Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އޭއައި ޓެކްނޮލޮޖީ

ހަމައެއްލަމައެއް ނެތި އިންޓަރނެޓް ދޫކުރިހެން އޭއައި ދޫކުރަންވެއްޖެއްޔާ ދެން ވާނީ ކިހިނެއް؟

ޕީޓަރ ގްލަކްމަން ފާހަގަ ކުރެއްވި ގޮތުގައި، އިންޓަރނެޓް އުފަންވެގެން ދިޔަ ދިއުމަކީ، ޤާނޫނުތަކާއި ޤަވައިދުތަކަށް ގެއްލިގެން ދިޔަ ފުރުޞަތެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 27 އެޕްރީލު 2024 | ހޮނިހިރު 03:45
ހަލުވި ދުވެލީގައި ޓެކްނޮލޮޖީ ކުރިއަރުވާ، ތަރައްޤީ ކުރަމުން ދިޔައެއް ކަމަކު، އެ ދުވެލީގައި ޤާނޫނުތަކާއި، ޤަވައިދުތަކާއި އުސޫލުތައް ނުހެދި އޮންނަ ކަމީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ސަބަބެއް

ހަލުވި ދުވެލީގައި ޓެކްނޮލޮޖީ ކުރިއަރުވާ، ތަރައްޤީ ކުރަމުން ދިޔައެއް ކަމަކު، އެ ދުވެލީގައި ޤާނޫނުތަކާއި، ޤަވައިދުތަކާއި އުސޫލުތައް ނުހެދި އޮންނަ ކަމީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ސަބަބެއް

އާޓިފިޝަލް އިންޓެލިޖެންސްއަކީ ކޮމްޕިއުޓަރެއް، ކޮމްޕިއުޓަރުން ކޮންޓްރޯލް ކުރާ ރޮބޮޓެއް ނުވަތަ ސޮފްޓްވެއާއެއް، އިންސާނާގެ ސިކުނޑި ފަދައިން ތޫނުފިލި، ބުއްދިވެރި ގޮތަކަށް ވިސްނައިދިނުމުގެ އުސޫލެކޭ ދެންނެވިދާނެއެވެ. ނުރަސްމީ ދިވެހި ބަހުން، އެއީ މަސްނޫޢީ ތޫނިފިލަކެމުގެ ގޮތުގައިވެސް ސިފަ ކުރެވިދާނެއެވެ. ދޫ ފަރިތަ ނަމުން ނަމަ، އޭއައިއެވެ. އޭއައި ހާސިލް ކުރެވެނީ އިންސާނާގެ ސިކުނޑީގެ އުސޫލުތައް ދިރާސާކޮށް، ކޮގްނިޓިވް ޕްރޮސެސް ތަހުލީލުކޮށްގެންނެވެ. މި ދިރާސާތަކުގެ ނަތީޖާއިން ތޫނުފިލި ސޮފްޓްވެއަރތަކާއި އެކި ކަހަލަ ނިޒާމުތައް ތަރައްޤީ ކުރެވެއެވެ.

އިޖުތިމާޢީ އަދި ގުދުރަތީ ޢިލްމުތަކުގެ ތެރެއިން އެކި ފެންވަރުގައި ޢިލްމީ ޖަމާޢަތްތައް ބައިވެރިވާ ބައިނަލްއަޤުވާމީ އިއްތިޙާދު ނުވަތަ އިންޓަރނޭޝަނަލް ސައެންސް ކައުންސިލް (އައިއެސްސީ) އިން އޭޕްރިލް 22 ވަނަ ދުވަހު އާންމު ކުރި ރިޕޯޓަކީ، މި ދެންނެވި އޭއައި ޓެކްނޮލޮޖީއާ މެދު އަހަރެމެން އިންސާނުން ދިން ވަރުގަދަ އިންޒާރުގެ މެސެޖެކެވެ. އައިއެސްސީގެ ދިރާސާވެރިން ވަނީ އައު ޓެކްނޮލޮޖީތަކުގެ ވަނަވަރު ބަލާ، އެކަމާ ބެހޭ އިތުރު މައުލޫމާތު އެއްކޮށް، ރެގިއުލޭޓް ކުރުމަށް، ޤައުމުތަކުގެ ސަރުކާރުތަކަށް ގޮވާލާފައެވެ.

ހަލުވި ދުވެލީގައި ޓެކްނޮލޮޖީ ކުރިއަރުވާ، ތަރައްޤީ ކުރަމުން ދިޔައެއް ކަމަކު، އެ ދުވެލީގައި ޤާނޫނުތަކާއި، ޤަވައިދުތަކާއި އުސޫލުތައް ނުހެދި އޮންނަ ކަމީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ސަބަބެކެވެ. އަދު ކަންކަން ހިނގަމުން ދަނީ، ތަނެއްގެ ތެރޭގައި ވަކި މައުޟޫއަކަށް ވާހަކަދައްކާލާ ހިސާބުން، އެ ތަނެއްގައި ތިބި ބައެއްގެ މީސް މީޑިއާ ފީޑްތަކަށް، އަމިއްލަ އިޚްތިޔާރަކާ ނުލާ، އެ ކަމަކާ ގުޅޭ މަންޒަރުތައް ކެނޑިނޭޅި އަރަމުންދާ ފަދަ އުސޫލަކުންނޭ ދެންނެވުމަކުން ގޯހެއް ނެތެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި، ދަބަހެއްގެ ދެ ތިން ތަސްވީރު ބަލައިލައިފިނަމަ، އެ ނޫން އެއްޗެއް ހޯދަން ދެކަށް، މުޅިންހެންވެސް ފީޑަށް އަރަމުން ދާނީ އެކި ޒާތްޒާތުގެ ދަބަސް ވިއްކުމަށް ޖަހާފައި ވާ އިޝްތިހާރުތަކާއި، އެފަދަ ޚަބަރުތަކެވެ. މި ހުރިހާ ކަމެއް ގޮސް ގުޅެނީވެސް އަރޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީއިން ތަރައްޤީ ކުރާ އެލްގަރިދަމް ނިޒާމުތަކާއެވެ.

އައިއެސްސީގެ ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި މުސައްނިފު، ޕީޓަރ ގްލަކްމަން ފާހަގަ ކުރެއްވި ގޮތުގައި، އިންޓަރނެޓް އުފަންވެގެން ދިޔަ ދިއުމަކީ، ޤާނޫނުތަކާއި ޤަވައިދުތަކަށް ގެއްލިގެން ދިޔަ ފުރުޞަތެކެވެ.

ސިޔާސަތު ކަނޑައަޅުއްވާ ފަރާތްތަކުން، އާޓިފިޝަލް އިންޓެލިޖެންސްގެ ނުރައްކަލާއި ފައިދާ ވަޒަންކުރައްވަން ޖެހޭ ކަމަށްވެސް ގްލަކްމަން ފާހަގަ ކުރެއްވިއެވެ.

އދގެ އާންމު މަޖިލީހުގެ އަޣުލަބިއްޔަތުން މިދިޔަ މަރޗް މަހު ފާސް ކުރި ޤަރާރަކީ، އަރޓިފިޝަލް އިންޓެލިޖެންސްއާ ބެހޭ ފުރަތަމަ ބަވަނަވަންތަ ޤަރާރެވެ. އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާއި، ޒާތީ ނުވަތަ ޝަޚްސީ މައުލޫމާތާއި ވަނަވަރު ހިމާޔަތްކުރުމާއި، އޭއައި ޓެކްނޮލޮޖީގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތައް މޮނިޓަރ ކުރުމަށް، އެ ޤަރާނުން ހިތްވަރުދެއެވެ.

އެމެރިކާއިން ހުށަހަޅާ، އަދި ޗައިނާއާއި އިތުރު 120 އަށް ވުރެ ގިނަ ގައުމުން ކޯ ސްޕޮންސަރ ކޮށްފައިވާ އެ ޤަރާރުގައިވެސް ޕްރައިވެސީ ޕޮލިސީތައް ހަރުދަނާ ކުރުމަށް ވަކާލާތުކޮށްފައިވެއެވެ.

އޭއައި ޓެކްނޮލޮޖީގެ އަޑުފަށްގަނޑު އަހަރެމެންގެ ތެރޭގައި ގަދަވާން ފެށިތާ އަދި މާ ގިނަ އަހަރުތަކެއް މާޒިވެ ނުދިޔައެއް ކަމަކު، މި ޓެކްނޮލޮޖީއަކީ މީގެ ބައި ޤަރުނަށްވުރެވެސް ގިނަ ދުވަސް ކުރިން އުފެދުނު ޓެކްނޮލޮޖީއެކޭވެސް ދެންނެވިދާނެއެވެ. އެއީ 1950ގެ އަހަރުތަކުގެ ކުރީކޮޅެވެ. ކޮމިޕިއުޓަރ މެޝިންތަކުގައި ތޫނުފިލިކަން ހުރި މިންވަރު ވަޒަންކޮށް، އިންސާނީ ހަރަކާތްތައް ނަކަލު ކުރެވޭ ވަރު ބެލުމުގެ މަސައްކަތް ފެށި ދުވަސްވަރެވެ. އެއައި ޓެކްނޮލޮޖީ އުފައްދާ، ކުރިއެރުވުމުގެ އެންމެ ފުރަތަމަ ފުރަތަމަ ބޭނުމަކަށް ވީ، މައްސަލަ ހައްލުކުރުމާއި، އުނގެނުމާއި، ޕެޓަރން ދެނެގަތުން ފަދަ އިންސާނީ ބުއްދި ބޭނުންވާ މަސައްކަތްތައް އޮޓޮމޭޓް ކުރުމެވެ.

އިންޓަރނެޓްއަރޓިފިޝަލް އިންޓެލިޖެންސް ދުނިޔެ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!

ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!

04 ނޮވެމްބަރު 2025
ޓްރަމްޕް ގެ ހުވަފެނީ ޣައްޒާ ގައި ފެންނަނީ ބެލީ ޑާންސަރުންނާއި ނަތަންޔާހޫ ސަންބެޑް ގައި އޮންނަ މަންޒަރު

ޓްރަމްޕް ގެ ހުވަފެނީ ޣައްޒާ ގައި ފެންނަނީ ބެލީ ޑާންސަރުންނާއި ނަތަންޔާހޫ ސަންބެޑް ގައި އޮންނަ މަންޒަރު

26 ފެބުރުއަރީ 2025
ދުނިޔެ އިން އައިޓީ ޚިދުމަތް ކެނޑުނީ ކީއްވެ؟ ތަޖުރިބާކާރުން ބުނަނީ މުޅިން ހައްލުވާން ހަފްތާތަކެއް ނަގާނެ ކަމަށް!

ދުނިޔެ އިން އައިޓީ ޚިދުމަތް ކެނޑުނީ ކީއްވެ؟ ތަޖުރިބާކާރުން ބުނަނީ މުޅިން ހައްލުވާން ހަފްތާތަކެއް ނަގާނެ ކަމަށް!

20 ޖުލައި 2024
ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

ޒުވާން މެމްބަރު ފާޠިމާ، އޮސްޓްރޭލިއާގެ މަޖިލީހާއި ސަރުކާރު ގުޑުވާލީ ކީއްވެ؟

07 ޖުލައި 2024
ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

ހިޒްބުﷲއާއި އިޒްރޭލުގެ ކޯޅުން: އޮބާލެވޭ އެންމެ ނުބައި ފިތަކުންވެސް ވަރުގަދަ ހަނގުރާމައެއް!

02 ޖުލައި 2024

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު