Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

އިޓަލީގެ ރިކޯޑަށް ނިމުން ގެނެސް ސްޕެއިން ފައިނަލަށް

މި މެޗުގެ ކުރިން އިޓަލީން ބަލިނުވެ 37 މެޗު ހަމަކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 03:15
އިޓަލީ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން

އިޓަލީ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން

ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ބުދަ ދުވަހުގެރޭ އިޓަލީ ބަލިކޮށް މުބާރާތުގެ ފައިނަލަށް ސްޕެއިން ދަތުރުކޮށްފިއެވެ.

އިޓަލީގައި ކުޅުނު މި މެޗުން ސްޕެއިން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ސްޕެއިނުން ވަނީ އިޓަލީގެ ބަލިނުވުމުގެ ރިކޯޑަށް ނިމުން ގެނެސްފައެވެ. މި މެޗުގެ ކުރިން އިޓަލީން މެޗަކުން ބަލިނުވެ 37 މެޗު ހަމަކުރިއިރު، އެއީ ދުނިޔޭގެ ރިކޯޑެކެވެ. އަދި މި މެޗުގެ ކުރިން އިޓަލީ އެންމެ ފަހުން މެޗަކުން ބަލިވީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ނޭޝަންސް ލީގުގައި ޕޯޗުގަލް އަތުންނެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ސްޕެއިނުން ވަނީ ބާސެލޯނާގެ ޒުވާން ތަރި ޕަބްލޯ ގަވީ ހިމަނާފައެވެ. އެއާއެކު އުމުރުން 17 އަހަރުގެ ގަވީ ވެފައިވަނީ ރަސްމީ މެޗެއްގައި ސްޕެއިނަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.

މި މެޗުގައި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ ސްޕެއިނުންނެވެ. މިކޭލް އޮޔާޒަބާލް ތަނަވަސްކޮށްދިން ފުރުސަތަކުން މެޗުގެ 17 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސެވެ.

އޭގެ ފަހުން މި މެޗުގައި އިޓަލީއަށް މައްސަލަތަކެއް ކުރިމަތިވީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އެ ޓީމުގެ ކެޕްޓަން ލިއޮނާޑޯ ބޮނޫޗީއަށް ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު އިޓަލީގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ނަގައި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓޮރޭސް ވަނީ ސްޕެއިންގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

މި މެޗުގައި އިޓަލީން ފަރަގު ކުޑަކޮށްފައިވަނީ މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށެވެ. ފެޑެރީކޯ ކިއޭސާ ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޮރެންޒޯ ޕެލެގްރީނީއެވެ.

މި މޮޅާއެކު ސްޕެއިން ފައިނަލަށް ދަތުރުކުރިއިރު، ފައިނަލުގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމާއި ފްރާންސް ކުޅޭ ދެވަނަ ސެމީން މޮޅުވާ ޓީމަކާއެވެ.

ޔުއެފާ ނޭޝަންސް ލީގު

އިތުރަށް ކިޔާލަން

05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
20 ނޮވެމްބަރު 2024

ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

20 ނޮވެމްބަރު 2024
ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި
20 ނޮވެމްބަރު 2024

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު