Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީޗަރުންނަށް ހުރި ގޮންޖެހުން

ޒަމާނަށް އަހުލުވެރިވުމަށް އެކަށީގެންވާ ފުރުސަތު ނެތުމަކީ ޓީޗަރުންނަށް ހުރި ބޮޑު ގޮންޖެހުމެއް - ތޯހާ

5 އޮކްޓޯބަރު 2021 | އަންގާރަ 06:56

ޓެކްނޮލޮޖީގެ ގޮތުން އައި ބަދަލަށް ޓީޗަރުން އަހުލުވެރި ނުކުރެވޭނަމަ ދަރިވަރުންނަށް ކިޔަވާއިދޭ އެއްޗަކާ ޒަމާނަށް އައި ބަދަލުގެ ފަރަގު ބޮޑުވާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 5 އޮކްޓޯބަރު 2021 | އަންގާރަ 06:56
ތޯހާ ސަލީމް - ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ކުރީގެ ޕްރިންސިޕަލް

ތޯހާ ސަލީމް - ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ކުރީގެ ޕްރިންސިޕަލް

ޒަމާނުއްސުރެ ތިބި ޓީޗަރުން ޒަމާނަށް އަހުލުވެރިވުމަށް އެކަށީގެންވާ ފުރުސަތު ނެތުމަކީ ޓީޗަރުންނަށް ހުރި ބޮޑު ގޮންޖެހުމެއް ކަމަށް ޣިޔާސުއްދީން ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ތޯހާ ސަލީމް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތޯހާ ވިދާޅުވީ، ޓެކްނޮލޮޖީގެ ގޮތުން އައި ބަދަލަށް ޓީޗަރުން އަހުލުވެރި ނުކުރެވޭނަމަ ދަރިވަރުންނަށް ކިޔަވާއިދޭ އެއްޗަކާ ޒަމާނަށް އައި ބަދަލުގެ ފަރަގު ބޮޑުވާނެ ކަމަށާއި، ދަރިވަރުންނަށް އޭގެ ގެއްލުން ބޮޑުވާނެ ކަމުގައެވެ. ޓީޗަރުންނަށް ލިބިފައިވާ ތަމްރީނާއެކު މަސައްކަތް ކުރެއްވި ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ޓީޗަރުންނަށް ލިބެންޖެހޭ ސްކިލް ޓްރޭނިންތައް ލިބެންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

އެތައް ދަރިވަރުންނެއް ގޮވައިގެން ކޮންމެ ދުވަހަކު މަސައްކަތްކުރާއިރު، މާއްދާތަކުގެ މައުލޫމާތުތައް އަދާހަމަކޮށް ކަރިކިއުލަމަށް އައި ބަދަލުތަކާއެކު ފިލާވަޅަށް ތައްޔާރުވެ، ޒަމާނީ ދަރިންތަކެއް މުޖުތަމަޢުއަށް ނެރުމަށް ޓީޗަރުން ކުރާ މަސައްކަތާ އެއްވަރުގެ އިނާޔަތެއް ދިނުން އެއީ ގައުމީ ފެންވަރުގައި ނަގައިގެން މަސައްކަތްކުރަން ޖެހޭ ކަމެއް ކަމަށް ތޯހާ ވިދާޅުވިއެވެ. ތޯހާ ވިދާޅުވީ، މިހާރު ޓިޗަރުންނަށް ދެމުން އަންނަ މުސާރައަކީ ކުރާ މަސައްކަތާ އެއްވަރުގެ މުސާރައެއް ނޫން ކަމަށެވެ. އެހެންކަމުން ސިސްޓަމަށް ބަދަލު އަންނަން ޖެހޭ ކަމަށް ތޯހާ ވިދާޅުވިއެވެ.

ޓީޗަރުންގެ މުސާރައިން ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ނުޖެއްސޭ ކަމަށްވާނަމަ، އަލަށް ދާއިރާއަށް ވަންނާނެ މީހުން ނުލިބޭނެ ކަމަށާއި، ދެން ގެންނަން ޖެހޭނީ ބިދޭސީ ޓީޗަރުންކަން ތޯހާ ފާހަގަކުރެއްވިއެވެ.

ސްކޫލް ސިސްޓަމްގައި ކަންކަން ކުރާއިރު ކުރެވެނީ ވަކިވަކި ކަންކަމުގެ ގޮތުގައި ކަމަށާއި، ޚާއްސަ ދުވަސްތައް ވެސް ފާހަގަކުރަނީ މި ބީދައިން ކަމަށެވެ. ގައުމިއްޔަތާއި އެހެނިހެން ކަންކަމަކީ ސްކޫލް މާހައުލުގައި ގުޅިލާމެހިގެން އަންނަން ޖެހޭ ކަމެއްގެ ގޮތުގައި ތޯހާ ވިދާޅުވިއެވެ. ގައުމީ ދުވަސް ފަދަ ދުވަސްތައް ފާހަގަކުރުމަށް ޚާއްސަ ޅެމެއް ނުވަތަ ވާހަކައެއް އެ ދުވަހަކު ކިޔާލުމަށްފަހު ދެން ހިންގާ އެހެނިހެން ހަރަކާތްތަކުގައި ގައުމިއްޔަތުގެ ޒައްރެއްގެ މިންވަރު ވެސް ނުހިމަނާނަމަ ދަރިވަރުންނަށް ވިސްނައިދެވެނީ ގައުމިއްޔަތަކީ ވަކި ދުވަހަކަށް ޚާއްސަ ކަމެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް މިކަންކަމަކީ، މުޅި ދިރިއުޅުމުގައި ހުންނަން ޖެހޭ ކަމެއްގެ ގޮތުގައި ވިދާޅުވިއެވެ.   

އެޑިއުކޭޝަން މިނިސްޓްރީޣިޔާސުއްސީން އިންޓަނޭޝަނަލް ސްކޫލް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި

10 ޑިސެމްބަރު 2025
މާރާމާރީ ހިންގި ޓީޗަރު ސަސްޕެންޑުކޮށް މައްސަލަ ފުލުހަށް ހުށަހަޅައިފި
07 ޑިސެމްބަރު 2025

ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް

07 ޑިސެމްބަރު 2025
ގްރޭޑް 10ގެ ދަރިވަރުން ގެ އިމްތިހާނަށް ތައްޔާރުވާން ލިބޭ އެންމެ މުހިންމު ދުވަސްވަރު ސްކޫލުތައް ޗުއްޓީ އަށް، މިނިސްޓްރީ ގެ ބަހެއް ނެތް
07 ޑިސެމްބަރު 2025

ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި

07 ޑިސެމްބަރު 2025
ޔުނިފޯމު ބަދަލުކުރަން ޖެހޭ ގޮތަށް ސަރުކާރުން ގެނައި ބަދަލާއި ގުޅިގެން ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފި
04 ޑިސެމްބަރު 2025

ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
ގެމަނަފުށީ ސްކޫލުގެ ލީޑިންގ ޓީޗަރު ގަވައިދާ ޚިލާފަށް ވަކި ކުރުމުން، ސީއެސްސީ އިން އޭނާގެ ވަޒީފާ އިއާދަ ކުރުމަށް އެޑިއުކޭޝަނަށް އެންގުމުން އެހެން ރަށެއްގެ ސްކޫލަކަށް ބަދަލުކޮށްފި
02 ޑިސެމްބަރު 2025

ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން

02 ޑިސެމްބަރު 2025
ޔުނިފޯމުގެ ކުލަތައް ބަދަލުކުރުމުގެ ފަހަތުގައި ހަމަޖެހޭ އުސޫލެއް އަސާސެއް ނެތް: އިހުސާން
28 ނޮވެމްބަރު 2025

ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ

28 ނޮވެމްބަރު 2025
ސަރުކާރު ސްކޫލު ތަކުގެ ޔުނިފޯމުގެ ކުލަތައް 4 ކުލައަކަށް ބަދަލު ކުރަން އެޑިއުކޭޝަނުން ނިންމާފައިވާ ކަން ހާމަވެއްޖެ
28 އޮކްޓޯބަރު 2025

ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރަން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ

28 އޮކްޓޯބަރު 2025
ވައުޗަރު ނުލިބޭ މައްސަލައިގައި ސުވާލު ކުރަން ގުޅުމުން އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ކޯފާ ވެއްޖެ
29 ސެޕްޓެމްބަރު 2025

ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު

29 ސެޕްޓެމްބަރު 2025
ވައުދުވި ގޮތަށް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސްކޫލްގެ ކްލާސްރޫމްތަކުގައި އޭސީ ހަރުކޮށް ނުނިމުނު
18 އޯގަސްޓު 2025

ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ

18 އޯގަސްޓު 2025
ސަރުކާރުގެ އިހުމާލުން ރާއްޖޭގެ އެންމެ ބޮޑު ވޮކޭޝަނަލް ޓްރެއިނިންގ ސެންޓަރު ވީރާނާ ވަނީ
08 އޯގަސްޓު 2025

11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން

08 އޯގަސްޓު 2025
11-12 ގައި ޕްރައިވެޓް ސްކޫލްތަކުގައި ކިޔަވާ ނަމަ ސަރުކާރުން ފީ ނުދެއްކުމަކީ ދަރިވަރުންނަށް ދިން އަނިޔާ އެއް : އިހުސާން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް