Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދުނިޔެއިން އައިޓީ ޚިދުމަތް ކެނޑުން

ދުނިޔެ އިން އައިޓީ ޚިދުމަތް ކެނޑުނީ ކީއްވެ؟ ތަޖުރިބާކާރުން ބުނަނީ މުޅިން ހައްލުވާން ހަފްތާތަކެއް ނަގާނެ ކަމަށް!

މިއީ ދުނިޔޭގެ ތާރީޚްގައި އައިޓީގެ ޚިދުމަތް އެންމެ ބޮޑަށް ކެނޑިގެން ދިޔަ ފަހަރު ކަމަށާއި، އެހެން ނަމަވެސް މިފަދަ ކަމެއް ހިނގާފާނެ ކަމަށް ސައިބަރސެކިއުރިޓީ މެނޭޖަރުން ދެކޭތާ އެތައް އަހަރެއް ވެއްޖެއެވެ.

ރާއްޖެ އެމްވީ | 20 ޖުލައި 2024 | ހޮނިހިރު 12:36
ޖަރުމަނުގެ ބާލިން ބްރެންޑަންބާގް އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަސިންޖަރުން މަޑުކޮށްގެން

ޖަރުމަނުގެ ބާލިން ބްރެންޑަންބާގް އެއާޕޯޓުގައި ގިނަ އަދަދެއްގެ ފަސިންޖަރުން މަޑުކޮށްގެން

ހުކުރު ދުވަހު މުޅި ދުނިޔެއަށް ދިމާވި އައިޓީ ޚިދުމަތައް ބުރޫ އެރުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވެ, ހުއްޓުން އަރާފައިވާ ބައެއް ޚިދުމަތްތައް ހޮނިހިރު ދުވަހު އަލުން ފެށިފައި ވީ ނަމަވެސް، މައްސަލައިގައި އެންމެ ބޮޑަށް ޝާމިލްވާ ކަމަށް ބެލޭ ސައިބަރ ސެކިއުރިޓީ ޚިދުމަތް ދޭ ކްރައުޑްސްޓްރައިކްގެ ސީއީއޯ ޖޯޖް ކާރޓްޒް ބުނެފައިވަނީ މައްސަލަ މުޅިން ހައްލުވާން ހަފްތާތަކެއް ނަގާނެ ކަމަށެވެ.

ދުނިޔެއަށް މިހާތަނަށް ކުރިމަތިވި މިފަދަ އެންމެ ބޮޑު ޙާދިސާ ހިނގީ ކްރައުޑްސްޓްރައިކް އިން ހެދި ސޮފްޓްވެއަރ އަޕްޑޭޓް އެއްގެ ސަބަބުން ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ސައިބަރ ސެކިއުރިޓީގެ ރޮނގުން ދުނިޔޭގެ އެންމެ މަގްބޫލު އެއް ކުންފުނީގެ ގޮތުގައ ބެލޭ ކްރައުޑްސްޓްރައިކް ގެ ސީއީއޯ ޖޯޖް ކާރޓްޒް އެކްސް ގައި ހުކުރު ދުވަހު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އައިޓީ ޚިދުމަތް ހުއްޓުން އެރީ މައިކްރޮސޮފްޓް ވިންޑޯޒް އޮޕަރޭޓިންގ ސިސްޓަމް ގައި ބޭނުން ކުރާ އެކުންފުނީގެ ސައިބަރ ސެކިއުރިޓީ ސޮފްޓްވެއަރ އެއްގެ އަޕްޑޭޓެއް ގައި ހެދިފައި އިން ގޯހެއްގެ ސަބަބުން ކަމަށެވެ.

ކާރޓްޒް ވަނީ އައިޓީ ޚިދުމަތް ކެނޑުނު މައްސަލައިގައި ކަސްޓަމަރުންގެ ފަރާތުން ނިހާޔަތައް މާފަށް އެދޭ ކަމަށް ބުނެ އެކްސްގައި އެހެން ޕޯސްޓެއް ވެސް ޖަހާފައެވެ.

ކާރޓްޒް ބުނެފައިވަނީ މައްސަލަ ދިމާވީ ސެކިއުރިޓީ ފޫއަޅުވައިލައިގެން ދިން ސައިބަރ ހަމަލާއެއްގެ ސަބަބުން ނޫން ކަމުގެ ޔަގީން ކަން ދޭ ކަމަށެވެ. އެކުންފުނިން ސައިބަރ ސެކިއުރިޓީ ދޭ ފަރާތްތަކަށް ފުރިހަމަ ރައްކައުތެރިކަން އޮތް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ކްރައިޑްސްޓްރައިކް އާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މައްސަލަ ދިމާވީ ކްރައުޑްސްޓްރައިކުން އުފައްދާ ފެލްކަން ސެންސަރ ސޮފްޓްވެއަރ ބޭނުން ކުރާ ފަރާތްތަކަށެވެ. މެކް އަދި ލިނަކްސް އޮޕަރޭޓިންގ ސިސްޓަމް ބޭނުން ކުރާ ފަރާތްތަކަށް މައްސަލަ ކުރިމަތި ނުވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ކްރައުޑްސްޓްރައިކް އިން ބުނެފައިވަނީ ފެލްކަން އަކީ ކްލައުޑް ގައި ރައްކާކުރާ ފައިލްތަކުގެ ސަލާމަތައް ޚާއްސަ ސޮފްޓްވެއަރ އެއް ކަމަށެވެ.

ކްރައުޑްސްޓްރައިކްގެ ސައިބަރ ސެކިއުރިޓީ ސޮފްޓްވެއަރ އަކީ ދުނިޔޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކާއި، ބޭންކުތަކާއި، އެއަރލައިންތަކާއި އަދި ސިއްހީ ޚިދުމަތްދޭ ތަންތަނުގައި ސައިބަރ އެޓޭކް ތަކާއި، ހެކް ކުރުމުގެ ނުރައްކަލުން ރައްކައުތެރިކަން ހޯދަން ބޭނުން ކުރާ ސޮފްޓްވެއަރ އެވެ. އެހެން ކަމުން އެފަދަ ނުރައްކަލެއް އުޅޭތޯ ދެނެގަތުމަށް ސޮފްޓްވެއަރ އަށް ކޮމްޕިއުޓަރ އޮޕަރޭޓިން ސިސްޓަމްގެ އެންމެ ފުނަށް ވާސިލްވާން ޖެހޭ ކަމަށްވެއެވެ.

މިފަހަރު މައްސަލަ ދިމާވީ ކޮމްޕިއުޓަރ އޮޕަރޭޓިން ސިސްޓަމްގެ ގޮތުގައި މައިކްރޮސޮފްޓް ވިންޑޯޒް ބޭނުން ކުރާ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ކަމަށްވާއިރު، ކްރައުޑްސްޓްރައިކުން އިޝޫކުރި ފެލްކަން އަޕްޑޭޓް ވިންޑޯޒް އާ ނުބައިކޮށް އިންޓަރެކްޓް ކުރާތީ ވިންޑޯޒް ބޭނުން ނުކުރެވޭ ގޮތް ވުމުން ދިމާވި މައްސަލައެއް ކަމަށް ކްރައުޑްސްޓްރައިކުން ބުނެފައިވެއެވެ.

މައްސަލަ ދިމާވުމާއެކު ކްރައުޑްސްޓްރައިކްގެ އިންޖިނޭރުން ވަގުތުން މަސައްކަތް ފަށާފައިވާ ކަމަށާއި، ދިމާވި މައްސަލަ ދެނެގަނެވި މައްސަލައިގެ ހައްލު ހޯދިފައިވާ ކަމަށް ކާރޓްޒް ހާމަކޮށްފައިވެއެވެ.

ހުކުރު ދުވަހު މި ދިމާވި މައްސަލަ އާ ގުޅިގެން ދުނިޔޭގެ އެތައް އެއަރލައިން ތަކެއްގެ ދަތުރުތަކަށާއި، އެއަރޕޯޓް ތަކުގެ އޮޕަރޭޝަންތަކަށް ބުރޫއެރިއެވެ. އޭގެ އިތުރުން ސިއްޙީ ޚިދުމަތްތަކަށާއި، މުވާސަލާތީ ޚިދުމަތްތަކަށާއި، ބޭންކުގެ ޚިދުމަތްތަކުގެ އިތުރުން ޓީވީ ޗެނެލް ތަކުގެ މަސައްކަތްތަކަށްވެސް ބުރޫ އެރިކަން ވަނީ ފާހަގަ ކުރެވިފައެވެ.

މި ދިމާވި މައްސަލައާއެކު ދުނިޔޭގެ އެތައް މިލިއަން ކޮމްޕިއުޓަރ ސިސްޓަމްތައް ރީބޫޓް ނުކުރެވޭތީ އަދިވެސް ހުރީ ބޭނުން ނުކުރެވޭ ހާލަތުގައެވެ.

އެއާއެކު މިކަން ހިނގަން ދިމާވި ސަބަބަތުތައް ފުރިހަމަ އަށް ދެނެގަތުމަށް ކޮމްޕިއުޓަރ އެކްސްޕާޓުން ގެންދަނީ އަދިވެސް މަސައްކަތް ކުރަމުންނެވެ.

އެމެރިކާގެ ޓެކްސަސްގައި ގާއިމް ވެފައިވާ ކްރައުޑްސްޓްރައިކުން މި ދިމާވި މައްސަލައިގެ ޒިންމާ ނަގާ އެއީ އެކުންފުނީގެ އެންޓިވައިރަސް ސޮފްޓްވެއަރ ގެ އަޕްޑޭޓަކުން މައިކްރޮސޮފްޓް ވިންޑޯޒް އަށް ދިމާވި މައްސަލައެއް ކަމަށް ބުނި ނަމަވެސް، ތަޖުރިބާކާރުންގެ ދެކޭ ގޮތުގައި އެއީ މުޅި މައްސަލައިގެ ހަމަ އެކަނި ސަބަބު ކަމަށް ނުވެދާނެއެވެ.

ސައިބަރ ސެކިއުރިޓީ ތަޖުރިބާކާރެއް ކަމަށްވާ ޓްރޮއީ ހަންޓް އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ ދުނިޔޭގެ ތާރީޚްގައި އައިޓީގެ ޚިދުމަތް އެންމެ ބޮޑަށް ކެނޑިގެން ދިޔަ ފަހަރު ކަމަށާއި، އެހެން ނަމަވެސް މިފަދަ ކަމެއް ހިނގާފާނެ ކަމަށް ސައިބަރސެކިއުރިޓީ މެނޭޖަރުން ދެކޭތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ.

މި ހާދިސާ އާ ގުޅިގެން އެމެރިކާގެ ހިއްސާގެ ބާޒާރުގައި ކްރައުޑްސްޓްރައިކްގެ ހިއްސާގެ އަގު މީގެ ކުރިން ދުވަހަކު ނުދާވަރަށް ދަށަށް ގޮސްފައިވާ ކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ.

އިންޓަރނެޓްސައިބަރ ސެކިއުރިޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!

ދިރިއުޅޭ ގޭތެރެއަކީ ކުދިންނަށް ރައްކާތެރި ތަނަކަށް ހެދުން މުހިންމު!

04 ނޮވެމްބަރު 2025
ޖިންސީ ގޯނާކުރުމާ ދެކޮޅަށް ހިންގި ބައިނަލްއަގްވާމީ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ބައިވެރިވެ، 100ށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

ޖިންސީ ގޯނާކުރުމާ ދެކޮޅަށް ހިންގި ބައިނަލްއަގްވާމީ އޮޕަރޭޝަނެއްގައި ދިވެހި ފުލުހުން ބައިވެރިވެ، 100ށްވުރެ ގިނަ މީހުން ހައްޔަރުކޮށްފި

25 ސެޕްޓެމްބަރު 2025
ހަމައެއްލަމައެއް ނެތި އިންޓަރނެޓް ދޫކުރިހެން އޭއައި ދޫކުރަންވެއްޖެއްޔާ ދެން ވާނީ ކިހިނެއް؟

ހަމައެއްލަމައެއް ނެތި އިންޓަރނެޓް ދޫކުރިހެން އޭއައި ދޫކުރަންވެއްޖެއްޔާ ދެން ވާނީ ކިހިނެއް؟

27 އެޕްރީލު 2024
އިންޓަނެޓަށް ހެޔޮ ބަދަލެއް، ޚިދުމަތުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަނީ

އިންޓަނެޓަށް ހެޔޮ ބަދަލެއް، ޚިދުމަތުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލަނީ

17 ޖުލައި 2023
ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓާއި ދިރާގު ޓީވީގެ ޚިދުމަތް މ. ވޭވަށަށް

ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓާއި ދިރާގު ޓީވީގެ ޚިދުމަތް މ. ވޭވަށަށް

01 އޯގަސްޓު 2022

އަހަރުތަކުން މިއަދު

18 މެއި
ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...
20251 އަހަރު ކުރިން
ރިޕޯޓު

ބަންކަރިން އާ ބެހޭ ގޮތުން މުއިއްޒުގެ ސަރުކާރުން ދޮގު ހަދާ އޮޅުވާލަނީ...

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!
20242 އަހަރު ކުރިން
ކުޅިވަރު

އާމެނިއަން ޔޫތު އޯޕަން ޑަބަލްސް ފައިނަލްގައި ރާއްޖޭގެ ލައިބާގެ ޕެއާ!

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"
20233 އަހަރު ކުރިން
ރިޕޯޓު

"މަ ނޫން މީހަކަށް ލިބިގެން ނުވާނެ"

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޕެޓްރޯލް ލިބެންދެން ކައިރި ހޮޓަލެއްގައި ހުރެވޭނެ އިންތިޒާމް ހަމަޖައްސައިދޭން ބައެއް އެމްޕީން އެދިއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

ފަހާފައިވާ ތަންތަނުގެ ރޮދި ކޮށައި އިތުރު ފަރުވާއަށް ތައްޔާރުވަނީ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އުރީދޫ އިން ބިދޭސީންނަށް ހާއްސަކޮށް ރޯދަ ވީއްލުމެއް ބާއްވައިފި

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާ ސަރުކާރުން މުސްލިމުންގެ ކަރުބުޑަށް ރާއަޅަނީ..

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު