Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެވެކްސިން ވަގަށް ނެގިކަމުގެ ތުހުމަތު

އެސްޓްރަޒެނިކާ ވެކްސިންގެ ބްލޫ ޕްރިންޓް ވަގަށްނެގިކަމުގެ ހެއްކެއް ނެތް – ރަޝިއާ

13 އޮކްޓޯބަރު 2021 | ބުދަ 04:39

ރަޝިއާއިން ބުނީ އެސްޓްރަޒެނިކާ ވެކްސިން ޖަހައިގެން ދިމާވާ އެއްވެސް މައްސަލައެއް ސްޕަޓްނިކް ވީ ވެކްސިން ޖަހައިގެން ދިމާ ނުވާ ކަމަށް

މަޚްތޫމް
މަޚްތޫމް | 13 އޮކްޓޯބަރު 2021 | ބުދަ 04:39
އެސްޓްރަޒެނިކާ ވެކްސިން

އެސްޓްރަޒެނިކާ ވެކްސިން | ރޮއިޓާސް

ރަޝިއާއިން އުފައްދާފައިވާ ސްޕަޓްނިކް ވީ ވެކްސިން އުފެއްދުމަށް އެސްޓްރަޒެނިކާ ވެކްސިންގެ ބްލޫ ޕްރިންޓް ވަގަށް ނަގާފައިވާ ކަމުގެ ހެއްކެއް ފެންނަން ނެތް ކަމަށް ރަޝިއާގެ ފޮރިން މިނިސްޓަރ ސަރްގޭ ލަވްރޯވް ވިދާޅުވެއްޖެއެވެ.

ރަޝިއާގެ ފޮރިން މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ މި މަހުގެ 10 ވަނަ ދުވަހު ޓެބްލޮއިޑެއް ކަމަށްވާ ސަން ނޫހުގައި، ރަޝިއާގެ ޖާސޫސްކުރާ މީހުން އެސްޓްރަޒެނިކާ ވެކްސިންގެ ބްލޫ ޕްރިންޓް ވަގަށް ނަގާފައިވާ ކަމަށް ބުނެ ލިޔެފައިވާ ޚަބަރަކާއި ގުޅިގެންނެވެ. އެ ނޫހުގައި ބުނެފައިވަނީ ރަޝިއާގެ ޖާސޫސްކުރާ މީހުން އެސްޓްރަޒެނިކާ ވެކްސިންގެ ބްލޫ ޕްރިންޓް ވަގަށް ނަގާ، ރަޝިއާގެ ގަލަމެޔާ ރިސަރޗް އިންސްޓިޓިއުޓުން އުފައްދާފައިވާ ސްޕަޓްނިކް ވީ ވެކްސިން އުފައްދަން އެ ބޭނުން ކޮށްފައިވާ ކަމަށެވެ.

Advertisement - worldAdvertisement

ސަން ނޫހުގައި މި މައުލޫމާތުތައް އާންމުކޮށްފައިވަނީ މައުލޫމާތު ހާމަކުރަން ބޭނުން ނުވާ ފަރާތަކާއި ހަވާލާދީއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ލަވްރޮވް ވިދާޅުވީ ބްރިޓިޝް އަދި ހުޅަނގުގެ އެއްވެސް ބައިވެރިޔަކު މިކަން ސީރިއަސް ކަމެއްގެ ގޮތުގައި ނުނަގާނެކަމަށް ހީކުރައްވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް އެއްވެސް ކަހަލަ ހަގީގަތެއް ނެތް މިފަދަ ވާހަކަތައް ދެކެވިފައިވާ ކަމަށެވެ.

ލަވްރޮވް ވިދާޅުވީ އެސްޓްރަޒެނިކާ ވެކްސިން ޖެހި މީހުންގެ ފަރާތުން ބައެއް ސައިޑްއިފެކްޓްތައް ފެނިފައިވާ ކަމަށާއި، އޭގެ ތެރޭގައި މަދު ބައެއްގެ ފަރާތުން ލޭގަނޑުވުމުގެ މައްސަލަ ދިމާވިކަމުގައި ރިޕޯޓްތަކެއް ކުރެވުނު ނަމަވެސް ސްޕަޓްނިކް ވީ ވެކްސިން ޖަހައިގެން މިފަދަ އެއްވެސް މައްސަލައެއް މިހާތަނަށް ރިޕޯޓްކޮށްފައި ނުވާ ކަމަށެވެ. އަދި ޝައުގުވެރިކަން ހުރި ފަރާތްތަކުން މިކަމުގައި ގޮތް ނިންނަމަވާނެކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ލަވްރޮވް ވިދާޅުވިއެވެ.

ވެކްސިންގެ ބްލޫ ޕްރިންޓް ވަގަށް ނަގާފައިވާކަމުގެ ވާހަކަތަކެއް ތިލަވެފައިވަނީ ދެ ގައުމުން ވެސް އެގައުމުތަކުގެ ވެކްސިން ކެމްޕެއިން ނިމުމަކާއި ގާތަށް އާދެވިފައި ވަނިކޮށެވެ.

ރަޝިޔާއިނގިރޭސިވިލާތްއެސްޓްރަޒެނިކާސްޕަޓްނިކް ވީ ވެކްސިން

އެންމެ ހިނގާ

1

ޓީއެމްއޭގެ ސީޕްލޭނެއް ފުރަން އުޅުމުގެ ތެރޭގައި ނުރައްކާތެރި ހާދިސާއެއް ހިނގައި ކެބިން ކުރޫއަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ

2

ޕީއެންސީ މެންބަރު ހުސެންބެގެ މެސެޖު: ޒަޔަނިސްޓު އަނިޔާވެރިންގެ އެޖެންޓުންނަށް ރާއްޖޭގެ ވެލިފުކެއްގައިވެސް އަތްލުމުގެ ފުރުސަތު ދީގެންނުވާނެ، ގައުމުގެ ހައްގުގައި ހަމަހިމޭންކަން ހިޔާރުކުރުމަކީ ދުވަހެއްގެ ކޮޅުންވެސް ވާނެ ކަމެއް ނޫން

3

ޖީ.އެސް.ޓީގެ ގޮތުގައި މިލިއަނަށްވުރެ ގިނަ ފައިސާ ދައްކަންޖެހޭ 25 ފަރާތެއްގެ ނަން މީރާއިން ހާމަކޮށްފި

4

އީރާނުގެ އިންޒާރުތަކާ ގުޅިގެން އެމެރިކާގެ މާލީ ވަޒީރު އަސްކަރީ މަރުކަޒަކަށް ބަދަލުކޮށްފި

5

އީރާނަށް ހަމަލާދިނުމަށް ތައްޔާރީ ހާލަތު މަތިކުރުމަށް އިސްރާއީލުގެ އަސްކަރިއްޔާއަށް އަންގައިފި

އިތުރަށް ކިޔާލަން

06 ނޮވެމްބަރު 2026

ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ

06 ނޮވެމްބަރު 2026
ޓްރަމްޕްގެ ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވަން އީރާނުން ޕުޓިންގެ އެހީތެރިކަމަށް އެދިއްޖެ
30 އޮކްޓޯބަރު 2026

"ހަނގުރާމައެއް ފެށިއްޖެނަމަ މޮޅުވާނެ ބަޔަކު ނުތިބޭނެ": ވިލާތަށް ޕުޓިންގެ ސީދާ އިންޒާރެއް!

30 އޮކްޓޯބަރު 2026
"ހަނގުރާމައެއް ފެށިއްޖެނަމަ މޮޅުވާނެ ބަޔަކު ނުތިބޭނެ": ވިލާތަށް ޕުޓިންގެ ސީދާ އިންޒާރެއް!
29 އޮކްޓޯބަރު 2026

އީރާނާ ދެކޮޅު ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ މަޝްވަރާތަކަށް ހުރަސްއެޅޭ: ކްރެމްލިން

29 އޮކްޓޯބަރު 2026
އީރާނާ ދެކޮޅު ހަނގުރާމައިގެ ސަބަބުން ޔޫކްރެއިންގެ މަޝްވަރާތަކަށް ހުރަސްއެޅޭ: ކްރެމްލިން
27 އޮކްޓޯބަރު 2026

ބަންދުވެފައިވާ އޮލެޝްކީއަށް އެހީ ފޯރުކޮށްދިނުމަށް ޚަރްސަންގެ ހަމަލާތައް ރަޝިޔާއިން މެދުކަނޑާލައިފި

27 އޮކްޓޯބަރު 2026
ބަންދުވެފައިވާ އޮލެޝްކީއަށް އެހީ ފޯރުކޮށްދިނުމަށް ޚަރްސަންގެ ހަމަލާތައް ރަޝިޔާއިން މެދުކަނޑާލައިފި
27 އޮކްޓޯބަރު 2026

ރަޝިޔާގެ ތެޔޮ އެތެރެކުރުން މަދުކުރުމަށް އެމެރިކާގެ އެއްވެސް ޕްރެޝަރެއް ނެތް: އިންޑިޔާ

27 އޮކްޓޯބަރު 2026
ރަޝިޔާގެ ތެޔޮ އެތެރެކުރުން މަދުކުރުމަށް އެމެރިކާގެ އެއްވެސް ޕްރެޝަރެއް ނެތް: އިންޑިޔާ
14 އޮކްޓޯބަރު 2026

އިސްލާމްއާބާދު އެއްބަސްވުމަށް އިހުތިރާމުކޮށް އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލަން ޖެހޭ: ޒަރްދާރީ

14 އޮކްޓޯބަރު 2026
އިސްލާމްއާބާދު އެއްބަސްވުމަށް އިހުތިރާމުކޮށް އެމެރިކާއާއި އީރާނުން ހަމަލާތައް ހުއްޓާލަން ޖެހޭ: ޒަރްދާރީ
13 އޮކްޓޯބަރު 2026

ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް

13 އޮކްޓޯބަރު 2026
ޗައިނާއާއި ރަޝިޔާއިން އީރާނަށް އެހީވާކަމަށް ގަަބޫލެއް ނުކުރަން: ޓްރަމްޕް
12 އޮކްޓޯބަރު 2026

ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް

12 އޮކްޓޯބަރު 2026
ރަޝިޔާއިން ޑީސަލް ގަތުމުގެ އެއްބަސްވުން: ޓްރަމްޕްގެ ސިޔާސަތަށް އެތެރެއާއި ބޭރުން ވަރުގަދަ ފިއްތުންތަކެއް
09 އޮކްޓޯބަރު 2026

އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން

09 އޮކްޓޯބަރު 2026
އެމެރިކާއިން ހަމަލާދިނީ "އީރާނުގެ އެއްވެސް ކުށެއްނެތި"، ހަނގުރާމަ ހުއްޓުވަން މަސައްކަތް ކޮށްދޭނަން: ޕުޓިން
09 އޮކްޓޯބަރު 2026

ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!

09 އޮކްޓޯބަރު 2026
ޕީޒިޝްކިއާން ޕުޓިންއާ ބައްދަލުކުރެއްވުން: ހަނގުރާމަ ހުއްޓާލަން އީރާނާއި އެމެރިކާއާ ދެމެދު އާ ހުށަހެޅުންތަކެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް