Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަންހެން ކުއްޖަކު ބްލެކްމެއިލްކުރި މައްސަލަ

ކުޑަ އަންހެން ކުއްޖަކު ބްލެކްމެއިލްކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

11 އޮކްޓޯބަރު 2021 | ހޯމަ 15:45

ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ އާދީއްތަ ދުވަހުގެ ވަގުތެއްގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 11 އޮކްޓޯބަރު 2021 | ހޯމަ 15:45
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެޑް ކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހެޑް ކުއާޓާރ، ޝަހީދު ހުސެއިން އާދަމް ބިލްޑިންގ

ކުޑަ އަންހެން ކުއްޖަކު ބްލެކްމެއިލް ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ދެކުނު ޕޮލިސް ރީޖަން ހިމެނޭ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކު ކުޑަ އަންހެން ކުއްޖަކު ބްލެކްމެއިލް ކުރި ކަމަށް ބުނާ މައްސަލައެއް އާދިއްތަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ހުށަހަޅާފައިވަނީ ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނަށެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އެ އަންހެން ކުއްޖާގެ އާއިލާ މީހަކު ބުނީ އަންހެން ކުއްޖާއާ ފިރިހެން ކުއްޖާ ދިމާވީ ޕަބްޖީ ގޭމް ކުޅެނިކޮށް ކަމަށެވެ. އަދި ބައްދަލުކުރުމަށްފަހު ހަތަރު ނޫނީ ފަސް މީހުން ހިމެނޭ ގްރޫޕަކުން އެ ކުއްޖާގެ ފޮޓޯ ނެގި ކަމަށެވެ. އެއަށްފަހު އެ ފޮޓޯތައް ލީކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީ، އާއިލާގެ މީހުން މަރާލާނެ ކަމަށް ބުނެ ވެސް އިންޒާރު ދީފައިވާ ކަމަށެވެ.

އެ އަންހެން ކުއްޖާގެ އާއިލާ އިން މައްސަލަ ފުލުހުންނަށް ހުށަހެޅި ނަމަވެސް މައްސަަލަ ވަގުތުން ނުބެލޭ ކަމަށާއި އެމީހުން ފޮޓޯ ލީކް ކޮށްލާފައިވަނީ ފުލުހުންނަށް މައްސަލަ ހުށަހެޅި ފަހުން ހޯމަ ދުވަހުގެ ވަގުތެއްގައި ކަމަށެވެ. މި މައްސަލަ ޖެންޑަރ މިނިސްޓްރީއަށް ވެސް ހުށަހަޅާފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

މިކަމާގުޅިގެން އެ ރަށުގައި މުޒާހަރާ ކުރަމުންދާތީ އެކަމުގެ މައުލޫމާތު ހޯދާލުމަށް ވިލިނގިލީ ކައުންސިލްގެ ރައީސް ވިޝާލް މުޙައްމަދަށް ގުޅާލުމުން ވިދާޅުވީ އެފަދަ އެއްވެސް ކަމެއް ހިނގައިގެން އުޅޭކަމެއް ނުވަތަ މުޒާހަރާ ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

ރަށުގައި މިފަދަ ކަމެއް ހިނގައި މައްސަލަ ފުލުހުންނަށް ހުށަހެޅިގެން ދިޔައިރުވެސް އެ ރަށު ކައުންސިލަށް މީގެ އެއްވެސް މައުލޫމާތެއް ނޭނގޭތީ އެ ކައުންސިލަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
19 ނޮވެމްބަރު 2025

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި
14 ނޮވެމްބަރު 2025

ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ

14 ނޮވެމްބަރު 2025
ޒަމާނީ ބަދަލުތަކަށް ތަމްރީނު ހޯދައި، ގޮންޖެހުންތަކުން އަރައިގަތުމުގެ ހިތްވަރު ފުލުހުންގެ އެބަހުރި: ސީޕީ
13 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި

13 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެކަން ރައީސް އިއުލާން ކުރައްވައިފި
11 ނޮވެމްބަރު 2025

ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި

11 ނޮވެމްބަރު 2025
ބަނގުރާ ބޮއެގެން ދަރިފުޅަށް ޖިންސީ ގޯނާކުރި މަންމަ ހައްޔަރުކޮށްފި
10 ނޮވެމްބަރު 2025

ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި

10 ނޮވެމްބަރު 2025
ރިކޯޑުކޮށްފައިވާ ޒާތީ މައުލޫމާތު ވަނީ ބަދަލު ކޮށްފައި، މައްސަލަ ބަލައި ދިނުމަށް އޭސީޕީ ޝިފާން އެދިވަޑައިގެންފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް