Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގައުމީ ލަވަ އަލްބަމް

އެމްއެންޑީއެފްގެ ގައުމީ ލަވަ އަލްބަމް ނެރެފި

7 އޮކްޓޯބަރު 2021 | ބުރާސްފަތި 06:34

މި އަލްބަމްގައި މުޅިއެކު ހަ ލަވަ ހިމެނޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 06:34
އެމްއެންޑީއެފް ލަވަ އަލްބަމްގެ ޕޯސްޓަރ

އެމްއެންޑީއެފް ލަވަ އަލްބަމްގެ ޕޯސްޓަރ

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ނެރޭ ޤައުމީ ލަވަ އަލްބަމް 1443 ނެރެފިއެވެ.

ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިންނާއި ސިފައިންގެ ލަވަ ކިޔުންތެރިން ލަވަކިޔާފައިވާ މި އަލްބަމްގައި މުޅިއެކު ހަ ލަވަ ހިމެނެއެވެ. މިލަވަތަކުގެ ތެރޭގައި ހިމެނެނީ އަންހެން ސިފައިންގެ ލަވަ، ޤައުމީ ޚިދުމަތުގައި އެފްއާރުއެސް (އެފްއާރުއެސް)، ކަނޑުމަތީގެ ޤާއިދުން (ކޯސްޓްގާޑް)، ރަތް ލަޝްކަރު (މެރިން ކޯރ) ލަޝްކަރުގެ މައިބަދަ (ސަރވިސް ކޯރ)، އަދި މަދަނަ ވެށްޓަކަށް (މެޑިކަލް ކޯރ) އެވެ.

Advertisement - newsAdvertisement

މި އަހަރުގެ ޤައުމީ ލަވަ އަލްބަމް ޚާއްޞަ ވެފައިވަނީ "ސިފައިންގެ ގާބިލްކަން - ޤައުމުގެ އަމާންކަން" މި ތީމަށެވެ. އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މިފަހަރުގެ އަލްބަމްގައި ވެސް ޤައުމީ ރޫޙާއި ޤައުމީ ޖޯޝުން ލޭ ކައްކުވާލާފަދަ ޅެންތަކެއް ހިމެނެއެވެ.

މި އަލްބަމްގެ ޅެންތައް ހައްދަވާދެއްވާފައި ވަނީ ލެފްޓިނަންޓް ކާނަލް އަންވަރު ޒާހިރު، ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދު، ވޮރަންޓް އޮފިސަރ3 އާސިމް ރަޝީދު، ސާޖަންޓް އުބައިދު ޢަބްދު ﷲ އަދި ޕްރައިވެޓް މުޙައްމަދު މާހިދުއެވެ.

އަލްބަމްގެ ރާގާއި މިޔުޒިކް ހަދާފައިވަނީ އާރޓްސް އެންޑް ސެރެމޯނިއަލް ސަރވިސްގެ އޯޑިއޯ އިންޖިނިއަރުން ކަމުގައިވާ  ލެފްޓިނަންޓް ކާނަލް ޢަލީ މަނިކު، ވޮރަންޓް އޮފިސަރ1 ޔޫސުފް ޝިމާޒް، ވޮރަންޓް އޮފިސަރ1 ޢަބަދުﷲ އިލްހާމް އިބްރާހީމް،  ސްޓާފް ސާޖަންޓް އިބްރާހީމް އާޝިފް، ޕްރައިވެޓް މޫސާ ކަލީމް، ޕްރައިވެޓް އިސްމާޢީލް ޔަމާން އަދި ޕްރައިވެޓް މުޙައްމަދު މާހިދުއެވެ. މި އަލްބަމުގެ ވީޑިއޯ ޕްރޮޑަކްޝަންގެ މަސައްކަތް ކޮށްފައިވަނީ މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ވީޑިއޯގްރަފީ އެންޑް އޯޑިއޯ ވިޝުއަލްސް ޑިޕާޓްމަންޓްގެ އިތުރުން  އައްޝަރު ވަހީދާއި ވޮރަންޓް އޮފިސަރ2  އިބްރާހީމް އަޙްމަދެވެ.

2002 ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ ޤައުމީ ލަވަ ސީޑީގެ މިއީ 20 ވަނަ އަލްބަމެވެ. މި އަލްބަމުގެ ވީޑިއޯ ލަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލްއިން ޑައުންލޯޑް ކުރެވޭނެއެވެ.

އެމްއެންޑީއެފް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
03 ޑިސެމްބަރު 2025

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
30 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!
29 ނޮވެމްބަރު 2025

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!
23 ނޮވެމްބަރު 2025

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި
21 ނޮވެމްބަރު 2025

އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް

21 ނޮވެމްބަރު 2025
އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިއަށް ގެންދާ ޚާއްސަ ތަމްރީން ފަށައިފި، އަންނަ އާދިއްތަ ދުވަހު މާލެ ސަރަހައްދުގައި ވެސް ޚާއްސަ ތަމްރީނެއް
14 ނޮވެމްބަރު 2025

ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ

14 ނޮވެމްބަރު 2025
ފަރުކޮޅުފުށީގައި އެޗްޑީސީގެ ލިޔެކިޔުންތައް ރައްކައު ކޮށްފައި ހުންނަ އިމާރާތެއްގައި ރޯވެ އަނދަނީ
13 ނޮވެމްބަރު 2025

355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު

13 ނޮވެމްބަރު 2025
355 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ޝަރީއަތް ނިމެންދެން އެންމެން ބަންދު
11 ނޮވެމްބަރު 2025

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ
08 ނޮވެމްބަރު 2025

މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް

08 ނޮވެމްބަރު 2025
މާލެ އިން މުދާ ބަރުކޮށްގެން ފަރެސްމާތޮޑާ އަށް ދަތުރުކުރި ބޯޓެއް ފަރަށް އަރައި އަޑިއަށް ދަނީ، އެމްއެންޑީއެފްގެ ބަހެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް