Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލެއްވުން

ތިމާވެށީގެ ނުރައްކާ: ''މިއިން ޒަމާނެއްގައި ބިރުނުގަންނަ މިންވަރަށް މިހާރު ބިރުގަނޭ''

ގައުމިއްޔަތު ހިމާޔަތްކުރުމުގެ އެންމެ މުހިންމު މަސައްކަތަށް، ތިމާވެށި ހިމާޔަތްކުރުން ހަދަންޖެހޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2021 | ބުދަ 17:08
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު

ގައުމިއްޔަތު ހިމާޔަތްކުރުމުގެ އެންމެ މުހިންމު މަސައްކަތަށް ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުން ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ, ބައެއްގެ މެދުގައި ގައުމިއްޔަތެއް ދެމިއޮންނާނީ، އަދި އެގައުމިއްޔަތު ރައްކާތެރިކޮށް ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދެވޭނީ ވެސް، އެގައުމެއް ބިންމަތީގައި ވުޖޫދުވެ އޮވެގެން ކަމަށެވެ. މި ހިތްގައިމު ރާއްޖެއަށް ކުރިމަތިވާ ތިމާވެށީގެ ނުރައްކާތަކާ މެދު މިއިން ޒަމާނެއްގައި ބިރުނުގަންނަ މިންވަރަށް ބިރުގަންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, މިއީ ތޯތޯ ވާހަކައެއް ނޫން ކަމަށާއި، އިލްމީ ހަގީގަތްތައް ސާފުކޮށް ކުރަހައިދޭ ބިރުވެރި މަންޒަރެއް ކަމަށެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ މޫސުމީ ބަދަލުތަކުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ، ރާއްޖެ ފަދަ ކުދި އަދި ބިން ތިރި ޖަޒީރާ ގައުމުތަކަށް ކަމަށެވެ. ނަމަވެސް ޖައްވު ހޫނުވުމަށް މެދުވެރިވާ ކަންކަމުގައި ރާއްޖޭގެ ހިއްސާ ވަރަށް ކުޑަ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ތިމާވެށީގެ ގެއްލުންތަކުން ސަލާމަތްވުމަށް އެންމެ ގިނަ މަސައްކަތްތަކާއި، އެންމެ ބޮޑު ޚަރަދެއް ކުރަންޖެހެނީ ވެސް ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކަމަށެވެ.

ރައީސް ވިދާޅުވީ އިންސާނުންގެ އަމިއްލަ އަތްތަކުން ކުރާ ކަންކަމުގެ ސަބަބުން، ދުނިޔޭގެ ހޫނުމިން ދަނީ އިންތިހާއަށް މަތިވަމުން ކަމަށާއި، މޫސުމަށް އަންނަ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގުދުރަތީ ކާރިސާތަކާ ހެދި، އެންމެ ބޮޑެތި ގައުމުތައްވެސް ގޮތް ހުސްވެފައިވާ ކަމަށެވެ.

ތިމާވެށީގެ ގެއްލުންތަކުން ރާއްޖެ ސަލާމަތްކުރުމަށް، އެންމެން އެކުގައި މިހާރު މަސައްކަތް ނުފަށައިފިނަމަ، މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތްކުރުމުގެ ފުރުސަތު ލިބޭ އެންމެ ފަހު ޖީލަށްވުމަކީ އެކަށީގެންވާ ކަމެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ, މިޖަޒީރާތައް ނެތި، ރާއްޖެ ނޯންނާނެ ކަމަށެވެ. އަދި ރާއްޖެ ނެތް ހިނދެއްގައި، ދިވެހިން ނުތިބޭނެ ކަމަށާއި، ދިވެހިން ނެތި ދިވެހި ގައުމިއްޔަތެއް ވެސް ނޯންނާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެހެންކަމުން ގައުމިއްޔަތު ހިމާޔަތްކުރުމުގެ އެންމެ މުހިންމު މަސައްކަތަށް, ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުން ހަދަން ޖެހޭ ކަމަށާއި، ދިވެހިންގެ ދިރިއުޅުމާއި އިޤްތިޞާދު ވެސް އެމައްޗަށް ބިނާވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ މާހައުލީ ނިޒާމު، އޭގެ ޠަބީޢީ ހާލަތަށް އިއާދަކޮށްދިނުމަށް، އާ އާޒުމަކާއެކު އެންމެން އެކުގައި ތެދުވުމަށް، ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ރައީސް ވިދާޅުވީ ގައުމުގެ ފޯދެމުން އަންނަ ޖީލުގެ ހިތްތަކުގައި ގައުމިއްޔަތުގެ ރޫހު އުފައްދައި، ގައުމީ ލޯބި ދިރުވައި އާލާކުރަން ޖެހޭ ކަަމަށެވެ. އަދި ދިވެހިންގެ ގައުމިއްޔަތު ދިރުވައި އާލާކުރެވޭނީ، ގައުމީ ސިފަތަކަށާއި ގައުމިއްޔަތަށް ލޯބިކުރާ ޒުވާން ޖީލެއް އުފެދިގެންކަން ޔަގީންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހުތިމާވެށި

ކޮމެންޓް

އިތުރަށް ކިޔާލަން

ތިމާވެށީގެ ގޮތުން ރާއްޖެ މިއޮތީ އުދަނގޫ ފައްތަރެއްގައި، ބިން ހިއްކާތީ ކަންބޮޑުވޭ: އ.ދގެ ސްޕެޝަލް ރެޕަޓުއަރ

ތިމާވެށީގެ ގޮތުން ރާއްޖެ މިއޮތީ އުދަނގޫ ފައްތަރެއްގައި، ބިން ހިއްކާތީ ކަންބޮޑުވޭ: އ.ދގެ ސްޕެޝަލް ރެޕަޓުއަރ

26 އެޕްރީލު 2024
ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

ބޭނުންކޮށް ނިމިގެން އުކާލާ ތެޔޮގަނޑުން ވެށި ސަލާމަތް ކުރެވިދާނެ ކަން އެނގޭތަ؟

21 މާރިޗު 2024
ސޫދާން ހަމަނުޖެހުމުން ނުކުމެ، ތިމާވެއްޓަށް ހޭލުންތެރިވުމުގެ ތައުލީމު ފޯރުކޮށްދިނުމުގައި

ސޫދާން ހަމަނުޖެހުމުން ނުކުމެ، ތިމާވެއްޓަށް ހޭލުންތެރިވުމުގެ ތައުލީމު ފޯރުކޮށްދިނުމުގައި

10 ޑިސެމްބަރު 2022
މޫސުމީ ބަދަލުތަކުގެ އަސަރާ ކުރިމަތިލާން ނުޖެހޭ އެއްވެސް ބަޔަކު ނެތް: ރައީސް

މޫސުމީ ބަދަލުތަކުގެ އަސަރާ ކުރިމަތިލާން ނުޖެހޭ އެއްވެސް ބަޔަކު ނެތް: ރައީސް

12 ސެޕްޓެމްބަރު 2022
އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

އިންތިޚާބުތަކާއި ދިމާކޮށް ފުވައްމުލައް ސިޓީގެ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދަވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

25 މާރިޗު 2022

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު