Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫގެ ކުށުގެ ވެށި

އައްޑޫ ސިޓީގައި 12 ގޭންގް އުޅޭކަން ފާހަގަކުރެވިފައިވޭ - ސީޕީ

10 އޮކްޓޯބަރު 2021 | އާދީއްތަ 08:10

އައްޑޫގައި މިހާރު ތިބީ 128 ފުލުހުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 10 އޮކްޓޯބަރު 2021 | އާދީއްތަ 08:10
މުހައްމަދު ހަމީދު - ކޮމިޝަނަރ އޮފް ޕޮލިސް

މުހައްމަދު ހަމީދު - ކޮމިޝަނަރ އޮފް ޕޮލިސް

އައްޑޫ ސިޓީގައި 12 ގޭންގް އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

އައްޑޫއަށް ކުރެއްވި އެއްދުވަހުގެ ދަތުރުފުޅުގެ ތެރެއިން މީޑިއާއާ ވާހަކަދައްކަވަމުން ސީޕީ ވިދާޅުވީ ކުށްތަކަށް އަރައިގަންނަ ގްރޫޕޭ ކިޔާ ވައްތަރުގެ 12 ގްރޫޕް އައްޑޫގައި ހަރަކާތްތެރިވާ ކަން ފާހަގަކުރެވިފައިވާ ކަމަށާއި، ދޭތެރެ ދޭތެރެއިން މި ގްރޫޕްތަކުގެ މެދުގައި ހިނގާ ކަންތައްތަކާއި އެއް ބަޔަކު އަނެއް ބަޔަކުގެ މެދުގައި ހިންގާ މާރާމާރީގެ މައްސަލަ އައްޑޫ ސިޓީގައި ބޮޑުވެފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

މަސްތުވާތަކެތި ބޭނުންކުރުމާއި، ވިޔަފާރި ކުރުމަކީ ވެސް އެ ސިޓީގައި ބޮޑުވެފައިވާ މައްސަލައެއްކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ، އެކަމުގައި ޅައުމުރުގެ ކުދިން އުޅޭކަމަަށެވެ. އެގޮތުން ގާތްގަނޑަކަށް 1540 މީހުން އައްޑޫ ސިޓީގައި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އެނގިފައިވާކަމަށް ސިީޕީ ވިދާޅުވިއެވެ. މީގެއިތުރުން ތަކުރާރުކޮށް ގޭގެއަށް ވަދެ އަދި ދަނޑުގޮވާމުންނާއި ކުދި ކުށްތައް ތަކުރާރުކޮށް ކުރާ 19 މީހަކު ވެސް ފާހަގަކުރެވިފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. މިފަދަ ކަންކަން ކުރާ މީހުންގެ މައްސަލަ ހައްލުވާނީ ގާނޫނުން އެފަދަ މީހުންނަށް ދޭންޖެހޭ އަދަބުތައް ދެވިގެންކަމަށް ސީޕީ ވިދާޅުވިއެވެ.

އައްޑޫގައި ތިބި ފުލުހުންގެ އަދަދާއި ވަސީލަތްތައް މަދުކަމުގެ ކަންބޮޑުވުން އައްޑޫ ސިޓީ ކައުންސިލުން ވެސް ދާދިފަހުން ފާޅުކޮށްފައިވާއިރު، އައްޑޫގައި ތިބި ފުލުހުންގެ އަދަދު އިތުރުކުރުމަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. އައްޑޫގައި މިހާރު ތިބީ 128 ފުލުހުން ކަމަށާއި އެ އަދަދު އިތުރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އައްޑޫގެ ކުށުގެ ވެށި މިގޮތަށް އޮތުމާއެކު ފުލުހުންގެ ވަސީލަތްތައް އިތުރުކުރަން މަސައްކަތްތައް ކުރައްވާ ކަމަށާއި، މަސައްކަތްތަކަށް ބޭނުންވާ އުޅަނދުފަހަރު އިތުރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ، 2019 ގެ ފަހުން ވެސް އައްޑޫގައި ފުލުހުންގެ އަދަދު އިތުރުކުރަން ކުރި މަސައްކަތުގެ ތެރެއިން 20-25 ވަރަކަށް ފުލުހުން އިތުރުކުރި ކަމަށެވެ. މި އަހަރުގެ ނިމުމުގެ ކުރިން ވެސް ފުލުހުންގެ ވަޒީފާތަކަށް އިތުރު މީހުން ވައްދަން ނިންމާފައިވާ ކަމަށާއި އޭގެ ތެރެއިން ވެސް އައްޑޫއަށް ފުލުހުން ފޮނުއްވާނެ ކަމަށް ވިދާޅުވިއެވެ.

އައްްޑޫ ސިޓީމޯލްޑިވްސް ޕޮލިސް ސަރވިސްކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް, މުހައްމަދު ހަމީދު

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
05 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް

05 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ ބޮޑެއް ކަމަށް ބުނެ އައްޑޫ އިން ހައްޔަރު ކުރި ނަދީމް އަކީ މުއިއްޒު ސަރުކާރުގެ ބޮޑުންނާއި ގާތް ފަރާތެއް
04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
02 ޑިސެމްބަރު 2025

އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި

02 ޑިސެމްބަރު 2025
އެއް މިސްރާބަކަށް މަސައްކަތްކޮށް ފުލުހުންގެ މުއައްސަސާގެ އަގު ދެމެހެއްޓުމަށް މަސައްކަތްކުރުމަށް ސީޕީ ނަވީން އެދިވަޑައިގެންފި
30 ނޮވެމްބަރު 2025

މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި

30 ނޮވެމްބަރު 2025
މަރަދޫ ބޮނޑޮގެ: މުޅި އައްޑޫގެ ތާރީޚް އެއްތަނަކުން ފެންނަ ގޮތަށް އާރޓް ގެލަރީއެއް ހުޅުވައިފި
30 ނޮވެމްބަރު 2025

ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް

30 ނޮވެމްބަރު 2025
ކުޑަކުދިން އޮންލައިންކޮށް އެކްސްޕްލޮއިޓްކުރުން: ރާއްޖޭގައި ކޮންމެ 10،000 މީހުންގެ ތެރެއިން 94 މީހަކީ މިފަދަ މައްސަލަތަކުގައި ހިމެނޭ މީހެއް
25 ނޮވެމްބަރު 2025

އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު

25 ނޮވެމްބަރު 2025
އައްޑޫ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް ބެލެވެނީ އަދި ދޮޅުއަހަރު ފަހުން: ފެނަކަ އެމްޑީ ނަޖާހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް