު ފެނިފައިވާ ކަމަށް ބުރާސްފަތި ދުވަހު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މަހިބަދޫއިން މިހާރު ފޮރެންސިކް ޓީމެއް ދަނީ ދަނގެތީގައި ހަރަކާތްތެރިވަމުންނެވެ.

މިމަރާ ގުޅިގެން އެރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިއީ މުޅި ރަށަށް ވެސް ގެނުވި ވަރަށް ބޮޑު ސިހުމެއްގެ ގޮތުގައި ކައުންސިލުން ސިފަކޮށްފައިވެއެވެ.

ދަނގެތިނަދީމް

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2025

މުއިއްޒު ވަޑައިގަންނަވާތީ "މުޅި ސަރުކާރު" ދަނގެތީގައި

05 އޮކްޓޯބަރު 2025
މުއިއްޒު ވަޑައިގަންނަވާތީ "މުޅި ސަރުކާރު" ދަނގެތީގައި
01 ފެބުރުއަރީ 2025

ސިނަމާލޭ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

01 ފެބުރުއަރީ 2025
ސިނަމާލޭ ބުރިޖު ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ
14 ޑިސެމްބަރު 2024

ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރަމުންދިޔަ ސާޖަންޓެއް ކުއްލިގޮތަކަށް ނިޔާވެއްޖެ

14 ޑިސެމްބަރު 2024
ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރަމުންދިޔަ ސާޖަންޓެއް ކުއްލިގޮތަކަށް ނިޔާވެއްޖެ
07 ޑިސެމްބަރު 2024

ދާންދޫ މަގުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

07 ޑިސެމްބަރު 2024
ދާންދޫ މަގުމަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
04 ޑިސެމްބަރު 2024

ކުޅުުދުއްފުށީ ބަނދަރު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވެފައިވަނީ ގެނބިގެން: ފުލުހުން

04 ޑިސެމްބަރު 2024
ކުޅުުދުއްފުށީ ބަނދަރު ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާ މަރުވެފައިވަނީ ގެނބިގެން: ފުލުހުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު