Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބަދުއަހުލާގީ އަމަލު ހިންގައިގެން ހައްޔަރުކުރުން

ވީޑިއޯ ކުރުމަށް ފަހު ބަޔަކު ރާވައިގެން، ރަހީނުކޮށް ފައިސާ ހޯދާފައިވޭ: ރައީސް ނަޝީދު

މިފަދަ މައްސަލަތައް ޤާނޫނީ އިމުގެ ތެރެއިން ބަލަން ޖެހޭ: ރައީސް ނަޝީދު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 އޯގަސްޓު 2022 | ހޯމަ 07:33
ރައީސް ރަޝީދު --- ފޮޓޯ : ޔޫސުފް ސޮފްއާން

ރައީސް ރަޝީދު --- ފޮޓޯ : ޔޫސުފް ސޮފްއާން

ދުރާލާ ރާވައިގެން، އިންތިޒާމްކޮށްގެން ބަދު އަހުލާގީ އަމަލު ހިންގާ މަންޒަރު ވީޑިއޯކުރުމަށް ފަހު އެ ވީޑިއޯތައް ބޭނުންކޮށް، މީހުން ރަހީނުކޮށްގެން ފައިސާ ހޯދަން މަސައްކަތްކޮށްފައިވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ބިދޭސީ ފިރިހެނަކާއި އެކު ގިނަ އަދަދެއްގެ ބަޔަކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސްމީޑިއާގައި ދައުރުވާން ފެށުމާއި އެކު ފުލުހުން ވަނީ އެ މައްސަލަ ބަލަން ފަށާފައެވެ. އަދި އެ ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަމުންދާ މައްސަލައެއް މިދިޔަ މަރޗް މަހު ފުލުހުންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. އެއާއި އެކު އެ މައްސަލައިގައި ހިމެނޭ ބިދޭސީ ފިރިހެން މީހާ އާއި ބައެއް ދިވެހިން ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަމުން ދާއިރު، މި މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، އިދާރާތަކާއި މުއައްސަސާތަކުގެ އިތުރުން ތައުލީމީ ދާއިރާ އަށް ނިސްބަތްވާ ބައެއް މީހުން ވެސް ހިމެނެއެވެ.

މި މައްސަލައާ މެދު ވާހަކަފުޅުދައްކަވަމުން ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ މި މައްސަލަ ޤާނޫނީ ހަމަތަކުގެ ތެރެއިން ބަލަން ޖެހޭ ކަމަށެވެ.

މި ވީޑިއޯތަކާއި ގުޅިގެން ބްލެކްމެއިލްގެ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ފުލުހުން އެކަން ހާމަކޮށްފައިވަނީ މި ވީޑިއޯތައް ބޭނުންކޮށްގެން އެކި ފަހަރު މަތިން ބޮޑެތި އަދަދުތަކުން މީހުން އަތުން ފައިސާ އަތުލާފައިވާކަމަށް އަޑުތަކެއް ފެތުރިފައިވަނިކޮށެވެ.

ނަމަވެސް މިވީޑިއޯތަކުގެ މައްސަލައިގައި ފައިސާ ހޯދުމަށް ބަޔަކު ރަހީނުކުރިކަމަށް ސިޔާސީ ބޭފުޅަކު ހާމަކުރެއްވި މިއީ ފުރަތަމަ ފަހަރެވެ.

ބަދުއަހުލާގީ ވީޑިއޯތަކުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާއަކީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ އެމްޑީ އަލަމްގީރުއެވެ. މިހާތަނަށް އައި އިރު އޭނާއާ އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ބުނެފައެވެ. އަލަމްގީރު ވަނީ އެތައް ބަޔަކާ އެކު ބަދުއަހުލާގީ އަމަލު ހިންގާ، އެ މަންޒަރު ރެކޯޑުވެސް ކޮށްފައެވެ. އަދި އެ މީހުން ދެނެގަތުމުގެ މަސައްކަތް ކަމާއި ބެހޭ ފަރާތްތަކުން ކުރާ އިރު މި މައްސަލަ އާއި ގުޅިގެން ބައެއް ވުޒާރާތަކާއި، ތައުލީމި ދާއިރާ އަދި އެމްއެންޑީއެފް އާއި ފުލުހުންގެ އިދާރާ ފަދަ ޔުނިފޯމް އެޅި މުއައްސަސާތަކުގެ މީހުން ވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.

ރައީސް މުހައްމަދު ނަޝީދު / ޓްވިޓަރރައީސް ނަޝީދުމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު