Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ ރޭސް 2018

ޕީޕީއެމްގެ ރަނިންގ މޭޓަށް ޝައުގުވެރިކަން ނެތީ؟

ރައީސް ޔާމީންގެ ދައުރުގެ ތެރޭގައި ތިން ނައިބުން ފެނުނު

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 4 ޖުލައި 2018 | ބުދަ 18:10
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލަ ގައްޔޫމް ކެމްޕެއިން ފެއްޓެވިކަން ރަސްމީކޮށް އިއުލާނުކުރެއްވީ ސުޕްރީމް ކޯޓުގެ އަމުރާއިއެކު ސަރުކާރު ޕްރެޝަރަށް ވެއްޓިފައިވަނިކޮށް

ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލަ ގައްޔޫމް ކެމްޕެއިން ފެއްޓެވިކަން ރަސްމީކޮށް އިއުލާނުކުރެއްވީ ސުޕްރީމް ކޯޓުގެ އަމުރާއިއެކު ސަރުކާރު ޕްރެޝަރަށް ވެއްޓިފައިވަނިކޮށް

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެނޑިޑޭޓަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހް ކަމަށް އިއުލާނުކުރެވުމާއެކު އެންމެ ބޮޑު ބަހުސަކަށްވެގެންދިޔައީ ރަނިންގ މޭޓަކީ ކޮން ބޭފުޅެއްތޯއެެވެ.

ގުޅިފައިވާ ޕާޓީތަކުން އެ ސްލޮޓް ދީފައިވަނީ ޖުމްހޫރީ ޕާޓީއަށެވެ. އެ މަގާމަށް އެ ޕާޓީގެ ތެރެއިން ޝައުގުވެރިކަން އޮތް މިންވަރާއި ރަނިންގް މޭޓަކަށް ނަގާ ބޭފުޅަކު އެނގެން ޢާއްމުން ބޭނުންވެފައިތިބި މިންވަރު ސޯޝަލް މީޑިއާއިން މާބޮަޑަށް ވެސް ސާފުކޮށް ފެނެއެވެ.

ނަގާ ޕޯލްތަކާއި ޖަހާލާފައި ހުންނަ ޕޯސްޓްތައް އަދި ވައިބަރ ގްރޫޕްތަކުގައި ޕާޓީތަކުގެ އާއްމު މެމްބަރުން ހިންގާލާ ހޫނު ޒުވާބުތަކުން އިދިކޮޅު ޕާޓީތަކުުގެ ރަނިންމޭޓަކާއިމެދު އޮތް ޝައުގުވެރިކަން އެނގެއެވެ.

އިދިކޮޅު ޕާޓީތަކުން ނެރޭ ކެނޑިޑޭޓެއްގެ ރަނިން މޭޓަކަށް ވުމަށް ޝައުގުވެރިކަން ފާޅުކުރި ސިޔާސީ ފަރާތްތަކާއި އަދި ރަނިންގ މޭޓެއް ކަނޑައެޅުމާއިމެދު ރައްޔިތުންގެ ޝައުގުވެރިކަން އޮތް މިންވަރަށް ،ދެވަނަ ދައުރަކަށް ރައީސް ކަމުގެ މަގާމަށް ނުކުންނަވާ ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓްކަމަށް އަދި ރަނިންގ މޭޓްކަމަށް ގެންނަ ފަރާތެއް އެނގެން ރައްޔިތުންގެ ޝައުގުވެރިކަމެއް ނެތީހެއްޔެވެ.؟

ސިއްރު ސިއްރުން ބައެއް ވަޒީރުންގެ ނަންތަކާއި ޔުނިވާސިޓީ ޗާންސެލަރުން ފަދަ ބޭފުޅުންގެ ނަންތައް އަޑުއިވުނަސް ފާޅުގައި އެކަމަށް ބޮޑު ކެމްޕެއިނެއް ކުރައްވާތަނެއް ނުފެނެއެވެ.

އަދި އާއްމު ރައްޔިތުން ވެސް އެކަމަށް ޝައުގެއް އޮވެ ސޯޝަލް މީޑިއާގައި ފޮޓޯ ދައުރުކޮށް ޕޯލް ނަގައި ހަދައި އުޅޭތީއެއް ނުފެނެއެވެ.

ރައީސް އަބްދުﷲ ޔާމީންގެ ރަނިންގ މޭޓެއް ކަނޑައެޅުމާއި ބެހޭގޮތުން ގަމުދާއިރާގެ މެމްބަރު ފައްޔާޒް އިސްމާއީލް ވިދާޅުވީ ކަންތައް ހިނގާފައިވާ ގޮތުން ރައީސް ޔާމީން ނަންގަވާ ރަނިންގމޭޓެއްގެ ކަންބޮޑުވުންތަކެއް ހުންނާނެކަމަށް ބެލެވޭކަމަށެވެ. އަދި ރައީސް ޔާމީން ވެސް ކަންތައް ހިނގާފައިވާ ގޮތުން ރަނިންގމޭޓަކަށް ގެންނަވާ ބޭފުޅާ ކަންތައްކުރައްވާފަނެ ގޮތަކާއިމެދު ވިސްނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ފުރަތަމަ ނައިބް ރައީސް އަދި 2013 ގެ ރިޔާސީ އިންތިޚާބުގައި ރަނިންގ މޭޓެއްގެ ގޮތުގައި ނުކުންނެވި ޑރ މުހައްމަދު ޖަމީލު އަހުމަދު ރައީސްވަނީ އެމަނިކުފާނުގެ ޕާލީމެންޓްރީ ގުރޫޕްގެ ލީޑަރަށް ދަންނަވައިގެން މަޖިލީހުގައި ވޯޓެއްނަގައި މަގާމުން ދުރުކޮށްފައެވެ.

އޭގެ ކުރިން ޖަމީލުވަނީ ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ. ޖަމީލަށް ފަހު ނައިބް ރައީސް ކަމަށް އައްޔަން ކުރެއްވީ އެ ބޭފުޅަކަށް ފަސް ސަތޭކަ ޕަސެންޓް އިތުބާރު ކުރެއްވިކަމަށް ވިދާޅުވި އަހުމަދު އަދީބެވެ. ކުުރު މުއްދަތެއްގައި މަގާމު އަދާކުރެއްވުމަށްފަހު ޖާގަ ލިބިވަޑައިގެންނެވީ ޖަލުގޮޅިންނެވެ.

އޭގެ ފަހުން ނައިބަކަަށް އައްޔަން ކުރެއްވި ކުރީގެ ފިނޭންސް މިނިސްޓަރ އަބްދުﷲ ޖިހާދުގެވެސް މާބޮޑު އޮފެއް ނުހުރެއެވެ. ލޯކަލް ކައުންސިލް އިންތިޚާބުގައި ތިނަދޫއިން ލިބުނު ބޮޑު ނާކާމިޔާބާއިއެކުވެސް ހިތްޕުޅާ ހަމަނުވިކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޖިހާދުގެ ކުށެއް ދައްކަވައި އަދި މިހާތަނަށް މީޑިއާގައި ވާހަކަނުދެއްކެވި ނަމަވެސް އޭގެ ކުރީގެ ދެ ނައިބުން ރައީސް ޔާމީން ސިފަ ކުރައްވަނީ ބޭވަފާތެރި، ވެރިކަމަށް ދަހިވެތި ބޭފުޅުންގެ ގޮތުގައެވެ. އޭގެ ތެރެއިންވެސް އަދީބުގެ ކުށް ރައީސް ޔާމީނުގެ އަރިހުގައި ބޮޑެވެ. އެ ބޭފުޅަކަށްޓަކައި ގާނޫނު އަސާސީއަށް ބަދަލު ގެނައި އަަދީބު މިހާރު ހުންނަވަނީ ބޭސްފަރުވާގެ އަސާސީ ހައްގުންވެސް މަހުރޫމުކޮށްފައެވެ. ނައިބަކަށް ގެންގުޅުއްވި ބޭފުޅަކާއިމެދު ހިއްޕުޅުގައި އޮތް ރުޅިވެރިކަން ސިފަކޮށްލުމަށް އެ މިންވަރު ފުދެއެވެ.

ރައީސް ޔާމީންގެ ނައިބަކަށް ނެންގެވި ބޭފުޅުންނަށް ވީގޮތާއި އަދި އެ ބޭފުޅުން ކަންތައް ކުރެއްވިކަމަށް ރައީސް ޔާމީން ވިދާޅުވާގޮތުން ރައީސް ޔާމީންގެ ރަނިންގ މޭޓްކަމަމަކީ ބިރުވެރި މަގާމެއްކަމަށް ބައެއް ރައްޔިތުން ދެކެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ކޮންބޭފުޅެއް؟

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ކޮންބޭފުޅެއް؟

27 ޖޫން 2018
ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!

ޕީޕީއެމްގެ އެތެރެއިން ރައީސް ޔާމީނަށް އޮތް ބިރުވެރިކަން މާބޮޑު!

04 ޖޫން 2018
ނަޝީދަށް އޮތް ތާއީދު ފެނިދާނެތީ އީސީ އިން ކަންބޮޑުވަނީބާ؟

ނަޝީދަށް އޮތް ތާއީދު ފެނިދާނެތީ އީސީ އިން ކަންބޮޑުވަނީބާ؟

24 މެއި 2018
ރަނިންގ މޭޓްކަމާއި ޕީއެޗްޑީ:ޑރ ޝަހީމްވެސް އެމަގަށްތަ؟

ރަނިންގ މޭޓްކަމާއި ޕީއެޗްޑީ:ޑރ ޝަހީމްވެސް އެމަގަށްތަ؟

14 ޖެނުއަރީ 2018
ސްޓާރޓް ނުވި ޕީޕީއެމްގެ ކެމްޕޭން – ގަރާޖަކަށް ގެންދަންވެފައި؟

ސްޓާރޓް ނުވި ޕީޕީއެމްގެ ކެމްޕޭން – ގަރާޖަކަށް ގެންދަންވެފައި؟

06 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު