Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުއުރީދޫ ސާފް ޗެމްޕިއަންޝިޕް

އުރީދޫ ސާފް ޗެމްޕިއަންޝިޕް - ބަންގްލަދޭޝްގެ ތައްޔާރީތައް

ބަންގްލަދޭޝް ވަނީ ފަސް ފަހަރު ރާއްޖޭގެ މައްޗަށް ކުރިހޯދާފައި

އަތޫފް އާތިފް
އަތޫފް އާތިފް | 7 އޮކްޓޯބަރު 2021 | ބުރާސްފަތި 04:56
ރާއްޖޭގައި ބަންގްލަދޭޝްއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

ރާއްޖޭގައި ބަންގްލަދޭޝްއިން ކުރިއަށްގެންދިޔަ ފަރިތަކުރުންތަކުގެ ތެރެއިން

މިހާރު ރާއްޖޭގައި ކުރިއަށްދާ ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ "އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021" ގެ އެންމެ ފޯރިގަދަ މެޗަކަށްވާނީ ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗެވެ. އޭގެ ހެއްކަކީ މި މެޗުގެ ޓިކެޓު ވިއްކަން ފެށިތާ ގިނަ އިރުތަކެއް ނުވަނީސް ޓިކެޓު ވިކި ހުސްވުމެވެ. އަދި މި ދެ ޓީމު މީގެ ކުރިން ބައްދަލުކުރި މެޗުތަކަށް ބަލާލި ކަމުގައިވީ ނަމަވެސް، ދެ ޓީމުގެ ވާދަވެރިކަން ފެނިގެންދެއެވެ.

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބަންގްލަދޭޝް ޓީމަށް އިރުޝާދުދެމުން އަންނަނީ އެ ގައުމުގެ ބަންޝުންދަރާ ކިންގްސްއަށް އިރުޝާދުދެމުން އައި ސްޕެއިނުގެ ކޯޗު އޮސްކާ ބްރުޒޮންއެވެ. ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މި މުބާރާތަށް އެ ޓީމުގެ ކޯޗަކަށް އޮސްކާ ހަމަޖައްސައި، މީގެ ކުރިން ކޯޗުގެ މަގާމުގައި ހުރި އިނގިރޭސި ކޯޗު ޖެމީ ޑޭ ވަގުތީ ގޮތުން މަގާމުން ދުރުކޮށްފައެވެ.

މި މެޗަށް ނުކުންނައިރު ބަންގްލަދޭޝް ޓީމަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި އޮސްކާއަކީ ދިވެހި ފުޓްބޯޅަ ރަނގަޅަށް ދަސްވެފައިހުރި ކޯޗަކަށްވުމެވެ. ދިވެހި ފުޓްބޯޅައިގެ ލެޖެންޑުންގެ ގޮތުގައި ބެލެވޭ އަލީ އަޝްފާގު (ދަގަނޑޭ) އާއި، ކެޕްޓަން އަކުރަމް އަބްދުލް ޣަނީ ފަދަ ކުޅުންތެރިންގެ ކުޅުން އެންމެ ރަނގަޅަށް އެނގޭނެ އެއް ކޯޗަކީ އޮސްކާއެވެ.

އެގޮތުން ނިމިދިޔަ އޭއެފްސީ ކަޕުގައި ބަޝުންދަރާ ކިންގްސް ގޮވައިގެން ނުކުތް އޮސްކާ ވަނީ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ދިވެހި ކުޅުންތެރިންގެ ކުޅުން އޭނާއަށް އެނގުމަކީ އޮތް ފައިދާއެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެ މެޗުން ބަޝުންދަރާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

އެކަމަކު މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕް ފަށަން ކުޑަތަން ވެފައިވަނިކޮށް އޮސްކާއަށް ޓީމު ހަވާލުކުރުމުން ގިނަ ބަޔަކު އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެވެ. އެހެންނަމަވެސް ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑަރޭޝަނުން ވަނީ އޮސްކާއާ ޓީމު ހަވާލުކުރި ސަބަބު އޮޅުން ފިލުވައިދީފައެވެ. އެގޮތުން ސާފް ފެށެން ކުޑަތަން ވެފައިވަނިކޮށް އޮސްކާއަށް ބަންގްލަދޭޝްގެ ގައުމީ ޓީމު ހަވާލުކުރީ މި ސަރަހައްދުގެ ފުޓްބޯޅަ އެންމެ ރަނގަޅަށް އެނގޭ ކޯޗަކަށް އޮސްކާ ވެފައި، ބަންގްލަދޭޝް ލީގުވެސް އެންމެ ރަނގަޅަށް އެނގޭ ކޯޗަކަށް އޭނާ ވުމުންނެވެ.

މީގެ ކުރިން އޮސްކާ ވަނީ ބަންގްލަދޭޝް އާއެކު އޭނާގެ ޓާގެޓަކީ މުބާރާތުގެ ފައިނަލަށް ދިޔުން ކަމަށްވެސް ބުނެފައެވެ. މިހާތަަނަށް މި މުބާރާތުގައި ބަންގްލަދޭޝްއިން ކުޅުނު ދެ މެޗުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކާފައިވާއިރު، މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ ސްރީ ލަންކާ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އަދި ދެވަނަ މެޗުގައި ވަނީ އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެ އިންޑިއާއާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ.

ރާއްޖެ އާއި ބަންގްލަދޭޝްގެ ކުރިމަތިލުންތަކަށް ބަލާލާއިރު، ބަންގްލަދޭޝް ވަނީ ފަސް ފަހަރު ރާއްޖޭގެ މައްޗަށް ކުރިހޯދާފައެވެ. އަދި ތިން މެޗުން އެއްވަރުވެގެން ނިމުނުއިރު، ބަންގްލަދޭޝް އަތުން ރާއްޖެ މޮޅުވެފައިވަނީ ހަތަރު މެޗުންނެވެ.

ސާފް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

25 ސެޕްޓެމްބަރު 2025

ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ

25 ސެޕްޓެމްބަރު 2025
ރާއްޖޭގެ ކުރީގެ ޤައުމީ ގޯލްކީޕަރު އިފްރާހު ނިޔާވެއްޖެ
26 އޯގަސްޓު 2024

ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!

26 އޯގަސްޓު 2024
ފައިސާ ނުދެއްކުމުން ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ސަސްޕެންޑްކުރަނީ!
11 ޖޫން 2024

ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ

11 ޖޫން 2024
ސާފް ޗެމްޕިއަންޝިޕްގެ ފައިސާ ނުދީގެން އެފްއޭއެމަށް ފިޔަވަޅު އަޅަނީ
01 ޖުލައި 2023

ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް

01 ޖުލައި 2023
ލެބަނަން ބަލިކޮށް، ތަށި ދިފާއުކުރަން އިންޑިޔާ ފައިނަލަށް
01 ޖުލައި 2023

އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް

01 ޖުލައި 2023
އިތުރު ވަގުތުގެ ގޯލުން ބަނގްލަދޭޝް ބަލިކޮށް، ކުވޭތު ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު