Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ނަޝީދަށް އިންޒާރުދިން މީހާ

ރައީސް ނަޝީދަށް އިންޒާރުދިން މީހާގެ މައްސަލަ ދެން ކުރިއަށްދާނީ އޭނާގެ ނަފްސާނީ ހާލަތު ދެނެގަތުމަށްފަހު

މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހްމީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2021 | އަންގާރަ 10:20
އިސްމާއިލް ޔާސިފް - ކޯޓުގެ ހުރުމަތް ކަނޑާލުމުން ދެފަހަރެއްގެ މަތިން ޖަލު ހުކުމެއް އިއްވާފައި

އިސްމާއިލް ޔާސިފް - ކޯޓުގެ ހުރުމަތް ކަނޑާލުމުން ދެފަހަރެއްގެ މަތިން ޖަލު ހުކުމެއް އިއްވާފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު ދިން އިސްމާއީލް ޔާފިސްގެ ނަފްސާނީ ހާލަތު ދެނެގަނެވެން ދެން ޝަރީއަތުގެ މަރުހަލާތައް މަޑުޖައްސާލަން  ނިންމައިފިއެވެ.

މި މައްސަލަ ބައްލަވަނީ ގާޒީ ދީބާނާޒް ފަހްމީއެވެ.

Advertisement - newsAdvertisement

ހ. ލައިޓްނައިޓް، އިސްމާއީލް ޔާފިސްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރަން ހިތްވަރު ދިނުމުގެ ދައުވާ، ޓެރަރިޒަމްގެ އަމަލެއް ހިންގާނެ ކަމުގެ އިންޒާރު ދިނުމުގެ ދައުވާ، އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދު ކުރި ކަމުގެ ދައުވާއެވެ.

އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ މި ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ޔާފިސްއަށް ކުރާ ތިން ދައުވާ އިއްވުމުން ޔާފިސް ވަނީ އެ ތިން ދައުވާއަށް ވެސް އިންކާރު ކޮށްފައެވެ. އަދި ވަކީލަކު ބޭނުން ނުވާ ކަމަށް ވެސް ޔާފިސް ބުންޏެވެ. އަދި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅުމަށް ވެސް ޔާފިސް އިންކާރު ކުރިއެވެ. 

ދައުވާއަށް އިންކާރު ކުރާ ސަބަބާ ގުޅޭ ގޮތުންނާއި، ނަފުސާނީ އަދި ޖިސްމާނީ އެއްވެސް ކަމެއް އުޅޭތޯއާއި އެފަދަ އެއްވެސް ސިއްޚީ މައްސަލައަކަށް އެއްވެސް އިރެއްގައި ފަރުވާ ހޯދާފައިވޭތޯ ވެސް ގާޒީ ވަނީ ސުވާލު ކުރައްވާފައެވެ.

ގާޒީގެ ސުވާލުގެ ޖަވާބުގައި ޔާފިސް ބުނީ 2013 ހިސާބުގައި އޭނާ ނަފުސާނީ ބައްޔެއް ކަމުގައިވާ "ސްކިޓްސްފްރީނިއާ" އަށް ފަރުވާ ހޯދި ކަމުގައެވެ. އަދި ޑިސެމްބަރު 2020 ގައި ނަފުސާނީ ދަތިތަކެއް ދިމާވެގެން ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ދެއްކި ކަމަށެވެ. 

މި ކަންކަމާ ގުޅޭ ގޮތުން ދައުލަތާ ސުވާލު ކުރުމުން ދައުލަތުގެ ވަކީލު ވިދާޅުވީ ޔާފިސްގެ ނަފްސާނީ މައްސަލައެއް ހުރިތޯ ބެލުމަށް ސައިކޮލޮޖިކަލް އެސެސްމަންޓްއެއް ހަދާފައިވާ ކަމަށާއި އެ އެސެސްމެންޓުން އޭނާގެ ނަފުސާނީ މައްސަލައެއް ފާހަގަވެފައި ނެތް ކަމެވެ. އެހެންނަމަވެސް އެ ލިޔެކިއުންތަކެއް ދައުލަތުގެ ވަކީލުންގެ އަތުގައި ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ. 

އެހެންކަމުން ގާޒީ ނިންމެވީ، ޔާފިސް ތަހުގީގަށް ދިން ބަޔާނުންނާއި އޭނާ ދައްކާފައި ހުރި ވާހަކަތަކުން ނަފުސާނީ މައްސަލައެއް ހުރުމަކީ ވެދާނެ ކަމެއް ކަމަށް ބެލެވޭތީވެ، ދެން އަޑުއެހުމެއް ބާއްވާނީ އޭނާގެ ހާލަތު ދެނެގަނެވުމުން ކަމަށެވެ.  

އަންނަ ޖެނުއަރީ މަހަށް ތާވަލުކުރާ އަޑުއެހުމަކީ ވެސް މި ކަންކަން ދެނެގަތުމަށް ފަހު އެ މައުލޫމާތު ދައުލަތުން ފޯރުކޮށްދޭން ބާއްވާ އަޑުއެހުމެއް ކަން ގާޒީ ފާހަގަކުރެއްވިއެވެ.

މިވަގުތު ޔާފިސް ފުލުހުންގެ ބެލުމުގެ ދަށުގައި ހުރުމުން ކަރެކްޝަނަށް ބަދަލު ކުރެވޭނެ ދުވަހަކާއި، ސައިކޭޓްރިސްޓެއްގެ ލިޔެކިއުންތައް، އަދި އުނގޫފާރު ހޮސްޕިޓަލުން ހޯދި ފަރުވާގެ މައުލޫމާތު ހޯދުމަށް ގާޒީ އެންގެވިއެވެ. އަދި ޔާފިސްގެ ފޯނުތައް އާއިލާއަށް ވީއަވަހަކަށް ފޯރުކޮށްދޭން ވެސް އެންގެވިއެވެ.

އެއަށްފަހު ޔާފިސް ވަނީ އޭނާ ބޭނުން ވަގުތެއްގައި ދައުލަތުން ހަމަޖައްސައިދޭ ވަކީލު ދޫކޮށްލުމުގެ ފުރުސަތު އޮތްނަމަ، ވަކީލަކު ހަމަޖައްސައިދިނުމަށް އެދިފައެވެ. އެގޮތަށް އެދުމުން ގާޒީ ވަނީ އެޓާރނީ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ވަކީލަކު ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވެފައެވެ.

މީގެކުރިން ބޭއްވި ޝަރީއަތުގެ އަޑުއެހުމެއްގައި ވާހަކަ ނުދައްކައި ހުރުމުން ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށުގައި 15 ދުވަހުގެ ޖަލު ހުކުމެއް ޔާފިސްގެ މައްޗަށް އިއްވިއެވެ. އޭގެ ކުރިން ބަންދުގެ މުއްދަތަށް ހާޒިރު ކުރި އަޑުއެހުމެއްގައި ރައީސް ނަޝީދަށް މަރުގެ އިންޒާރުދީ އަޑުގަދަކުރުމުން ވެސް ކޯޓުގެ ހުރުމަތް ކެނޑިކަމުގެ ކުށުގައި 30 ދުވަހުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އިއްވާފައިވެއެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ނަމަވެސް ބަންދުގެ މުއްދަތު މިހާރު ގުނަމުން ދަނީ ޖަލު ހުކުމަށެވެ.

ރައީސް މުހައްމަދު ނަޝީދު / ޓްވިޓަރކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު