Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަތުރުވެރިކަމުގެ ރަން އަހަރު ފާހަގަކުރުން

ފަތުރުވެރިކަމުގެ ރަން އަހަރު ރަން އަހަރަކަށްވާ ގޮތަށް ފާހަގަކުރާނަން: މިނިސްޓަރު މަޢުޞޫމް

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 11 އޮކްޓޯބަރު 2021 | ހޯމަ 13:13
ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް

ޓޫރިޒަމް މިނިސްޓަރ ޑރ. ޢަބްދުﷲ މަޢުޞޫމް

ފަތުރުވެރިކަމުގެ ރަން އަހަރު ރަން އަހަރަކަށްވާ ގޮތަށް ފާހަގަކުރަން ނިންމާފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މަޢުޞޫމް ވިދާޅުވެއްޖެއެވެ.

''ޕްލާސްޓިކް ޕޮލިއުޝަން ޗެލެންޖް 2021'' ގްލޯބަލް ޔޫ.އެން.ޑަބްލިއު.ޓީ.އޯގެ ހަތަރު ފައިނަލިސްޓުން ބައްދަލުކުރުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ, ފަތުރުވެރިކަމުގެ ޞިނާޢަތަށް 50 އަހަރު ފުރުން ކުލަ ގޮތަކަށް ފާހަގަކުރާނެ ކަމަށާއި، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގިނަ ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކުރިއަށް ގެންދާ ޕްރޮގްރާމްތައް މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އިއުލާން ކުރާނެ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމެއް ނަމަވެސް ބައިނަލްއަޤްވާމީ ދުނިޔޭގައި މަގުބޫލު ގައުމެއް ކަަމަށެވެ. މި މަގުބޫލުކަން ލިބިގެންދަނީ ގިނަ ބައެއްގެ ބުރަ މަސައްކަތުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރުމަށް، ހޭލުންތެރިކަމުގެ ތަފާތު ޕްރޮގްރާމްތަކާއި، މީހުން ބިނާކުރާނެ ޕްރޮގްރާމްތަކާއި، ސަގާފަތާއި އާދަކާދަތައް ކުރިއެރުވުމަށް ޕްރޮގްރާމްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމާއި، ތިމާވެއްޓާއި ގުޅިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ, ތިމާވެށި ރައްކާތެރިކޮށްގެން މެނުވީ ފަތުރުވެރިކަން ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުގެ ޞިނާޢަތުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކުން ވެސް ތިމާވެއްޓަށް ޚާއްސަ ސަމާލުކަމެއް ދޭކަމަށް މިނިސްޓަރު މަޢުޞޫމް ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމްޓޫރިޒަމް މިނިސްޓްރީ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2025

ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި

04 އޯގަސްޓު 2025
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވައިދު އެކުލަވާލައިފި
22 އޮކްޓޯބަރު 2024

ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު

22 އޮކްޓޯބަރު 2024
ބޭރު މީހުން ރާއްޖޭގައި އިންވެސްޓް ކުރުމަކީ މައްސަލަ އެއް ނޫން، އެއީ އިންޑަސްޓްރީ ގެއްލުން ކަމަށް ޤަބޫލެއް ނުކުރެވޭ - އުއްޗު
20 ޑިސެމްބަރު 2023

މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

20 ޑިސެމްބަރު 2023
މިއަހަރުގެ 1.8 މިލިއަން ވަނަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި
02 ޑިސެމްބަރު 2023

2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް

02 ޑިސެމްބަރު 2023
2023 ގެ ޓްރެވަލް ޕަރސަނަލިޓީ އެވޯޑު ޑރ އަބްދުﷲ މައުސޫމަށް
20 ނޮވެމްބަރު 2023

އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު

20 ނޮވެމްބަރު 2023
އަމާޒަކީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ 6 ބިލިއަން ޑޮލަރަށް އިތުރުކުރުން: ޓޫރިޒަމް މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު