Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރ ޝާހިދުގެ ސިޔާސަތުތައް

ޝާހިދުގެ ސިޔާސަތުތަކުން ރާއްޖޭގައި ހުރި މައްސަލަތައްވެސް ހައްލު ލިބޭނެ: ރައީސް

7 އޮކްޓޯބަރު 2021 | ބުރާސްފަތި 14:18

ކޮވިޑުން ދިފާއުވުމަށް ކުރާ މަސައްކަތަށް ބައިނަލްއަގުވާމީ އެހީތެރިކަން ބޭނުންވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 14:18
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝާހިދުގެ ޝަރަފުގައި ދެއްވި ރަސްމީ ޖާފަތުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝާހިދުގެ ޝަރަފުގައި ދެއްވި ރަސްމީ ޖާފަތުގެ ތެރެއިން

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައި ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގެންގުޅުއްވާ ސިޔާސަތުތަކުން ރާއްޖޭގެ ޤައުމީ މައްސަލަތަކާ ގުޅިފައިވާ ކަންބޮޑުވުންތަކަށްވެސް ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް، ޢަބްދުﷲ ޝާހިދުގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދެއްވި ރަސްމީ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން، ޝާހިދު ރާއްޖެއަށް ޒިޔާރަތްކުރެއްވިކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް މަގާމު ދިވެއްސަކު ފުރުއްވަމުންގެންދަވާކަމީ، ކޮންމެ ދިވެއްސަކަށް ވެސް ލިބޭ ފަޚުރަކާއި ޝަރަފެއްކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ބައިނަލްއަގުވާމީ މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރެއްވުމަށް ޝާހިދު ގެންގުޅުއްވާ ވިސްނުންފުޅުގެ ވަރަށް އުޖާލާ ކަމަށެވެ. އެމަނިކުފާނުގެ އުންމީދުގެ ފަސް ދޯދިން ރާއްޖޭގެ ގައުމީ މައްސަލަތަކާ ގުޅިފައިވާ ކަންބޮޑުވުންތަކަށްވެސް ވަރަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮވިޑްގެ ވަބާއިންނާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ މައްސަލަތަކުން މިންޖުވުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތުގައި، ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ރާއްޖެއަށް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖެ ތަރައްގީ ކުރުމުގައި، އެހެން ގައުމުތަކުގެ ތަޖުރިބާއާއި ހިއްސާ ވަރަށް މުހިންމު ކަމަށާއި، ރާއްޖޭގެ ދެމިއޮތުމާއި ނެތިދިޔުމާ ގުޅިފައިވާ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި، ކުރިއަރާފައިވާ ގައުމުތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެންމެންގެ ހައްގުތަކަށް އިޙްތިރާމުކުރާ، އަދި މިހާރަށްވުރެ އިންސާފުވެރި ހަމަހަމަ އުސޫލަކުން، ހުރިހާ ގައުމުތަކާމެދު މުއާމަލާތު ކުރެވޭ މުއައްސަސާއަކަށް، އދ. މަޖިލިސްވުމަކީ އެދިވަޑައިގަންނަވާކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރިޔާސަތަށް ޝާހިދު އިންތިޚާބުވުމަކީ، ދިވެހި ސަރުކާރުގެ ޚާރިޖީ ސިޔާސަތު ދުނިޔެ ބަލައިގެންފައިވާ ކަމުގެ ހެއްކެއް ކަމަށާއި, އަދި ބައިނަލްއަގުވާމީ މަސްރަޙުގައި ރާއްޖެ ތަމްސީލު ކުރެއްވުމަށް، އެމަނިކުފާނު އުފުއްލެވި ބުރަ މަސްއޫލިއްޔަތާއި، ކުރެއްވި މިންނެތް މަސައްކަތުގެ ނަތީޖާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުޢަބްދުﷲ ޝާހިދު

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

10 ނޮވެމްބަރު 2025

ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް

10 ނޮވެމްބަރު 2025
ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓު ހުޅުވުމުން ރައީސް ޞާލިހު އާއި ޝާހިދުގެ ޝުކުރު އިންޑިއާ އަށް
04 އޮކްޓޯބަރު 2025

ސައްދާމް ހުސައިން އިރާގުގެ ރައްޔިތުންނާއި ދެކޮޅަށް ކެމިކަލް ވެޕަން ބޭނުންކުރި ފަދައިން މުޢިއްޒު އެވަނީ ދިވެހި ރައްޔިތުންނާއި ދެކޮޅަށް އެފަދަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްފައި: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025

ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
ޕްރައިވެޓް ސެކްޓަރ އަކީ މިސަރުކާރުން ގަބޫލުކުރާ ސެކްޓަރ އެއް ނޫން: އަބްދުﷲ ޝާހިދު
03 އޮކްޓޯބަރު 2025

މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު

03 އޮކްޓޯބަރު 2025
މިއީ އޮޅުވާލުމާ، ފޮރުވުމާ ލޫޓުވުމުގެ ސަރުކާރެއް: އަބްދުﷲ ޝާހިދު
20 ސެޕްޓެމްބަރު 2025

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ
11 ސެޕްޓެމްބަރު 2025

"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"

11 ސެޕްޓެމްބަރު 2025
"ފީއަލީގައި ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓު ހުޅުވުމަށް އެމްޑީޕީގެ ރައީސް ޝާހިދު އަދި ކުރީގެ ނައިބް ރައީސް ވަޑައިގަންނަވާތީ ރަސްމިއްޔާތު ކެންސަލްކުރަން ސަރުކާރުން އެންގި"
18 ޖުލައި 2025

ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި

18 ޖުލައި 2025
ޑޮލަރުގެ އަގުބޮޑުވެ އިގްތިސާދީ އަނދަވަޅަކަށް ވެއްޓެމުންދާއިރު ގަވަރުނަރު ޒިންމާ އަދާކުރުމަށް ޝާހިދު ގޮވާލައްވައިފި
01 މެއި 2025

ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި

01 މެއި 2025
ޒުވާނުން ކުރަމުންދިޔަ އިހުތިޖާޖަށް ފުލުހުން ވަދެ ބާރުގެ ބޭނުންކޮށް އަނިޔާކުރުން ޝާހިދު އާއި ފައްޔާޒު ކުށްވެރި ކުަރައްވައިފި
31 ޖެނުއަރީ 2025

"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"

31 ޖެނުއަރީ 2025
"ރައީސުލްޖުމްހޫރިއްޔާ ކުރައްވަންވީ ކަމަކީ ޚާރިޖީ ދާއިރާގައި ތިބި ސިޔާސީ މީހުން ވަކިކޮށްފަ ގެއަށް ފޮނުވާލެއްވުން"
25 ނޮވެމްބަރު 2024

2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު

25 ނޮވެމްބަރު 2024
2028ގެ ޕްރައިމަރީ ވާހަކަ ދައްކަން އަވަސް، މުޅި ފޯކަސްއަކީ މިސަރުކާރު ޖަވާބުދާރީކުރުވުން: ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް