Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖަލުގެ މައްސަލަ

ޖަލުގެ މައްސަލަ ހައްލުނުވެ އޮތުމަކީ އެމްޑީޕީގެ ފެއިލިއާއެއް - މީކާއިލް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 12 އޮކްޓޯބަރު 2021 | އަންގާރަ 07:14
މީކާއިލް ނަސީމް - ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު

މީކާއިލް ނަސީމް - ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު

ވެރިކަމުގެ ހުރިހާ ބާރެއް އޮވެ، ޖަލުތަކުގައި ޝަރީއަތެއްނެތި ތިބި މީހުންގެ މައްސަލައާއި، ޖަލުތަކުގައި ދިމާވާ އެނޫން މައްސަލަތައް ވެސް ހައްލުނުވުމަކީ އެމްޑީޕީގެ ވެސް ފެއިލިއާ އެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހަށް އަންގާރަ ދުވަހުގައި ހުށަހެޅުނު ޝަރީއަތް ނިމެންދެން ޖަލުގައި ވާނުވާ ނޭނގޭ ގޮތަށް ބަންދު ކޮށްފައިވާ މީހުންނަށް ލިބެންޖެހޭ ހައްގުތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށް ދެމުން ނުދާ ކަމަށްބުނެ ހުށަހެޅުނު މައްސަލައިގެ ބަހުސްގައި މީކާއިލް ވިދާޅުވީ އަނިޔާވެރިކަމާއި، އަނިޔާވެރި ވުމާ ދެކޮޅަށް އެންމެ ބޮޑަށް އަޑު އުފުލީ އެމްޑީޕީން ކަމަށެވެ. އެމްޑީޕީން މިއަދު ވެރިކަމުގެ ހުރިހާ ބާރެއް އޮވެ މިފަދަ ކަންކަމަށް ހައްލު ނުގެނެވޭކަމީ އެމްޑީޕީގެ ވެސް ފެއިލިއާއެއްކަމަށް މީކާއިލް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ބަންދުކުރެވިފައިވާ އެތައް ސަތޭކަ ފަރާތަކަށް ފޯރުކޮށްދޭންޖެހޭ ބޭސްފަރުވާގެ ޚިދުމަތް އެކަށީގެންވާ މިންވަރަށް ފޯރު ކޮށްދެވެމުން ނުދާކަމަށް ސިރާޖުގެ ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވެއެވެ. ޝަރީއަތް ނިމެންދެން ވާނުވާގައި ބަންދުކުރެވިފައިވާ އިސްމާޢީލް ޝަބީން މި މަހުގެ 6 ވަނަ ދުވަހު ނިޔާވެފައިވާއިރު، ޝަބީންގެ ބޭސްފަރުވާ ހޯދުމަށް ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި ސަލާންޖަހާފައިވާކަން ފެންނަންހުރި ލިޔެކިޔުންތަކުން އެނގޭކަމަށް ވެސް ސިރާޖު ވިދާޅުވެފައިވެއެވެ.

އެކި ކަހަލަ ކުށްތަކުގައި ހައްޔަރުކޮށްފައިވާ ކުށްވެރިން އެއްތަނެއްގައި ބެއިތިއްބުމުގެ ސަބަބުން އެކަމުގެ ނުރަނގަޅު އަސަރު އެ މީހުންނަށް ކުރަމުން އަންނަކަން މި މައްސަލައިގައި ވާހަކަދެއްކެވި މެމްބަރުން ފާހަގަކުރެއްވިއެވެ. އަދި ޖަލު ބަންދުން ނުކުންނަ ބައެއް މީހުން ސިކުނޑިި ދޮވެ ހަނގުރާމައަށް ތައްޔާރުވެފައިވާކަން ފާހަގަކުރަައްވަމުން މެމްބަރުން ވިދާޅުވީ، މިއީވެސް ޖަލުގައި ހިނގަމުން އަންނަ ކަމެއް ކަމަށެވެ. މިކަންކަން މިހެން ނުހިނގާނެ ގޮތަށް ޖަލުގެ ސިސްޓަމަށް ބަދަލު ގެންނަން ޖެހޭ ކަަމަށް މެމްބަރުން ވިދާޅުވިއެވެ. އަދި މިހާރު ޖަލުގައި ވާނުވާ ބަންދުގައި ތިބި މީހުންގެ މައުލޫމާތު މަޖިލީހުގެ ކޮމިޓީއަކުން ސާފުކޮށް އެ މީހުން ބަންދުކޮށްފައި ތިބި ސަބަބު ހޯދަން ޖެހޭ ކަމަށް ވެސް މެމްބަރުން ވިދާޅުވިއެވެ.

ޮކޮމިޝަނަރ އޮފް ޕްރިޒަންސްރައްޔިތުންގެ މަޖިލިސްގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު 19 ވަނަ މަޖިލީހުން އުވާނުލެވުމަކީ ހެދުނު ވަރަށް ބޮޑު ގޯހެއް: މެންބަރު މީކާއީލް

19 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު