Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ލިމިޓް ކަނޑައެޅުމާއި ބޮންޑަކަށް ބަދަލުކުރުމުގެ ބާރު މަޖިލީހަކަށް ނެތް - ރައީސް ނަޝީދު

ގާނޫނީ ބޭފުޅުންގެ ލަފާ އެކަމުގައި އެގޮތަށް ވަނީ ލިބިފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2021 | އަންގާރަ 04:48
މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް

އޯވަރޑްރޯ ލިމިޓް ކަނޑައެޅުމާއި، އެމޯޓައިޒިންގ ބޮންޑަކަށް ބަދަލު ކުރުމުގެ ބާރު މަޖިލީހަށް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް މާއްދާތަކުން އިސްތިސްނާ ވުމަށް ހުށަހަޅާފައިވާ ހުށަހެޅުން މާލިއްޔާތު ކޮމިޓީން ދިރާސާ ކުރުމަށްފަހު އެކުލާވާލި ރިޕޯޓުގެ މާއްދާއަކަށް އިޝާރާތް ކުރައްވައެވެ. ރައީށް ނަޝީދު ވިދާޅުވީ، ގާނޫނީ ބޭފުޅުންގެ ލަފާ އެކަމުގައި އެގޮތަށް ލިބިވަޑައިގެންފައިވާ ކަމަށެވެ.

އެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)ގައި ބުނަނީ ޕަބްލިކް އެކައުންޓުން ނަގާ ފައިސާ އަނބުރާ 90 ދުވަހުގެ ތެރޭގައި ދެއްކުމަށް އޮންނަ އޮތުމަށް މަޖިލީހުން އިސްތިސްނާ ދިނުމަށް ނިންމުމަށްފަހު، އެކަން ހިންގާނެ ގޮތް ކަނޑައަޅާނީ، އެމްއެމްއާއި ފިނޭންސުން ކަމަށެވެ. އެހެންނަމަވެސް މިހާރު އޮތް ކޮމިޓީ ރިޕޯޓުގައި އެކަން ނިންމުމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން އެއީ މަޖިލީހުން އަރުވާ ލަފައެއްގެ ގޮތުގައި ހިމެނުމަށް ރައީސް ނަޝީދު އެދިވަޑައިގެންނެވިއެވެ.

ކޮމިޓީ ރިޕޯޓުގެ ނިންމުމުގެ 5.2 ގައި ބުނެފައިވަނީ، 2021 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓް އޯވަޑްރޯވެފައި ހުންނަ މިންވަރު ސެކިއުރިޓައިޒްކޮށް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ސަރުކާރަށް އިޝޫކޮށްފައިވާ 50 އަހަރުގެ މޯޓައިޒިންގ ބޮންޑަކަށް ބަދަލުކުރުމަށާއި، އަދި މި ބޮންޑުގެ ކޫޕަން ރޭޓަކީ އަހަރަކަށް 2.5 (ދޭއް ޕޮއިންޓް ފަހެއް) ޕަސަންޓް ކަމުގައި ކަނޑައެޅުމަށެވެ. 5.3 ގައި ބުނެފައިވަނީ، އޯޑީ ލިމިޓަކީ 2.5 ބިލިއަން ރުފިޔާ ކަމަށް ކަނޑައެޅުމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެ ތަފްސިލަކީ، އެމްއެމްއޭގެ މިނިވަން ކަމަށް އަރައިގަނެވޭ ފަދަ ތަފްސީލެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން އެކަމާމެދު މާލިއްޔަތު ކޮމިޓީގެ މުގައްރިރާއެކު ކުރެވުނު މަޝްވަރާގައި ވޯޓަށް އެހުމުގެ ކުރީގައި ރިޕޯޓްގެ ޖުމްލަތަކަށް ނުވަތަ ބަސްތަކަށް ބަދަލު ގެނައުމަށް އެދިވަޑައިގެންފައިވާ ކަމަށެވެ. އެގޮތުން އެއީ ލަފައެއް ކަމަށް ރިޕޯޓުގައި ހިމެނުމަށް މުގައްރިރު އަރިހުގައި އެދިވަޑައިގެންފައިވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.  

ރައްޔިތުންގެ މަޖިލިސްރައީސް މުހައްމަދު ނަޝީދު / ޓްވިޓަރފިނޭންސް މިނިސްޓްރީއެމްއެމްއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

64.2 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ކޮމިޓީ އިން ފާސްކޮށްފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު