Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިއްފުށީ ބިން ހިއްކުން

ދިއްފުށީ ބިން ހިއްކަން މި އަހަރު ނިމުމުގެ ކުރިން ހަވާލުކުރާނަން - އަސްލަމް

ދިއްފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް 1 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 އޮކްޓޯބަރު 2021 | ބުދަ 05:16
މުހައްމަދު އަސްލަމް - މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންޕްރާ ސްޓްރަކްޗަރ

މުހައްމަދު އަސްލަމް - މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންޕްރާ ސްޓްރަކްޗަރ

ދިއްފުށީ ބިން ހިއްކަން މި އަހަރު ނިމުމުގެ ކުރިން ހަވާލު ކުރާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިން އެންޑް އިންޕްރާ ސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި، ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާ ބެހޭ ގޮތުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ، ދިއްފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމަށް 1 މިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާނެ ކަމަށެވެ. އަދި މިއަހަރުގެ 3 ވަނަ ކުއާޓަރގައި ހަވާލުކުރުމަށް މަސައްކަތް ކުރެއްވި ނަމަވެސް އެކަން އަދި ނުވެ އޮތް ކަމަށެވެ. އެހެންނަމަވެސް މި އަހަރު ނިމުމުގެ ކުރިން އެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލު ކުރައްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ބިން ހިއްކުމުގެ މަޝްރޫއުތައް މިހާރު ހިންގަމުންދާއިރު، ލޯކަލް ޓޫރިޒަމަށް މަގުފަހިވާނެ ގޮތަށް ގޮނޑުދޮށް ހިމާޔަތް ކުރުން ކުރިއަށް ގެންދިޔުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށާއި، މިހާރު ކޮންސެޕްޓް ޑިޒައިން ކުރައްވަނީ ވެސް އެގޮތަށް ކަމަށެވެ.

ދިއްފުށީގެ ކޮންސެޕްޓް ތައްޔާރުކޮށް ނިމިފައިވާ ކަމަށާއި، ކުރިއަށް އޮތް ހަފްތާގައި ކައުންސިލާއި ދާއިރާގެ މެމްބަރާއެކު އެކަން ހިއްސާކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު ރާއްޖޭގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޑިމާންޑާ އެއްވަރަށް އެކަމަށް ބޭނުންވާ އުޅަނދުފަހަރު ނެތް ކަމަށެވެ. މިކަމަކީ ވެސް އެއްފަހަރާ ގިނަ ޕްރޮޖެކްޓްތައް ކުރިއަށް ނުގެންދެވޭ ސަބަބެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ބިން ހިއްކުމުގެ 8 ޕްރޮޖެކްޓެއް ޓެންޑަރުގައި އެބައޮތް ކަމަށާއި، 3 ޕްރޮޖެކްޓް މިހާތަނަށް ނިމިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. ބިން ހިއްކުމުގެ 4 މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، 7 މަޝްރޫއު ކޮންޓްރެކްޓް ކުރެވި، 6 މަޝްރޫއެއް ކޮންސެޕްޓް ޑިޒައިން މަރުހަލާގައި އޮތް ކަމަށް އަސްލަމް ވިދާޅުވިއެވެ.

ގޮނޑުދޮށް ހިމާޔަތްކުރުންމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އިތުރަށް ކިޔާލަން

02 އޯގަސްޓު 2025

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް
09 މެއި 2024

ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި

09 މެއި 2024
ވިލިމާލޭގައި 10 ބުރިއަށް އިމާރާތްކުރެވޭ ގޮތަށް މާލޭ ޕްލޭނިންގ ގަވާއިދަށް ބަދަލު ގެނެސްފި
04 ފެބުރުއަރީ 2024

ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް

04 ފެބުރުއަރީ 2024
ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ލިބުނު ހުރިހާ މީހުންނަށްވެސް ގޯތި ލިބުނުކަމުގެ ލިޔުން ދޭނެ: ރައީސް
05 ނޮވެމްބަރު 2023

ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ

05 ނޮވެމްބަރު 2023
ފްލެޓާއި ގުޅޭ ޝަކުވާ ހުށަހެޅުމަށް ހުޅުވާލަނީ
04 ނޮވެމްބަރު 2023

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި

04 ނޮވެމްބަރު 2023
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި
26 އޮކްޓޯބަރު 2023

އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި

26 އޮކްޓޯބަރު 2023
އައްޑޫ ސިޓީގައި 200 ހައުސިންގ ޔުނިޓް ތަރައްގީކުރާ ބިން ހަވާލުކޮށްފި
24 އޮކްޓޯބަރު 2023

ބަންޑާރަ ގޯއްޗަށާއި ފުލެޓަށް އެދި 40,594 ފޯމް ހުށަހަޅައިފި

24 އޮކްޓޯބަރު 2023
ބަންޑާރަ ގޯއްޗަށާއި ފުލެޓަށް އެދި 40,594 ފޯމް ހުށަހަޅައިފި
12 އޮކްޓޯބަރު 2023

ނޮވެމްބަރު 17ގެ ކުރިން ފްލެޓް ލިސްޓު އާއްމުކޮށް، އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ފަށާނެ - ހައުސިންގ މިނިސްޓްރީ

12 އޮކްޓޯބަރު 2023
ނޮވެމްބަރު 17ގެ ކުރިން ފްލެޓް ލިސްޓު އާއްމުކޮށް، އެއްބަސްވުން ގާއިމްކުރުމުގެ މަސައްކަތް ފަށާނެ - ހައުސިންގ މިނިސްޓްރީ
18 ސެޕްޓެމްބަރު 2023

ގއ. ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި

18 ސެޕްޓެމްބަރު 2023
ގއ. ހުރެންދޫ ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފި
14 ސެޕްޓެމްބަރު 2023

ފްލެޓް ލިސްޓަށް ލިބުނު ޝަކުވާތަކަށްފަހު ސްޓޭޓަސްއަށް އައި ބަދަލު ޕޯޓަލް އިން ފެންނާނެ

14 ސެޕްޓެމްބަރު 2023
ފްލެޓް ލިސްޓަށް ލިބުނު ޝަކުވާތަކަށްފަހު ސްޓޭޓަސްއަށް އައި ބަދަލު ޕޯޓަލް އިން ފެންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު