Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޫސުމީ ބަދަލުތަކުގެ ސަބަބުން ވާ ގެއްލުމުން

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ވާހަކަ ދައްކަނީ ހަމައެކަނި ރާއްޖޭގެ ހައްގުގައެއް ނޫން - ނަޝީދު

މޫސުމީ ބަދަލުތަކުގެ ނުރައްކާ އޮތީ ކުދި ޖަޒީރާ ގައުމުތަކަށް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2021 | ހުކުރު 17:22
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސީއެންއެންއަށް އިންޓަރވިއު ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސީއެންއެންއަށް އިންޓަރވިއު ދެއްވަނީ

މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުންތަކުގެ ވާހަކަ ދައްކަވަނީ ހަމައެކަނި ރާއްޖޭގެ ހައްގުގައި ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސީއެންއެންއަށް ދެއްވި އިންޓަރވިއުއެއްގައި ނަޝީދު ވިދާޅުވީ، 'ކްލައިމެޓް ވަލްނަރަބްލް ފޯރަމް'ގައި އެމަނިކުފާނު ތަމްސީލު ކުރައްވަނީ، މޫސުމީ ބަދަލުތަކުގެ ސަބަބުންވާ ގެއްލުމުގެ އަސަރު އެންމެ ބޮޑަށް ކުރާ 48 ގައުމު ކަމަށެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ރިޔާސަތު ބަލަހައްޓަވާ އެ ފޯރަމްގައި އެ 48 ގައުމުގެ ހައްގުގައި އެމަނިކުފާނު ވާހަކަފުޅު ދައްކަވާ ކަމަށް ވިދާޅުވިއެވެ. މި 48 ގައުމަކީވެސް މޫސުމީ ނުރައްކާ އޮތް ގައުމުތައްކަން ފާހަގަ ކުރައްވަމުން ވިދާޅުވީ، ބޮޑެތި ގައުމުތަކުގައި މޫސުމީ ބަދަލުތަކާއެކު އަމިއްލަ ގެދޮރުން ނުކުމެ ހިކިފަސްތަނެއް ހޯދުމުގެ މަސައްކަތް ފެށިދާނެ ކަމަށެވެ. އެހެންނަމަވެސް ކުދި ޖަޒީރާ ގައުމުތަކުގައި އެހެން ހޯދާނެ ބިމެއް ނޯންނާނެ ކަމަށެވެ. އަދި އެކަމަށް އުންމީދުވެސް ނުކުރެވޭނެ ކަމަށެވެ.

ސާފު ދުޅަހެޔޮ ވެއްޓެގައި ދިރިއުޅުން އެއީ އިންސާނީ ހައްގެއްގެ ގޮތުގައި ކަނޑައެޅުމަށް ރާއްޖެ ހިމެނޭ ގޮތަށް ކުދި ޖަޒީރާ ގައުމުތައް ގުޅިގެން އދގެ ހިއުމަން ރައިޓްސް ކައުންސިލަށް ހުށަހެޅި، ރިސޮލިއުޝަން ފާސްވުމާ ގުޅުވައިގެން ނަޝީދު ވިދާޅުވީ، ކާރިސާއެއް ދިމާވެ އަމިއްލަ ގެދޮރު ގެއްލޭ ދަނޑިވަޅުގައި އދ އިން އެކަން ވީގޮތް ބެލުމަށް އެދޭ ކަމަށެވެ.

ރާއްޖޭގެ 90 އިންސައްތަ ރަށުގައި ފެން ފަށަލަ ތަޣައްޔަރުވެ ރަށް ގިރުމުގެ މައްސަލަވެސް ދިމާވެފައިވާކަމަށް ވިދާޅުވިއެވެ.

"ވޯލްޑް މަޖިލިސް 2.0 އެކްސްޕޯ"ގައިވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ. މި އެކްސްޕޯ ބާއްވާފައިވަނީ ދުބާއީގައި މިހާރު ކުރިއަށްދާ "އެކްސްޕޯ 2020" ހަވާސާގެ ތެރެއިންނެވެ. މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން "އެކްސްޕޯ 2020"ގައި ކުރިއަށްދާ މި އެކްސްޕޯގައި މިމަހުގެ 3ވަނަ ދުވަހުން ފެށިގެން 9ވަނަ ދުވަހާއި ހަމައަށް ޚާއްސަކޮށްފައިވަނީ "ކްލައިމެޓް އެންޑް ބަޔޯޑައިވަރސިޓީ ވީކް"ގެ ގޮތުގައެވެ. މިމަހުގެ 7 ވަނަ ދުވަހު ބޭއްވި އެކްސްޕޯގައި ރައީސް ނަޝީދު ބައިވެރިވެވަޑައިގެން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށާއި، އެކަންކަން ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

"ވޯލްޑް މަޖިލިސް 2.0 އެކްސްޕޯ"ގެ މައިގަނޑު ޝިއާރެއްގެގޮތުގައި ކަނޑައަޅާފައިވަނީ "ރީ-އިންޖިނިއަރިން ޕްލެނެޓް އާރތް" މި ޝިއާރެވެ. ދުބާއީގައި ކުރިއަށްދިޔަ މި އެކްސްޕޯ ބާއްވާފައިވަނީ ދިވެހިރާއްޖެއާއި ގުޅިގެންނެވެ. ރައީސް ނަޝީދުގެ އިތުރުން، މިފަހަރުގެ އެކްސްޕޯގައި ސްޕީކަރުންގެ ގޮތުގައި ޔޫ.އޭ.އީގެ ނެޝެނަލް ސެންޓަރ ފޯރ މީޓިއޮރޮލޮޖީގެ ޑިރެކްޓަރ ޖެނެރަލާއި، ޔޫ.އޭ،އީގެ ފަރާތުން އިންޓަރނޭޝަނަލް ރިނިއުއަބަލް އެނަރޖީ އެޖެންސީ، އައިރީނާއަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބާއި، ޕޯޗުގަލްގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ އެންވަޔަރަމަންޓްގެ އިތުރުން ޖިއޯ ސައިންސްގެ ދާއިރާއާއި އެންވަޔަރަމަންޓަލް ސައިންސްގެ ދާއިރާއިން ފާހަގަކޮށްލެވޭ ދެ ޕްރޮފެސަރަކުވެސް ވަނީ އެބޭފުޅުން ތަޖުރިބާއާއި، ޚިޔާލާ މަޝްވަރާތައް ފޯރަމްގެ ތެރެއިން ހިއްސާކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް، މުހައްމަދު ނަޝީދުކްލައިމެޓް ޗޭންޖްކްލައިމެޓް ޖަސްޓިސް

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

އިނގިރޭސި ރަސްގެފާނުގެ ދަޢުވަތަކަށް ރައީސް އިނގިރޭސިވިލާތަށް

30 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު