Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލަންކާގެ ރެފިއުޖީންތަކެއް އަތުލައިގަތް މައްސަލަ

ލަންކާގެ ރެފިއުޖީންތަކެއް އަތުލައިގަނެ، ރާއްޖެއާ ހަވާލުކޮށްފައެއްނުވޭ: ފޮރިން މިނިސްޓްރީ

ކަމާބެހޭ އިދާރާއަކުން އެފަދަ މައުލޫމާތެއް ހިއްސާކޮށްފައެއްނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2021 | އާދީއްތަ 13:46
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

މިނިސްޓްރީ އޮފް ފޮރިން އެފެއާޒް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ސްރީލަންކާގެ ރެފިއުޖީންތަކެއް އަތުލައިގަނެ ރާއްޖެއާ ހަވާލުނުކުރާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ފޮރިން މިނިސްޓްރީން ބުނީ އެމައްސަލައަކީ ރާއްޖެއާ ގުޅުން ހުރި މައްސަލައެއް ނޫން ކަމަށެވެ. އަދި ބައެއް މީޑިއާތަކުގައި ލަންކާގެ ރެފިއުޖީންތަކެއް އަތުލައިގަނެ ރާއްޖެއާ ހަވާލުކުރި ކަމަށް ރިޕޯޓުކުރި ނަމަވެސް އެފަދަ އެއްވެސް ކަމެއް ހިނގާފައިނުވާ ކަމަށާއި، ކަމާބެހޭ އިދާރާއަކުން އެފަދަ މައުލޫމާތެއް ވެސް ހިއްސާކޮށްފައި ނުވާކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މި މައްސަލައިގެ މައުލޫމާތު ހިއްސާކޮށްފައި ނުވާކަމަށް ފުލުހުންވެސް ބުނެފައިވެއެވެ.

ލަންކާގެ އެފިއުޖީންގެ ބަޔަކު ފިލައިގެން ދަނިކޮށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަނެ، އެމެރިކާގެ ސިފައިން އެމީހުން (ހުކުރު ދުވަހުގެ ވަގުތެއްގައި) ރާއްޖެއާ ހަވާލުކޮށްފައިވާ ކަމަށް ބޭރުގެ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

ބޭރުގެ ރިޕޯޓުތަކުގައި ބުނެފައިވަނީ އެމީހުންނަކީ މަދޫރާއީއާއި ޓްރިޗީގެ ރެފިއުޖީ ކޭމްޕްތަކަކުން ފިލައިގެން އުޅޭ ބައެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި ރާއްޖޭ ކަނޑުގެ ސަރަހައްދުން އެ މީހުން އަތުލައިގަތީ، މޫސުން ގޯސްވެ، ރާއްޖެއާ މޮރިޝަސްއާ ދެމެދު ފެރީ ހުއްޓިފައި ވަނިކޮށް ކަމަށެވެ. އެމީހުން މަސައްކަތް ކޮށްފައިވަނީ އިންޑިއާގެ ކެރެލާއިން ދެކުނު އެފްރިކާއަށް ގޮސް ކެނެޑާގެ ހިމާޔަތް ހޯދުމަށް ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ގަވާއިދާ ޚިލާފަށް ދަތުރުކުރަމުން ދިޔަ މިފެރީގައި ކާކުކަން ދެނެގަނެވޭ ފަދަ އެއްވެސް ލިޔުމެއް ނެތް މީހުން ވެސް ތިއްބެވެ. އަދި ލަންކާގެ ތަމަޅައިންގެ 85 މީހަކާއި 59 ރެފިއުޖީއަކުވެސް ހިމެނޭ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ސްރީލަންކާފޮރިން މިނިސްޓްރީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު