Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޖަލުގައި ގައިދީންނަށް އަނިޔާކުރުން

ގައިދީއަކަށް އަނިޔާއެއް ކޮށްފައި ދެން އޮފިސަރެއްގެ ގޮތުގައެއް ނުހުރެވޭނެ - އިމްރާން

ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖަލުގެ އޮޑިޓެއް ހެދި އެ އޮޑިޓުން ފާހަގަވި ކަންކަން މިހާރުވެސް ބަލަމުން ގެންދަނީ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 11 އޮކްޓޯބަރު 2021 | ހޯމަ 05:01
އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރ

އިމްރާން އަބްދުﷲ - ހޯމް މިނިސްޓަރ

ޖަލުގެ ހާލަތު ބަދަލުކުރުމަށް އެންމެ ފުރަތަމަވެސް ފެއްޓެވި ކަަމަކީ، ޖަލުގައި ގައިދީންނަށް ކުރާ އަނިޔާ ހުއްޓުވަން ފެއްޓެވި މަސައްކަތް ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަދުވަހުގެ ޖަލްސާގައި ހޯރަފުށި ދާއިރާގެ މެމްބަރު އަހްމަދު ސަލީމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ، ޖަލުގެ އޮފިސަރުންގެ ގޮތުގައި ވެސް ތިބެނީ އިންސާނުން ކަމަށާއި، ވަކި އޮފިސަރެއްގެ ޠަބީޢަތް ހުންނަ ގޮތުން އެފަދަ ކަމެއް ހިނގާފާނެ ކަމަށެވެ. އެހެންނަމަވެސް ޖަލުގައި ގައިދީންނަށް ކުރާ އަނިޔާ ހުއްޓުވުމަކީ މި ސަރުކާރުގެ ވައުދެއް ކަމަށެވެ. އެކަން އެގޮތަށް ކުރުމަށް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޖަލުގެ އޮޑިޓެއް ހެދި އެ އޮޑިޓުން ފާހަގަވި ކަންކަން މިހާރުވެސް ބަލަމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، ޖަލުގައި ގައިދީއަކަށް އަނިޔާއެއް ކޮށްފި ނަމަ އެ އޮފިސަރަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށާއި، މިހާތަނަށްވެސް އެކަން އެގޮތަށް ކޮށްފައިވާނެ ކަމަށެވެ. ގައިދީއަށް އަނިޔާއެއް ކޮށްފައި ދެން އޮފިސަރެއްގެ ގޮތުގައެއް ނުހުރެވޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، މި ސަރުކާރު އައިފަހުން ޖަލުގައި އެފަދަ ދެ ތިން ހާދިސާއެއް މިހާތަނަށް ހިނގާފައިވާ ކަމަށެވެ. އެކަމުގައި ޝާމިލުވި އޮފިސަރުންނަށް ފިޔަވަޅު އަޅާފައިވާނެ ކަމަށާއި، ބައެއް އޮފިސަރުން ވަކި ކުރެވި، އަނެއްބައި އޮފިސަރުން ކަމާގުޅުންހުރި މިންވަރަށް ބަލައި ރޭންކް ދަށްކުރެވިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދާދި ފަހުން ޖަލުގައި ވާނުވާ ބަންދުގައި ހުރި މީހަކު ނިޔާވި ހާދިސާއާ ގުޅިގެން ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، އެ ހާދިސާއާ ގުޅިގެން ވަކި މީހެއްގެ އިހުމާލު އޮތް ކަމަށް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. މި އަހަރުގެ ތެރޭގައި ވެސް 8 ވަރަކަށް ފަހަރު ޑޮކްޓަރަށް ދެއްކިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ޖަލުގައި ހުންނަ ގައިދީންނަށް ބޭސްފަރުވާ ކުރުމުގެ އުސޫލް އޮންނަ ކަމަށާއި އެ އުސޫލުގެ ތެރެއިން ޑޮކްޓަރަށް ދައްކައި، ބޭސް ފަރުވާގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެ މައްސަލައިގައި އިހުމާލެއް އޮތްކަމަށް ފާހަގަކުރެވިފައި ނެތް ކަަމަށް ވިދާޅުވިއެވެ.

މި ސަރުކާރު އައިއިރު، ވާނުވާ ބަންދުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ތިބި ކަމަށާއި، އެކަން ހައްލު ކުރުމަށް މަސައްކަތް ތަކެއް ކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިހާރުވެސް ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލައަށް ހައްލު ގެނައުމަށް ޕީޖީއާއެކު އަބަދުވެސް މަޝްވަރާ ކުރަމުން ދާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.    

މިނިސްޓަރ އިމްރާންރައްޔިތުންގެ މަޖިލިސްމިނިސްޓްރީ އޮފް ހޯމް އެފެއަރޒް

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
09 އޮކްޓޯބަރު 2025

ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި

09 އޮކްޓޯބަރު 2025
ޚުދުމުޚްތާރުކަމާއި އަނިޔާވެރިކަން އިސްނުކުރުމަށް އަދާލަތު ޕާޓީން ސަރުކާރަށް ގޮވާލައިފި
17 ސެޕްޓެމްބަރު 2025

މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ

17 ސެޕްޓެމްބަރު 2025
މަޖިލީހުން މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރީ ގަވައިދާ ޚިލާފަށް, އެ ގާނޫނަށް އެއްވެސް މީހަކު ތަބާވާކަށް ނުޖެހޭނެ: ރޮޒައިނާ
09 ސެޕްޓެމްބަރު 2025

ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި

09 ސެޕްޓެމްބަރު 2025
ނޯޓިސް ދިނުމުން ފަސް މެންބަރުން ވެސް މާލީ ބަޔާން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު